ހައްދުންމަތީ ހިތަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލ.ހިތަދޫ ކައުންސިލްގެ 3 ވަނަ ފުޓްބޯޅަ މުބާރާތް ހޯސްޓުކުރާނެ ފަރާތެއް ހޯދުމަށް ތިންވަނަ ފަހަރަށް އިޢުލާން ކުރުން

`

ހައްދުންމަތީ ހިތަދޫ ކައުސިލްގެ އިދާރާ

ހިތަދޫ، ދިވެހިރާއްޖެ

ނަންބަރު: (IUL)404-CA/404/2022/39

އިޢުލާން

 

ލ.ހިތަދޫ ކައުންސިލްގެ 3 ވަނަ ފުޓްބޯޅަ މުބާރާތް ހޯސްޓުކުރާނެ ފަރާތެއް ހޯދުމާބެހޭ


                    ލ.ހިތަދޫ ކައުންސިލްގެ 3 ވަނަ ފުޓްބޯޅަ މުބާރާތް 2022 ހޯސްޓްކުރާނެ ފަރާތެއް ހޯދަން ދެވަނަ ފަރަށް ކުރެވުނު އިޢުލާން (IUL)404-ESMS/404/2022/30 ނާއި ގުޅިގެން އެއްވެސް ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފައިނުވާތީ، އެ އިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރަމެވެ.

                    މި ފުރުސަތު ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤަނޫނު ނަންބަރު: 2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ. މީގެ އިތުރުން، ރަޖިސްޓްރީކޮށްގެން ހިންގާ ކްލަބް ޖަމްޢިއްޔާތަކަށެވެ.

                    ވީމާ، ޝަޢުޤުވެރިވާ ފަރާތްތަކުން 14 އޮގަސްޓް 2022 ވާ (އާދިއްތަ) ދުވަހުގެ 13:00ގެ ކުރިން ރަޖިސްޓްރީކުރެއްވުން އެދެމެވެ. މިއިދާރާގެ ނަންބަރު 6800804 އަށް ގުޅުއްވައިގެން ނުވަތަ  ތިރީގައިވާ އީމެއިލް އެޑްރެހަށް ފޮނުވައިގެން ރަޖިސްޓްރީކުރަންވާނެއެވެ. މަޢުލޫމާތު ކަރުދާސް މިއިޢުލާނާއެކު ގެޒެޓްކުރެވިފައިވާނެއެވެ.

                    އަންދާސީ ހިސާބު ހުށަހެޅޭނީ ބީލަމުގައި ރަޖިސްޓަރކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 16 އޮގަސްޓް 2022 ވާ (އަންގާރަ) ދުވަހުގެ 13:00 ގައި ހައްދުންމަތީ ހިތަދޫ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.

                    ބީލަމާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 14 އޮގަސްޓް 2022 ވާ (އާދިއްތަ) ދުވަހުގެ 12:00ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުން އެދެމެވެ. އީމެއިލްއަށް ފޮނުވާ ސުވާލުތަކާ ގުޅިގެން ސާފުކޮށްދޭންޖެހޭ ކަންކަން އެ ފަރާތްތަކަށް ސާފުކޮށްދެވޭނެއެވެ. މިއިޢުލާނާއި ގުޅިގެން މަޢުލޫމާތު ބައްދަލުވުމެއް ނޯންނާނެއެވެ.

                    އިތުރު މަޢުލޫމާތު ހޯއްދެވުމަށް:

                      ފޯން:6800804/7406470

                      އީމެއިލް: [email protected]

                    ވީމާ، މިކަންޢާއްމުކޮށްއަންގާ އިޢުލާންކުރީމެވެ.

                    10 މުޙައްރަމް 1444ހ

                    08 އޮގަސްޓް 2022

އިބްރާޙީމް ޝަމްޢޫން

ކައުންސިލްގެ ރައީސް

 

08 އޮގަސްޓް 2022
ހޯދާ