ފާދިއްޕޮޅު އޮޅުވެލިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އޮޅުވެލިފުށީ މަސްޖިދުލް އީޤާން ހުރި ބިން 10 އަހަރު ދުވަހުގެ މުއްދަތައް ކުއްޔަށް ދޫކުރުން

އޮޅުވެލިފުށީ މަސްޖިދުލް އީޤާން ހުރި ބިން 10 އަހަރު ދުވަހުގެ މުއްދަތައް ކުއްޔަށް ދޫކުރުން

           އޮޅުވެލިފުށީ މަސްޖިދުލް އީޤާން ( ކުރީގެ އަންހެނުންގެ މިސްކިތް ) ހުރި ބިން 10 އަހަރު ދުވަހުގެ މުއްދަތައް ތަޢުލީމާއި ގުޅުންހުރި ޕްރޮގުރާމްތައް ހިންގުމަށް ކުއްޔަށް ދޫކުރުމަށް ވަނީ ނިންމާފައެވެ. ވީމާ މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން  ޕްރޮޕޯސަލް ހުށަހެޅުއްވުމަށް ހުޅުވާލަމެވެ.

ނަންނޯޓް ކުރުން/ ރަޖިސްޓްރޭޝަން

  • ބިޑުގައި ބައިވެރިވުމަށް -/50 ރުފިޔާގެ ނޮން-ރިފަންޑެބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަންވާނެއެވެ.
  • ރެޖިސްޓްރީވުމަށް ބޭނުންވާ ފަރާތްތަކުން ބިޑުގެ މުއްދަތުގައި ކައުންސިލަށް ފައިސާދެއްކުމަށްފަހު، ފައިސާ ޖަމާކުރިކަމުގެ ސްލިޕް [email protected]  އަށް މެއިލް ކޮށްދެއްވުން އެދެމެވެ.

         ފައިސާ އޮންލައިން ކޮށް ދެއްކުމަށް ކައުންސިލްގެ އެކައުންޓް 1372 REVENU 1   ( 7705700431001 ) އަށް ޖަމާކޮށް ދެއްވާ ..

  • ބިޑުގައި ރަޖިސްޓަރީވާން އެދޭ ފަރާތްތަކުން، 10 އޮގަސްޓް 2022 ވާ ބުދަދުވަހުގެ ދުވަހުގެ  14:00 ކުރިން ރަޖިސްޓްރީވުމަށް ހުށަހަޅުއްވަންވާނެއެވެ. 
  • މި މުއްދަތުގައި ރަޖިސްޓްރޭޝަން ފައިސާ ދައްކައި  ނިންމެވުން އެދެމެވެ. ރަޖިސްޓްރޭޝަން އަށް ދައްކާ ފައިސާއަކީ، އަބުރާ ލިބޭނެ ފައިސާއެއް ނޫނެވެ.
  • އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން ކައުންސިލްގެ ފޯނު ނަންބަރ 6620075 އަށް ގުޅުއްވާގެއް މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

 

ބިޑް ( އަންދާސީ ހިސާބު)/ ޕްރޮޕޯސަލް ހުށަހެޅުން

  • ބިޑް / ޕްރޮޕޯސަލް ހުޅުވުން އޮންނާނީ 11 އޮގަސްޓް 2022 ވާ ބުރާސްފަތި ދުވަހުގެ 11:30 ގައި ޅ.އޮޅުވެލިފުށީ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.
  • ބިޑް / ޕްރޮޕޯސަލްތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ.
  • ބިޑް / ޕްރޮޕޯސަލް އީމެއިލް މެދުވެރިކޮށްވެސް ހުށަހެޅިދާނެއެވެ.
  • އީމެއިލް މެދުވެރިކޮށް ހުށަހަޅާފަރާތްތަކުން ހުށަހަޅަންވާނީ [email protected]   އަށް ބިޑް/ޕްރްޕޯސަލް ހުޅުވަން ކަނޑައެޅިފައިވާ ވަގުތުގައެވެ. ( 11 އޮގަސްޓް 2022 ، 11:30 )
  • ބިޑް/ ޕްރޮޕޯސަލް ހުށަހެޅުމަށް ބަދަލުގައި ފޮނުވާ ފަރާތުގެ މަޢުލޫމާތު ( ފުރިހަމަ ނަމާއި، މަޤާމް، އައިޑީ ކާޑު ނަންބަރާއި، ގުޅޭނެ ނަންބަރ ) އިގޭނޭ ގޮތައް ސިޓީއެއް ގެންނަންވާނެއެވެ. .
  • ނަންނޯޓް ނުކުރާ ފަރާތްތަކާއި ، ނަންނޯޓްކުރިނަމަވެސް، ރަޖިސްޓްރޭޝަން ފައިސާ ނުދައްކާ ފަރާތްތަކާއި، ގަޑި ޖެހިގެން ބިޑް/ ޕްރޮޕޯސަލް ހުށަހަޅަން ވަޑައިގަންނަވާ ބޭފުޅުންނަށް ބިޑު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދަންނަވަމެވެ.

 

މާކްސް ދިނުން

 

 

  • ބިމުގެ ކުލީގެ ގޮތުގައި  ހުށަހަޅާއަގަށް %40  ( ސާޅީސް  ޕަސަންޓް )

       ކުލީގެ ގޮތުގައި ހުށަހެޅޭ އެންމެ ކުޑައަގަކީ މަހަކަށް 500 ދިވެހި ރުފިޔާއެވެ.

( އަގު ހުށަހަޅަންޖެހޭނީ ކޮންމެ ދެއަހަރަކުން ކުލި އިތުރުވާގޮތަށެވެ. މިގޮތަށް އިތުރުވާ އަގު ކުލީގެ %20 އަށްވުރެ ކުޑަވެގެންނުވާނެއެވެ. )

  • ހުށަހަޅާ ޕްރޮޕޯޒަލްއަށް %60  ( ފަސްދޮޅަސް ޕަސަންޓް )

 

 

ޕްރޮޕޯޒަލްއިވެލުއޭޓް ކުރުމުގައި ބެލެވޭނެ ކަންކަމާއި ޕޮއިންޓް ދެވޭނެގޮތް ( 60 އިންސައްތަ ބެހިފައިވާ ގޮތް  )

  • ޙިދުމަތް ދިނުމަށް ފަށާނެ މުއްދަތު  %20
  • ދިވެހިންނަށް ވަޒީފާ ދިނުމަށް ހުށަހަޅާ މިންވަރު %20
  • އުގަންނާ ދިނުމަށް ތަޖުރިބާ ލިބިފައިވާ  ޓްރޭން ޓީޗަރ ބޭނުންކުރާނަމަ ( މިބަޔަށް މާކުސް ލިބޭނީ ހުށަހަޅާ ޕްރޮޕޯސަލާއެކު ތަމްރީން ލިބިފައިވާ ކަމުގެ ސެޓްފިކެޓްގެ ކޮޕީ ހުށަހަޅާފައިވާނަމައެވެ. )

 

މާނަކުރުން :

ޓްރޭން ޓީޗަރ : ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަޑުން ކިޔަވާދިނުމުގެ ދާއިރާއިން ދައްވެގެން ލެވަލް 5 އޮތުން  

  • ސީއެސް އާރް  %5

ޖުމްލަ 100 މާކުސް

 

 

07 އޮގަސްޓް 2022
ހޯދާ