އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޢުލާން - ދައުލަތުގެ އޮފީހަކުން މުދައު ބޭނުންވޭތޯ ބެލުން

އިޢުލާން

ދައުލަތުގެ އޮފީހަކުން މުދައު ބޭނުންވޭތޯ ބެލުން

           ޤާނޫނު ނަންބަރ 03/2006 ( ދައުލަތުގެ މާލިއްޔަތުގެ ޤާނޫނު) ގެ 7 ވަނަ މާއްދާއާއި، ދައުލަތުގެ މާލިއްޔަތުގެ ޤަވާއިދުގެ 11.22 ވަނަ މާއްދާއާއި ހަވާލާދެއްވާ އެކުލަވާލެއްވި، ދައުލަތުގެ މުދާ އެއްއޮފީހުން އަނެއް އޮފީހަށް ބަދަލުކުރުމާއި، ބައުވެ ހަލާކުވެގެން ނުވަތަ ބޭނުންކުރެވެން ނެތް ދައުލަތުގެ މުދާ، ނީލަންކިޔުމާއި ނައްތައިލުމުގައި ޢަމަލުކުރާނެ އުޞޫލުގެ ދަށުން މަރަދޫ އަވަށު އޮފީހުގައި ހުރި ބައެއްތަކެތި ނީލަންކިޔަން ހަމަޖެހިފައިވާތީ، އެތަކެތި ދައުލަތުގެ އެއްވެސް އޮފީހަކުން ބޭނުންވޭތޯ ބެލުމަށް ބޭނުންވެއެވެ.

           ވީމާ މި އިޢުލާނާއި އެކު އާއްމުކުރެވިފައިވާ ލިސްޓްގައިވާ ތަކެތި ބޭނުންވާ އޮފީސްތަކުން 15  އޮގަސްޓް 2022 ވާ ހޯމަދުވަހުގެ 14.00 ގެ ނިޔަލަށް ތިރީގައި މިދަންނަވާ އީމެއިލް މެދުވެރިކޮށް އަންގަވައި ދެއްވުން އެދެމެވެ.

           އީމެއިލް:  [email protected]

           ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

09 މުޙައްރަމް 1444

08 އޯގަސްޓް 2022

08 އޮގަސްޓް 2022
ހޯދާ