ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
އޮފީސް އެސިސްޓަންޓް

މިކޯޓްގެ ނަންބަރު  R1C-A/2022/03 (21 ޖުލައި 2022) ޢިއުލާނުން އޮފީސް އެސިސްޓެންޓް މަޤާމަށް މީހަކު ހޯދުމަށް ފުރުޞަތު

ހުޅުވާލުމުން އެމަޤާމަށް އެކަށީގެންވާ މިންވަރަށް އެފްލިކޭޝަން ލިބިފައިނުވާތީ، އެ މަޤާމަށް މީހުން ހޯދުމަށް އަލުން ފުރުޞަތު ހުޅުވާލަމެވެ.

އަދި އިސްވެ ދެންނެވި އިޢުލާނާ ގުޅިގެން އެޕްލިކޭޝަން ހުށަހަޅާފައިވާ ފަރާތްތަކުން އަލުން އެޕްލިކޭޝަން ހުށަހަޅަން ނުޖެހޭނެ ވާހަކަ ވެސް

ދަންނަވަމެވެ.

                  ވަޒީފާގެ ފުރުޞަތު

ނަންބަރު: R1C-A/2022/04

ތާރީޚް: 09  އޯގަސްޓް 2022

މަޤާމު

އޮފީސް އެސިސްޓެންޓް (ދާއިމީ)

ރޭންކް: އެސް.އެސް 2

ޢަދަދު

01

ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް 2

މަސައްކަތްކުރަންޖެހޭ ތަން

ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓް

ސެކްޝަން: އިދާރީ ސެކްޝަން

އަސާސީ މުސާރަ

-/3470 ރުފިޔާ

މިމަޤާމަށް ލިބޭ އެލަވަންސް

-          ޖުޑީޝަލް އެލަވަންސް: 1214/50

-          ސަރވިސް އެލަވަންސް: -/1000

-          ލިވިންގ އެލަވަންސް: -/2550

-          ކަނޑައެޅިފައިވާ އުޞޫލުން އިތުރު ގަޑީގެ ފައިސާ

އަސާސީ ޝަރުޠު

-          މަޤާމަށް ބޭނުންވާ ތަމްރީނެއް/ ލައިސަންސެއް/ ހުއްދައެއް ހާސިލްކޮށްފައިވުން. 

-          (އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް މަދުވެގެން (A0) ގެ ލައިސަންސް އޮތުން)

އެހެނިހެން ޝަރުތު

  • ވަޒީފާއަށް އެދި ހުށަހަޅާއިރު، މީލާދީގޮތުން އުމުރުން 18 އަހަރު ފުރިފައިވާ މީހަކު ކަމުގައިވުން އަދި، ވަޒީފާއިން މުސްކުޅިކުރުމުގެ އިޚްތިޔާރު ލިބޭ އުމުރު ކަމަށްވާ 55 އަހަރަށްވުރެ ދޮށީ މީހަކު ކަމުގައި ނުވުން.
  • ޝަރުޢީދާއިރާގެ މުވައްޒަފުންގެ ޤަވާޢިދު 2011ގެ 70 ވަނަ މާއްދާގެ (ހ)ގެ 6 އަދި 7 ވަނަ މާއްދާ،

(ހ)ގެ 6 ވަޒީފާ އަދާކުރަންޖެހޭ ކޯޓުގެ މެޖިސްޓްރޭޓުން ނުވަތަ ކޯޓުގެ ނުވަތަ އިދާރާގެ އިސްވެރިޔާ އާ ނުވަތަ އިސްވެރިންނާ، ވަޒީފާ އަށް ހޮވޭމީހާ އާއި ނަސަބުގެ ގޮތުން ނުވަތަ މުޞާހަރާގެ ގޮތުން (މަންމައާ، ބައްޕައާ، ކާފައާ، މާމައާ، ދަރިއަކާ، އަންބަކާ،ފިރިއަކާ،ބޮޑުބޭބެއަކާ، ބޮޑުދައިތައަކާ ޅިޔަންފަހަރިންނާ، ބަފާބެއާ، މައިދައިތައާ، އެއްބަނޑު އެއްބަފާ މީހަކާ، އެއްބަނޑު މީހަކާ، ނުވަތަ އެއްބަފާ މީހަކާ ނުވަތަ މިއިން މީހެއްގެ ދަރިއަކާ) ގުޅުން ހުރި މީހަކަށް ނުވުން.

