އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީސް
ދިވެހިރާއްޖެ
މާލޭ ސިޓީގައި ބާއްވާ ޕަބްލިކް ހިއަރިންގެ މައުޟޫޢު ފުޅާކުރުމާއި މައްސަލައާ ގުޅޭ މަޢުލޫމާތު ދިނުމުގެ ފުރުޞަތު ހުޅުވާލުން

 

1962 ވަނަ އަހަރު ހުވަދު އަތޮޅު ދެކުނުބުރީ ތިނަދޫން މީހުން ބޭލި ހާދިސާގެ ހަގީގަތް ހޯދުމަށްޓަކައި އިތުރު ފަރާތްތަކަށް ފުރުސަތު ދިނުމުގެ ގޮތުން ޕަބްލިކް ހިއަރިންގ އަމާޒުކުރާނެ ދާއިރާއަށް ވަނީ ބަދަލު ގެނެވިފައެވެ. މިގޮތުން، މާލޭގައި ބާއްވާ ޕަބްލިކް ހިއަރިންގެ މައުޟޫޢު އަކީ "1962 ވަނަ އަހަރު ގދ. ތިނަދޫއިން މީހުން ބޭލި ޙާދިސާގައި އިންސާނީ ހައްޤުތަކާއި އަސާސީ މިނިވަންކަމާ ޚިލާފަށް ހިންގާފައި ހުރި ކަންކަން ދެނެގަތުމާއި މި ޙާދިސާ ހިނގަން މެދުވެރިވި ސަބަބުތަކާއި އެކަންކަމުގެ ޙަޤީޤަތް ހޯދުން" ކަމުގައި މި އޮފީހުން ވަނީ ނިންމާފައެވެ.

އަދި 1962 ވަނަ އަހަރު ހުވަދު އަތޮޅު ދެކުނުބުރީ ތިނަދޫން މީހުން ބޭލި ހާދިސާއާއި ގުޅިގެން މި އޮފީހުން މާލޭ ސިޓީގައި ބޭއްވުމަށް ހަމަޖެހިފައިވާ އަޑުއެހުމުގައި ބަޔާންދިނުމަށް ނަން ނޯޓްކުރުމަށް ހުޅުވާލި ފުރުސަތުގައި އެކަށީގެންވާ އަދަދަކަށް ނަން ނޯޓްކޮށްފައިނުވާތީ އާއި އަދި މިހާރު ފުޅާ ކުރެވިފައިވާ މައުޟޫޢަށް އަމާޒުކޮށްގެން މި އޮފީހުން މާލޭ ސިޓީގައި ކުރިޔަށް ގެންދިއުމަށް ރާވާފައިވާ ޕަބްލިކް ހިއަރިންގައި ބަޔާންދިނުމަށް އެދޭ ފަރާތްތަކުން ނަން ނޯޓުކުރެއްވުމަށް 31 އޯގަސްޓު 2022 ވާ ބުދަ ދުވަހުގެ 14:00ގެ ކުރިން ތިރީގައިވާ މަޢުލޫމާތުތައް މި އޮފީހާ ޙިއްސާކޮށްދެއްވުން އެދެމެވެ.

  1. ފުރިހަމަ ނަން
  2. އައިޑީ ކާޑު ނަންބަރު
  3. ގުޅޭނެ ނަންބަރު
  4. ދާއިމީ އެޑްރެސް
  5. މިހާރު ދިރިއުޅޭ އެޑްރެސް
  6. މި ހާދިސާއާ ގުޅޭގޮތް ނުވަތަ މަޢުލޫމާތު އެނގޭ ގޮތް
  7. ބަޔާންދޭން ބޭނުންވަނީ ލިޔުމުންތޯ ނުވަތަ ހާޒިރުވެގެންތޯ

މީގެއިތުރުންވެސް މި މައްސަލައާ ގުޅޭ އެއްވެސް މަޢުލޫމާތު އެނގިލައްވާ ފަރާތެއް ވާނަމަ، އިސްވެދެންނެވުނު މުއްދަތުގެ ތެރޭގައި މި އޮފީހަށް ގުޅުއްވައި މަޢުލޫމާތު ޙިއްސާކޮށްދެއްވުން އެދެމެވެ.

މިގޮތުން، މި އޮފީހުގެ ނަންބަރު 7223473  އަށް ފޯނުން ގުޅުއްވައި ނުވަތަ އެސް.އެމް.އެސް މެދުވެރިކޮށް އަދި [email protected]  އަށް އީމެއިލް ކުރައްވައިގެންވެސް މި މަޢުލޫމާތުތައް ހިއްސާކުރެވޭނެ ވާހަކަ ދަންނަވަމެވެ. ޕަބްލިކް ހިއަރިންގައި ބައިވެރިވާ ފަރާތްތަކުން ހިފަހައްޓަންޖެހޭ ސުލޫކީ މިންގަނޑާއި، ބަޔާންދޭން ނަންނޯޓުކުރާ ފަރާތްތަކުގެ ތެރެއިން ފުރުޞަތު ދެވޭނެ ފަރާތްތައް ކަނޑައަޅާނެ ގޮތް މި އިޢުލާނާއެކު އެއްކަރުދާސްކުރެވިފައިވާ މަޢުލޫމާތު ޝީޓުގައި ހިމަނާފައިވާނެއެވެ.

 

 

11 މުޙައްރަމް 1444

09 އޮގަސްޓް 2022
ހޯދާ