މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޤުރުއާން އަދި މަދަހަ މުބާރާތުގެ އިނާމު ދިނުމުގެ ޖަލްސާގެ ތާރީޚު ބަދަލުވުން

13 އޮގަސްޓް 2022 ގައި ބޭއްވުމަށް ނިންމާފައިވާ ޤުރުއާން އަދި މަދަހަ މުބާރާތުގެ އިނާމު ދިނުމުގެ ޖަލްސާ އެ ތާރީޚްގައި ބޭއްވެން ނެތުމުގެ ސަބަބުން 25 އޮގަސްޓް 2022 ގެ ރޭގަނޑު 8:30 ގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިޖަލްސާ އޮންނާނީ ސަލްޓަން ޕާކު ކުރިމަތީގައި އޮންނަ މާބަލް ޖަހާފައިވާ ސަރަހައްދުގައެވެ. ޖަލްސާ ބާއްވަން ހަމަޖެހިފައިވާ ތާރީޚާއި ތަން މިދެންނެވި ގޮތަށް ބަދަލުކުރެވިފައިވާ ވާހަކަ އާންމުންގެ މައުލޫމާތައްޓަކައި އިއުލާންކޮށް ދެންނެވީމެވެ. 

09 އޮގަސްޓް 2022
ހޯދާ