ޅ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
މަސައްކަތު

ބޭނުންވާ އަދަދު: 01 ( އެކެއް )

މަސައްކަތު

މަޤާމު:

މަސައްކަތް ކުރަންޖެހޭ ތަން: ޅ. އަތޮޅު ހޮސްޕިޓަލް

ސެކްޝަން: ހައުސްކީޕިންގ

- ސަޕޯރޓް ސްޓާފް ( ގްރޭޑް 1 )

- އެސް.އެސް 1

ކްލެސިފިކޭޝަން / ރޭންކް:

ސަރވިސް އެލަވަންސް: 1000.00 ރުފިޔާ

3100.00 ރުފިޔާ

މުސާރަ:

- އިތުރުގަޑީގައި ކުރާ މަސައްކަތަށް އިތުރުގަޑީގެ ފައިސާ އާއި ބަންދު ދުވަހެއްގައި މަސައްކަތް ކުރަން ޖެހިއްޖެނަމަ ހަމަޖެހިފައިވާ އުޞޫލުން ބަންދުދުވަހުގެ އެލަވަންސް.

- ހަމަޖެހިފައިވާ އުޞޫލުން ރިސްކް އެލަވަންސް.

- ޑިޔުޓީ އުޞޫލުން މަސައްކަތް ކުރައްވާނަމަ ޑިޔުޓީ އެލަވަންސް.

އިތުރު ޢިނާޔަތްތައް:

- ލިޔަންކިޔަން ދަތުމާއެކު މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން ލިބިފައިވުން.

މަޤާމުގެ ޝަރުޠު:

- ހޮސްޕިޓަލާއި ހޮސްޕިޓަލާ ގުޅުންހުރި ޢިމާރާތްތަކުގެ ބިއްލޫރިތައް ހޮސްޕިޓަލުން ކަނޑައަޅާ ތާވަލަކާއި އެއްގޮތަށް ސާފުކޮށް ބެލެހެއްޓުން.

- ހޮސްޕިޓަލާއި ހޮސްޕިޓަލާ ގުޅުންހުރި ޢިމާރާތްތަކުގެ ފުރާޅު އަދި ދިޔަދޮވިތައް ސާފުކޮށް ބެލެހެއްޓުން.

- ހޮސްޕިޓަލްގައި ވާރޭފެން ރައްކާކުރާ ތާނގީތައް ސާފުކޮށް ބެލެހެއްޓުން.

- ހޮސްޕިޓަލްގެ ގޯތިތެރެއާއި ޢިމާރާތް ދުވަހުން ދުވަހަށް ކުނިކަހައި ފޮޅައި ސާފުކުރުމުގެ މަސައްކަތް ކުރުން.

- ހޮސްޕިޓަލްގެ ގޯތިތެރޭގައި ފަޅާ ވިނަތައް މަހަކު 1 ފަހަރު ނޮޅައި ސާފުކޮށް ބެލެހެއްޓުން

- ހޮސްޕިޓަލްގެ ގޯތިތެރޭގައި ގަސް އިންދާ ހެއްދުމާއި ގަސްތަކަށް ފެންދީ ބެލެހެއްޓުން.

- ހޮސްޕިޓަލް ހުންނަ ރަށުގެ އެކިއެކި އޮފީސްތަކަށާއި އެކިއެކި ފަރާތްތަކަށް ޙަވާލުކުރަންޖެހޭ ސިޓީފަދަ ތަކެތި ޙަވާލުކުރުން.

- ހޮސްޕިޓަލް އޮފީހުން އެކި ފަރާތްތަކާއި ޙަވާލުކުރަންޖެހޭ ފައިސާ އާއި ލިޔުންތައް ހޮސްޕިޓަލުން ކަނޑައަޅާ ގޮތެއްގެ މަތިން ޙަވާލުކުރުން.

- ހޮސްޕިޓަލަށް ބޭނުންވާ ތަކެތި ގަތުމަށް އަގުބެލުމަށް ތަންތަނަށް ދިއުމާއި އަދި ހޮސްޕިޓަލުން ކަނޑައަޅާ ގޮތެއްގެ މަތިން ތަކެތި ހޮސްޕިޓަލަށް ގެނެސް ކަމާބެހޭ ފަރާތްތަކާއި ޙަވާލުކުރުން.

- ހޮސްޕިޓަލުން އަތޮޅުގެ ޞިއްޙީ މަރުކަޒުތަކަށް ފޮނުވަންޖެހޭ ތަކެތި ހޮސްޕިޓަލުން ކަނޑައަޅާ ތަންތަނަށް ގެންދިއުމާއި އަދި އަތޮޅުގެ މަރުކަޒުތަކުން ހޮސްޕިޓަލަށް ފޮނުވާތަކެތި ހޮސްޕިޓަލުން ކަނޑައަޅާ ގޮތެއްގެމަތިން ހޮސްޕިޓަލަށް ގެނައުމުގެ މަސައްކަތް ކުރުން.

