މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
"ގްރޮސަރީސް" ސަޕުލައިކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

ޝައުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު

"ގްރޮސަރީސް" ސަޕުލައިކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

     މި ކުންފުނީގެ އެއަރޕޯޓް ލޯންޖުތަކަށް ބޭނުންވާ "ގްރޮސަރީސް" ދިގުމުއްދަތަކަށް ސަޕުލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. އެގޮތުން މިކަމަށް ކުރިމަތިލާ ފަރާތްތަކަކީ "އެފް.އެން.ބީ ސަޕުލަޔަރުން" ކަމުގައި ވާންވާނެއެވެ.

     މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 2022 އޮގަސްޓް 25 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 13:00 ގެ ކުރިން، ސިޓީ, ފެކްސް ނުވަތަ އީމެއިލް([email protected])  މެދުވެރިކޮށް ޝައުގުވެރިކަން (EOI) ފާޅުކުރުން އެދެމެވެ. ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކުން އެފަރާތެއްގެ ފުރިހަމަ ނަމާއި އެޑްރެސް، އީމެއިލް، ގުޅޭނެ ނަންބަރުތައް އަދި ޤާބިލުކަން އަންގައިދޭ ލިޔުންތައް (ޕްރޮފައިލް، ތަޖުރިބާ ފަދަ ލިޔުންތައް) ފޯރުކޮއްދެއްވަން ވާނެއެވެ. ގަޑި ޖެހުމަށްފަހު ފާޅުކުރާ ޝައުޤުވެރިކަން ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

     މިކުންފުނިން ބޭނުންވެއްޖެ ހާލަތެއްގައި، ޝައުޤުވެރިކަން ފާޅުކުރާ ފަރާތްތަކަށް އަގު ހުށަހެޅުމުގެ ފުރުސަތު "ރިކުއެސްޓް ފޯ ކޯޓޭޝަން" މެދުވެރިކޮށް ފަހުން ހުޅުވާލެވޭނެއެވެ. އިތުރު މައުލޫމާތު ސާފުކުރުމަށް ގުޅާނީ 3337430/3337266/3337236/3337643/3337279 ، ފެކްސް 3331772 ، އީމެއިލް [email protected] ، ވެބްސައިޓް    www.macl.aero އަށެވެ.

09 އޮގަސްޓް 2022
ހޯދާ