(ހ)ގެ 7 ވަޒީފާ އަށް ހޮވޭ މީހަކީ، ވަޒީފާ އަދާކުރަންޖެހޭ ކޯޓުގެ ނުވަތަ އިދާރާގެ މުވައްޒަފެއްގެ  މަންމައަށް، ބައްޕައަށް ދަރިއަކަށް، އަންބަކަށް، ފިރިއަކަށް، އެއްބަނޑު އެއްބަފާ މީހަކަށް، އެއްބަނޑު މީހަކަށް ނުވަތަ އެއްބަފާ މީހަކަށް ނުވުން.

 

މަޤާމުގެ މަސްއޫލިއްޔަތު

- ކޯޓަށް ޙާޟިރުކުރަންޖެހޭ މީހުންނާއި ޙަވާލުކުރަންޖެހޭ ކޯޓަށް ޙާޟިރުވުމުގެ އަމުރު ޙަވާލުކޮށް އަމުރުގައި ސޮއިކުރުވުމަށް ފަހު އަމުރު ޙަވާލުކުރިކަމަށް ސޮއިކޮށް އަމުރުތަކުގެ ކޮޕީ ކޯޓާއި ޙަވާލުކުރުމާއި، އަމުރު ޙަވާލުކުރަންޖެހޭ މީހަކު ރަށުގައި ނެތްނަމަ އެމީހަކު އުޅޭތަނަކާއި ގުޅޭނެ ފޯނު ނަންބަރެއް ހޯދާ އަމުރުގައި ނޯޓް ކުރުން.

-           ކޯޓުން އެކިއެކި ފަރާތްތަކަށް ފޮނުވަންޖެހޭ ތަކެއްޗާއި ފައިސާ އާއި، ސިޓީފަދަ ތަކެތި އެފަރާތްތަކާއި ޙަވާލުކުރުން.

-          މަސައްކަތު މީހުން ގޮވައިގެން ކޯޓުގެ ޢިމާރާތް ފޮޅާ ސާފުކުރުވައި، އަނދާފައި ހުންނަ ލައިޓްތައް ހަރުކޮށް، ފާރުތަކުގައި ބަހައްޓާފައި ހުންނަ ގަޑިތައް ހަމަކޮށް ހެދުން.

-          ކޯޓުގެ ކޮޓަރިތަކުގައި މީހަކު ނެތި ފަންކާ އާއި އެއަރކޯން ޖައްސާފައި އަދި ބޮކި ދިއްލާފައިވާނަމަ އެތަކެތި ނިއްވާލުން.

-          ޙައްދު ޖަހަންޖެހޭ މީހުންނާއި ތަޢުޒީރުކުރަންޖެހޭ މީހުން މެޖިސްޓްރޭޓް އަންގަވާ ގޮތެއްގެމަތިން ޙައްދު ޖެހުމާއި ތަޢުޒީރުކުރުން.

-          ސަޕޯޓް ސްޓާފުންނާއި، މެއިންޓަނަންސް ޓެކްނީޝަން އަދި ޑްރައިވަރުންގެ މަސައްކަތް ސުޕަވައިޒްކޮށް ބެލެހެއްޓުމާއި މި މުވައްޒަފުންގެ މަސައްކަތާ ގުޅިގެން ރަގަޅު ކުރަންޖެހޭ ކަންތައްތައް ލިސްޓްކޮށް ، މަހަކު އެއްފަހަރު ސެކްޝަން ޙަވާލުވެ ހުރި ވެރިޔަކަށް ލިސްޓް ޙަވާލުކޮށް ރިކޯޑްސް ބެލެހެއްޓުން.

-          ކޯޓުގެ ބޭނުންތަކަށް ގަންނަންޖެހޭ ތަކެތި ގަނެދިނުން އަދި އެކިފަރާތްތަކަށް ޙަވާލްކުރަންޖެހޭ ލިޔުންތަކާއި ތަކެތި ޙަވާލްކުރުން.