- އެޓެންޑެންޓުން ނުވަތަ ދޮންނަ މީހުން ނެތިއްޖެ ޙާލަތެއްގައި އެޓެންޑެންޓުންގެ މަސައްކަތް ކުރުން.

- ހޮސްޕިޓަލްގެ ލޯންޑްރީގައި ކުރަންޖެހޭ މަސައްކަތްތަކުގައި ބައިވެރިވެ މަސައްކަތް ކުރުން.

- ޑިޔުޓީ ކުރަން ޖެހިއްޖެނަމަ ކަނޑައެޅޭ ގޮތެއްގެ މަތިން ޑިޔުޓީ އަދާކުރުން.

މަޤާމުގެ މައިގަނޑު މަސައްކަތްތައް:

- ތަޢުލީމާއި ތަމްރީނު، މަސައްކަތުގެ ތަޖުރިބާއާއި، ފެންވަރާއި، ހުނަރު، ޤާބިލުކަމާއި ސިފަތަކަށް ބަލައި އިންޓަވިއު އިން އެންމެމަތީ މާކްސް ހޯދައި މީހެކެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު ޕާސްޕޯޓް ސައިޒްގެ ފޮޓޯއާއެކު ( ފޯމު ޅ. އަތޮޅު ހޮސްޕިޓަލްގެ ކައުންޓަރުންނާއި އަދި ސިވިލް ސަރވިސް ކޮމިޝަންގެ www.csc.gov.mv ވެބްސައިޓުން ލިބެންހުންނާނެއެވެ. ) މަޢުލޫމާތު ފުރިހަމަނުކޮށް ހުށަހަޅާ ފޯމުތައް ބަލައި ނުގަނެވޭނެ ކަމުގައިވެސް ދަންނަވަމެވެ.

- ވަޒީފާއަށް އެދި ހުށަހަޅުއްވާ ފަރާތުގެ އައި.ޑީ ކާޑުގެ ދެފުށުގެ ކޮޕީ އާއި ވަނަވަރު.  

- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ ( އެކްރެޑިޓް ކޮށްފައިވާ ނުވަތަ އެކްރެޑިޓް ކޮށްދޭނެ ކަމަށް ބަޔާންކުރާ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ލިޔުން )

- ވަޒީފާގެ ދާއިރާއާގުޅޭ ކުރުމުއްދަތުގެ ކޯހާއި ވާރކްޝޮޕް، ސެމިނަރ ފަދަ ތަމްރީނު ޕްރޮގުރާމުތަކުގެ ސެޓުފިކެޓު ނުވަތަ ބައިވެރިވި ކަމުގެ ލިޔުންތައް

- ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުން ދޫކުރާ ލިޔުން.

- ވަޒީފާއެއް އަދާކޮށްފައިވާނަމަ، ވަޒީފާ އަދާކުރި ތަނަކުން އަދާކުރި ވަޒީފާގެ މުއްދަތު އެނގޭނޭ ގޮތަށް ދޫކޮށްފައިވާ ލިޔުންތައް.

ހުށަހަޅުއްވަން ޖެހޭ ތަކެތި:

- މި މަޤާމަށް ކުރިމަތިލާ މީހުންނާއި އިންޓަވިއު ކުރެވޭނީ ޅ. އަތޮޅު ހޮސްޕިޓަލްގައެވެ.

- މީހަކު ހޮވުމަށް ބާއްވާ އިންޓަވިއު އޮންނާނީ މި މަޤާމަށް އެދި އެޕްލިކޭޝަން ހުށަހެޅުމުގެ އެންމެ ފަހު ތާރީޚުން ފެށިގެން 04 ހަފްތާގެ ތެރޭގައެވެ.

- އިންޓަވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓު ކުރުމަށްފަހު ހޮވޭ ފަރާތްތަކަށް އެކަންޏެވެ.

އިންޓަވިއު ކުރުން:

- މި މަޤާމަށް  ކުރިމަތިލައްވާ ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯމު ހުށަހެޅުމުގެ އެންމެފަހުގެ ތާރީޚަކީ 23 އޮކްޓޫބަރު 2014 ދުވަހުގެ 15:00 އެވެ. ވަޒީފާއަށް އެދި ފޮނުވާ ސިޓީއާއި ތަކެތި ބަލައިގަންނާނީ ޅ. އަތޮޅު ހޮސްޕިޓަލުންނެވެ. އިތުރު މަޢުލޫމާތު ހޯދުމަށް ގުޅުއްވާނީ 6620048 ނަންބަރު ފޯނާއެވެ.

ސުންގަޑި އަދި އިތުރު މަޢުލޫމާތު:

                     19 ޛުލްޙިއްޖާ 1435

13 އޮކްޓޫބަރު 2014
ހޯދާ