ކޮޅުމަޑުލު ތިމަރަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1 ވީލް ލޯޑާރ ގަންނަންބޭނުން ވެއްޖެ

                                                                             (IUL)391/391/2022/33

އިޢުލާނު

އަންދާސީހިސާބު ހުށަހެޅުމަށް

      މި އިދާރާއަށް ބޭނުންވާ 01 ސެކަންޑް ހޭންޑް ވީލް ލޯޑަރ ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

މި ވެހިކަލް ސަޕްލައި ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން މަޢުލޫމާތު ސާފު ކުރުމަށް 11 އޮގަސްޓް 2022 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފު ކުރެއްވުމަށްފަހު 17 އޮގަސްޓް 2022 ވާ ބުދަ ދުވަހުގެ 09:55 އަށް މި މަސައްކަތުގެ އަންދާސީ ހިސާބު ހުށައެޅުއްވުމަށް ދަންނަވަމެވެ. ބީލަންތަށް ހުޅުވުން އޮންނާނީ 17 އޮގަސްޓް 2022 ވަނަ ދުވަހުގެ 10:00 ގައި ކޮޅުމަޑުލު ތިމަރަފުށީ ކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމުގައި ބީލަން ހުޅުވުމުގެ ބައްދަލުވުމަށް ހާޟިރުވާ ފަރާތްތަކުގެ ކުރިމަތީގައެވެ. ބީލަން ހުށައެޅޭނީ މަޢުލޫމާތު ބައްދަލުވުމުގައި ބައިވެރިވާ ފަރާތްތަކަށް އެކަންޏެވެ.

      މިބީލަމުގައި ބައިވެރިވަޑައިގެންނެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫން 2014/18 ގެ ދަށުން އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު 2014/19 ގެ ދަށުން ވިޔަފާރިގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ.

މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް މި އިދާރާގެ ނަންބަރު 6780702 އަށް ގުޅުއްވުމަށް ދަންނަވަމެވެ. އަދި މިއިދާރާގެ އީމެއިލް އެޑްރެސް [email protected] އަށް އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ.

ވީމާ މިކަން އާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

 

04 އޮގަސްޓު 2022

04 އޮގަސްޓް 2022
ހޯދާ