-          ކޯޓުގެ ސަލާމަތީ ކަންތައްތަކާއި (ކޯޓް ސެކިއުރިޓީ) އަލިފާން ނިވާ ނިޒާމުތައް ގާއިމްކޮށް ބެލެހެއްޓުމުގެ ގޮތުން އަލިފާންނިވާ ސާމާނު ކޮންމެ މަހެއްގެ 10ގެ ކުރިން ޗެކްކޮށް އެތަކެތީގެ ޙާލަތު އެނގޭނެ ރިޕޯޓެއް ތައްޔާރުކޮށް އެ ރިޕޯޓް ސެކްޝަންގެ ވެރިޔާ އާއި ޙަވާލުކުރުން.

-          ކޯޓުގައި ނަގަންޖެހޭ ދިދިތައް ނެގުމާއި ތިރިކުރުމާއި ގުޅިގެން ކުރަންޖެހޭ އެންމެހައި މަސައްކަތް އިންތިޒާމުކޮށް ބެލެހެއްޓުން.

-          ކޯޓްގެ ފަރުނީޗަރާއި އެނޫންތަކެތި މަރާމާތު ކުރަންޖެހިފައިވޭތޯ މަދުވެގެން ކޮންމެ މަހަކު ޗެކްކޮށް ކުރަންހުރި މަރާމާތު ލިޔުމުން ވެރިއެއްގެ ސަމާލުކަމަށް ގެނެސް އެކަން ފުރިހަމަ ކުރުން.

-          އެއިރެއްގައި ޙަވާލުކުރެވިފައިވާ ގޮތެއްގެ މަތިން ބޯފެން ހުސްވިޔަނުދީ ކަނޑައަޅާ ތަނެއްގައި ބެހެއްޓުމުގެ އިންތިޒާމް ހަމަޖެއްސުން.

-          އެކިކަންކަމަށް އިންތިޒާމު ކުރަންޖެހޭ މީޓިންގ ޖަލްސާ، ސެކްޝަންފަދަ ތަންތަން ކަނޑައަޅާފައިވާ ގަޑިއަށް ނިންމަން އެހީތެރިވުން.

-          އޮފީސްތެރޭގައި އެއްތަނުން އަނެއްތަނަށް ބަދަލްކުރަންޖެހޭ ގޮޑި، ގަސްމުށި މޭޒުފަދަ ތަކެތި ބަދަލްކުރުމަށް  އެހީތެރިވުން.

-          ސަލާމުގައި ނުވަތަ ޗުއްޓީގައި ހުންނަ މުވައްޒަފެއްގެ މަސައްކަތެއް ކުރަންޖެހިއްޖެނަމަ އެމަސައްކަތެއް ކުރުން.

-          އެކިއެކި ބޭނުންތަކުގައި ކޯޓަށް އަންނަ މީހުން އިށީދެ ތިބެވޭނެ އިންތިޒާމް ހަމަޖައްސާދިނުމާއި، މައްސަލަތަކުގައި ޙާޟިރުވެފައި ތިބޭ މީހުން ގިނައިރުވާނަމަ ސެކްޝަންތަކުގައި ދަންނަވައިގެން އެފަދަ މީހުން އަވަހަށް ނިންމާދިނުމަށް މަސައްކަތްކުރުން.

-          މައްސަލަތަކާއި ގުޅޭގޮތުން ކޯޓަށް ޙާޟިރުކުރެވޭ މީހުން ކޯޓުގެ ޙުރުމަތް ގެއްލޭފަދަ އެއްވެސް ޢަމަލެއް ހިންގާނަމަ އެފަދަ ޢަމަލެއް ހުއްޓުވުމަށް މަސައްކަތްކުރުން.

-          ކޯޓުން ކުރާ އިޢްލާންތައް ނޯޓިސްބޯޑުގައި ބެހެއްޓުމާއި ކޯޓުން ކަޑައަޅާ ރަށުތެރޭގެ ސަރަޙައްދުތަކުގައި އިޢްލާން ތައްކުރުން.

