ފާދިއްޕޮޅު ނައިފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފައިނޭންސް އޮފިސަރ ގެ ވަޒީފާއަށް މުވައްޒަފަކު ހޯދުން

އެއްވެސް ފަރާތަކުން ކުރިމަތިލާފައި ނުވާތީ، މިކައުންސިލްގެ ނަންބަރ (IUL)327-A/327/2022/161 އިޢުލާން ބާޠިލްކޮށް، އަލުން ވަޒީފާ އިޢުލާން ކޮށްފައި

މަޤާމު:

ފައިނޭންސް އޮފިސަރ

މަޤާމުގެ ނަންބަރު:

J-257421

ބޭނުންވާ އަދަދު:

1

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

އެމް.އެސް 1

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ފާދިއްޕޮޅު ނައފަރު ކައުންސިލްގެ އިދާރާ – ޅ.ނައިފަރު

މުސާރަ:

5,610.00

ސަރވިސް އެލަވަންސް:

2,000.00

އެހެނިހެން އެލަވަންސް:

-        ސަޕޯޓިންގ ކޯ އެލަވަންސް 700.00 ރުފިޔާ

-        ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެ.  

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ކައުންސިލަށް އާމްދަނީ ލިބޭ ކަންކަމުގެ ރަޖިސްޓްރީ އެކުލަވާލާ އަދާހަމަ ކޮށް ބެލެހެއްޓުން
  2. ކައުންސިލްގެ މާލި ބަޔާން މާލިއްޔަތުގަވާއިދާއި އެއްގޮތަށް އެކުލަވާލާ ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން
  3. ކައުންސިލަށް ލިބޭ އާމްދަނީ ފައިސާ މާލިއްޔަތު ގަވާއިދާއި އެއްގޮތަށް ބަލައިގަނެ ރެކޯޑް ބެލެހެއްޓުން
  4. ސަރުކާރުގެ އެކި މުއައްސަސާތަކުން ކައުންސިލް މެދުވެރިކޮށް ނަގާ ފީއާއި، ޖޫރިމަނާ އާއި މިނޫންވެސް މިފަދަ ފައިސާ ބަލައިގަނެ ގަވާއިދުން ރިޕޯޓް ތައްޔާރުކޮށް ކަމާބޭހޭ ފަރާތްތަކަށް ފޮނުވުން
  5. އެކި އެކި ފަރާތްތަކުން ދޭ އެހީގެ ފައިސާގެ ބަލައިގަނެ ރިޕޯޓް ތައްޔާރުކުރުން
  6. ބަލައިގަންނަ ފައިސާ، އެފައިސާއެއް ޖަމާކުރަންޖެހޭ އެކައުންޓަކަށް މާލިއްޔަތު ގަވާއިދާއި އެއްގޮތަށް ޖަމާކޮށް ރިޕޯޓް ތައް ތައްޔާރު ކުރުން
  7. ބަލައި ގަންނަ ފައިސާގެ ތެރެއިން އެކި އެކި ފަރާތްތަކަށް ފޮނުވަންޖެހޭ ފައިސާ ގަވާއިދުން އެ ފަރާތްތަކަށް ފޮނުވާ ރިޕޯޓް ތައްޔާރުކުރުން
  8. ތިޖޫރީގައި ބެހެއްޓޭ ފައިސާގެ ރިކޯޑްސް މާލިއްޔަތު ގަވާއިދާއި އެއްގޮތަށް ލަހައްޓަމުން ގެންދިއުން
  9. ޕެޓީކޭޝް ގޮތުގައި ނެގަންޖެހޭ ފައިސާ ނަގައި އެ ފައިސާގެ ހިސާބު މާލިއްޔަތު ގަވާއިދާއި އެއްގޮތަށް ބަލަހައްޓައި ރިޕޯތް ތައްޔާރުކުރުން
  10. ކައުންސިލްގެ ބަޖެޓް ތައްޔާރުމާއި އެކަމާއި ގުޅިގެން ކުރަންޖެހޭ މަސައްކަތް ތައް ކުރުން
  11. ކައުންސިލްގެ ބަޓުން ކުރެވޭ ޙަރަދުތަކުގެ މައްޗަށް ބިނާކޮށް ކޮންމެ މަހަކު އެއްފަހަރު ކައުންސިލްގެ ބަޖެޓް ޚަރަދު ރިޕޯޓް ތައްޔާރުކުރުން
  12. ކައުންސިލްގެ ބަޖެޓަށް ބޭނުންވާ ފައިސާ ހޯދުމަށް ތައްޔާރުކުރާ ލިޔެކިއުންތައް ތައްޔާރުކޮށް ކަމާ ގުޅޭ ފަރާތްތަކަށް ފޮނުވާ އެފައިސާ ހޯދުމަށް ކުރަންޖެހޭ މަސައްކަތް ކުރުން
