މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން
ދިވެހިރާއްޖެ
ޖޫރިމަނާ ފައިސާ ނެގުމުގެ އުސޫލު

ބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 3 ގައި ބަޔާންކުރާ ޖޫރިމަނާގެ ފައިސާ އަދި  ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގައި ބަޔާންކުރާ ޖޫރިމަނާގެ ފައިސާ ދެއްކުމަށް، އެ ގަވާއިދުތަކުގެ 13 ވަނަ މާއްދާގެ (ހ) ގައި އިޝާރާތްކޮށްފައިވާ ގޮތުގެ މަތީން، ކޮމިޝަނުން ކަނޑައަޅާ މުއްދަތު ތިރީގައި މިވަނީއެވެ.

1. ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 10 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފައިސާ (އަހަރީ ފީ ދެއްކުން ލަސްވުމުން ވާ ޖޫރިމަނާ) ދެއްކުން ޖޫރިމަނާ ވާ ދުވަހުން ފެށިގެން ޖެހިގެން އަންނަ އަހަރުގެ މާރިޗު މަހުގެ ނިޔަލަށް

2. ބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 3 ގެ 1 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފައިސާ (އަހަރީ ފީ ދެއްކުން ލަސްވުމުން ވާ ޖޫރިމަނާ) ދެއްކުން ޖޫރިމަނާ ވާ ދުވަހުން ފެށިގެން ޖެހިގެން އަންނަ މާރިޗު މަހުގެ ނިޔަލަށް

3. މި ޖަދުވަލުތަކުގެ އެހެން ނަންބަރުތަކުގައިވާ ފައިސާ ދެއްކުން،  ޖޫރިމަނާ ވާ ދުވަހުން ފެށިގެން 1 މަސް ދުވަސް

  • މި މުއްދަތުގައި ފައިސާ ދައްކާފައި ނުވާނަމަ، ގަވާއިދުގައިވާ ގޮތުގެ މަތީން އެ ފައިސާ ހޯދުމަށް އެދި ކޯޓަށް މައްސަލަ ކޮމިޝަނުން ހުށަހަޅާނެއެވެ.
  • މި ޖޫރިމަނާ ފައިސާ ނެގުމުގެ އުސޫލަށް ޢަމަލުކުރަން ފަށާނީ، މި އުސޫލު ކޮމިޝަނުން ފާސްކުރާ ދުވަހުން ފެށިގެންނެވެ. އަދި މިއުސޫލު ފާސްވުމުގެ ކުރީން ޖޫރިމަނާ ވެފައިވާ ފަރާތްތަކަށް ޖޫރިމަނާ ފައިސާ ދެއްކުމަށް، މި އުސޫލުގެ 1 ނުވަތަ 2 ގެ ދަށުން ވެފައިވާ ޖޫރިމަނާއެއްނަމަ، 31 މާރިޗު 2015ގެ ނިޔަލަށް ފުރުޞަތު ދިނުމަށްފަހު އަދި، މި އުސޫލުގެ 3 ގެ ދަށުން ވާ ޖޫރިމަނާއެއްނަމަ، ފައިސާ ދެއްކުމަށް 1 މަސްދުވަހުގެ މުހުލަތެއް ދިނުމަށްފަހު، ފައިސާ ދައްކައިފައިނުވާނަމަ ގަވާއިދުގައިވާ ގޮތުގެ މަތީން އެ ފައިސާ ހޯދުމަށް އެދި ކޯޓަށް މައްސަލަ ހުށަހެޅޭނެއެވެ.

ވީމާ، މިކަން އަންގައި އިޢުލާންކުރަމެވެ.

14 ޛުލްޙިއްޖާ 1435

08 އޮކްޓޫބަރު 2014
ހޯދާ