-          މީގެ އިތުރުން ވެރިން އަންގަވާ އޮފީހުގެ މަސައްކަތް ކުރުމާއި، ނުރަސްމީގަޑީގައިވެސް ވެރިން އަންގާ ރަސްމީ މަސައްކަތް ކުރުން.

 

ހުށަހަޅަންޖެހޭ ތަކެތި

  1. ޝަރުޢީ ދާއިރާގެ ވަޒީފާއަށްއެދޭ ފޯމް.
  2. ކުރިމަތިލާ ފަރާތުގެ ވަނަވަރު.
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  4. އެއްގަމުގައި ދުއްވާ އުޅަނދުގެ ލައިސަންސް ގެ ކޮޕީ.
  5. އަދާކޮށްފައިވާ އަދި އަދާކުރަމުންދާ ވަޒީފާތަކާއި، އެމަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކް، މަޤާމުގައި ވީ މުއްދަތު އަދި މަސްޢޫލިއްޔަތު އިނގޭނެ ލިޔުންތަކުގެ ކޮޕީ.
  6. ވަޒީފާއަށް ކުރިމަތިލާ ފަރާތަކީ އެހެން ވަޒީފާއެއް އަދާކުރާ ފަރާތެއްނަމަ، ސުޕަވައިޒަރު ދޫކޮށްފައިވާ ރެފަރަލް ލެޓަރގެ ކޮޕީ.

 

ސުންގަޑި

2022 އޯގަސްޓް 18 ވާ ބުރާސްފަތި ދުވަހުގެ 13:30ގެ ކުރިން ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުއްވުން އެދެމެވެ. އަދި [email protected] ، [email protected]  އީމެއިލް މެދުވެރިކޮށް ވެސް ހުށަހެޅޭނެއެވެ.    

އިތުރު މަޢުލޫމާތު

  • މި މަޤާމަށް އެދިލައްވާ ފަރާތްތަކުން ފުރުއްވަންޖެހޭ ވަޒީފާއަށް އެދޭ ފޯމް މިކޯޓްގެ ކައުންޓަރުން ލިބެންހުންނާނެ އެވެ. އަދި ޑިޕާޓްމަންޓް އަޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ވެބްސައިޓް: www.judiciary.gov.mv އިން ވެސް ލިބެން ހުންނާނެއެވެ.
  • ·      މަޢުލޫމާތު ސާފުކުރުމަށް ގުޅޭނެ ނަންބަރު:6862668
  • ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައްކަމަށް މިއިޢުލާނުގައި ބަޔާންކުރެވިފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމްތައް ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.
  • އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަސްލު ގެނައުމަށް ދެންނެވީމެވެ.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައް

މި މަޤާމަށް އެންމެ ޤާބިލް ފަރާތެއް ހޮވާނީ ލިބިފައިވާ ތަޢުލީމާއި، ތަޖުރިބާއާއި، މަސައްކަތަށް ބޭނުންވާ ހުނަރާއި، މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށާއި ޤާބިލްކަން ކަށަވަރު ކުރުމަށްޓަކައި ކުރެވޭ އިންޓަރވިއު އަށް ބަލައެވެ. މިގޮތުން މިބައިތަކަށް މާކްސް ކަނޑައެޅިފައިވަނީ:

  • ލިބިފައިވާ ތައުލީމް: %25
  • މަސައްކަތުގެ ތަޖުރިބާ: %20
  • އިންޓަރވިއު: %55

މަޤާމަށް މީހުން ހޮވުމުގައި އިސްކަން ދެވޭނެ ކަންތައްތައް

  • ގިނަ ވަގުތު މަސައްކަތުގައި ހޭދަކުރެވޭނެ ދުޅަހެޔޮ ސިއްޙަތެއްގައި ހުރި މީހަކު ކަމުގައިވުން.
  • ރީތިބަހުން މުޢާމަލާތުކުރުމުގެ ހުނަރު ލިބިފައިވުން.
  • އެއްގަމުގައި ދުއްވާ ކާރު، ޕިކަޕް ފަދަ ތަކެތީގެ ލައިސަންސް އޮތުން.

 

09 އޮގަސްޓް 2022
ހޯދާ