މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް
ދިވެހިރާއްޖެ
މިނިސްޓްރީގެ ދަށުގައި ހުރި ތަންތަން އެކިއެކި ޙަރަކާތްތަކަށް ކުއްޔަށް ދޫކުރުން

                                                އިޢުލާން

 

މިނިސްޓްރީގެ ދަށުގައި ހުރި ތަންތަން އެކިއެކި ޙަރަކާތްތަކަށް ކުއްޔަށް ދޫކުރުމާއި ގުޅޭ

 މިމިނިސްޓްރީގެ ދަށުގައި ހުރި ދަނޑުތަކާއި، ހޯލްތަކާއި އެފަދަ ތަންތަން އާއްމުކޮން ބައެއް އިވެންޓްތަކާއި، އެކި އެކި ޙަރަކާތްތަކަށް ކުއްޔަށް ދޫކޮށްގެން ޓްރަސްޓް ފަންޑަށް ފައިސާ ހޯދުމާބެހޭ އުޞޫލެއް ވަނީ އެކުލަވާލެވިފައެވެ. މިއުޞޫލުގެ ދަށުން އެތަންތަން ކަނޑައަޅާފައިވާ ބޭނުންތަކަށް ކުއްޔަށް ދޫކުރެވޭނެއެވެ.

ވީމާ 14 އޮގަސްޓް 2022 އިން ފެށިގެން މި އުޞޫލާ އެއްގޮތަށް ޢަމަކުރުމަށް ހަމަޖެހިފައިވާތީ، ކުއްޔަށް ހިފަން ޝައުގުވެރިވާ ފަރާތްތަކުން މި މިނިސްޓްރީއާއި ގުޅުއްވުމަށް ދެންނެވީމެވެ.

09 އޮގަސްޓް 2022
ހޯދާ