ހުވަދުއަތޮޅު އުތުރުބުރީ ކޮނޑޭ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގއ.ކޮނޑޭގެ ބިނާވެށި ޕްލޭން މުރާޖަޢާކޮށް ގއ.ކޮނޑޭ ވިލިނގިލީގެ ލޭންޑްޔޫސް ޕްލޭން ހަދައި ދޭނެ ފަރާތެއް ހޯދުމަށް

ގއ.ކޮނޑޭގެ ބިނާވެށި ޕްލޭން މުރާޖަޢާކޮށް ގއ.ކޮނޑޭ ވިލިނގިލީގެ ލޭންޑްޔޫސް ޕްލޭން ހަދައި ދޭނެ ފަރާތެއް ހޯދުމަށް:

ބިނާވެށި ކުރުމުގެ ޤަވާއިދުތަކާއި ގަޑިޑްލައިންތަކާއި އެއްގޮތަށް ގއ.ކޮނޑޭގެ ބިނާވެށި ޕްލޭން މުރާޖަޢާ ކުރުމުގެ އިތުރުން ކޮނޑޭ ކައުންސިލްގެ އިޙްތިސޯސްގެ ތެރޭގައި ހެމެނޭ 4 ހެކްޓަރުގެ ފަޅުރަށް ގއ.ކޮނޑޭ ވިލިނގިލީގެ ލޭންޑް ޔޫސް ޕްލޭން ހަދައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 08 އޯގަސްޓް 2022 އިން 11 އޯގަސްޓް 2022 ވަނަ ދުވަހުގެ 12:00ގެ ކުރިން މި އިދާރާގެ [email protected] އީމެއިލް މެދުވެރިކޮށް އަންދާސީ ހިސާބު ހުށަހެޅުމަށް ރެޖިސްޓްރީ ކުރެއްވުމަށްފަހު، 17 އޯގަސްޓް 2022 ވަނަ ބުދަ ދުވަހުގެ 13:00 އަށް މި އިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުންއެދެމެވެ. މަސައްކަތާއި ގުޅޭގޮތުން ބޭއްވޭ ޕްރީ ބިޑް މީޓިންގ އޮންނާނީ 11 އޯގަސްޓް 2022 ވަނަ ދުވަހުގެ 13:00 ގައި އޮންލައިކޮށް ޒޫމް މެދުވެރި ކޮށެވެ.

މިމަސައްކަތާއި ގުޅިގެން އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވޭނީ ވިޔަފާރީ ރަޖިސްޓްރީ ކުރުމުގެ ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ވިޔަފާރިތަކަށެވެ. އަދި ބީލަމުގައި ރަޖިސްޓްރީ ވުމަށް ދީފައިވާ މުއްދަތުގައި އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީ ނުކުރާ އެއްވެސް ވިޔަފާރިއަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ނުދެވޭނެއެވެ.

އިތުރުމައުލޫމާތު ހޯއްދެވުމަށް 6820019 ނަންބަރަށް ގުޅުއްވުން އެދެމެވެ. ނުވަތަ [email protected] އަށް އީމެއިލް ކުރެވުން އެދެމެވެ. މިއިޢުލާނާއިއެކު، ބިނާވެށި ޕްލޭން ހެދުމުގެ ގައިޑްލައިންއާއި މިހާރު ހަދާފައިވާ ކޮނޑޭގެ ބިނާވެށި ޕްލޭންގެ ޗާޓެއް އެއްހީރަސް ކުރެވިފައިވާނެއެވެ.

 

 

07 އޮގަސްޓް 2022
ހޯދާ