  13. ކައުންސިލުން ބަޖެޓަށް ގެންނަންބޭނުންވާ ބަދަލުތައް ބަޖެޓަށް ގެނެސް ބަޖެޓް އަޕްޑޭޓް ކޮށް ބެލެހެއްޓުން
  14. ކައުންސިލްގެ ބޭންކް އެކައުންޓް ތައް މާލިއްޔާތު ގަވާއިދާއި އެއްގޮތްވާ ގޮތުގެމަތިން ބަލަހައްޓުން
  15. ބޭންކް ރިކޮންސިލިއޭޝަން ސްޓޭޓްމަންޓް މާލިއްޔަތު ގަވާއިދާއި އެއްގޮތައް ތައްޔާރުކުރުން
  16. ބަޖެޓަށް އިތުރަށް ފައިސާ ބޭނުންވާނަމަ މާލިއްޔަތު ގާވާއިދާއި އެއްގޮތްވާ ގޮތުގެމަތިން އެފައިސާ ހޯދުމުގެ މަސައްކަތް ކުރުން
  17. ބަޖެޓުން ޚަރަދު ނުކުރެވިހުންނަ ފައިސާއާއި މެދު މާލިއްޔަތު ގަވާއިދާއި އެއްގޮތައް އަމަލުކުރަމުން ގެންދިއުން
  18. ކައުންސިލް ބަޖެޓާ ގުޅިގެން އާންމުކުރަންޖެހޭ ލިޔެކިޔުންތައް މާލިއްޔަތު ޤަވާޢިދާ އެއްގޮތަށް އަންމުކުރަމުން ގެންދިއުން
  19. ބަޖެޓާގުޅޭ ލިޔެކިޔުންތައް ޤަވާއިދުން ފައިލްކޮށް ބެލެހެއްޓުން
  20. ހަވާލުކުރެވޭ ވަކިހާއްސަ މަސައްކަތަކާއި ގުޅިގެން އަދާކުރަންޖެހޭ އެހެނިހެން މަސްޢޫލިއްޔަތު އަދާކުރުމާއި، ކައުންސިލް އިދާރާއިން ކުރާ މަސައްކަތްތަކުގައި އެހީތެރިވެދިނުމާއި ކައުންސިލުން ޙަވާލުކުރާ އެހެނިހެން ޒިންމާ އަދާކުރުން
  21. ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންތައް ސެކްރެޓަރީ ޖެނެރަލްގެ ނުވަތަ ސުޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން.
  22. ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާއި ކައުންސިލްގެ ނިންމުންތައް ތަންފީޒުކުރުމާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ފުރިހަމައަށް ޖަވާބުދާރީވުން.

މަޤާމުގެ ޝަރުޠުތައް:

  1. މަޤާމުގެ މަސައްކަތާގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން.

މަޤާމުގެ ތަޢުލީމީ ރޮނގުތައް

ކޯ ޑިސިޕްލިން

-        އެކައުންޓިންގ

-        ފައިނޭންސް

ޕްރިފާޑް ޑިސިޕްލިން

-        ބިޒްނަސް އެޑްމިނިސްޓްރޭޝަން

-        ބިޒްނަސް މެނޭޖްމަންޓް

މަޤާމުގެ މަސައްކަތުގެ ދާއިރާތައް

-        އެކައުންޓިންގ

-        ފައިނޭންސް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx
  2. 2.      ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. 3.      ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. 4.      ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. 5.      ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. 6.      މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

1

އަސާސީ ޝަރުޠު ހަމަވުން 

30

2

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމް

5

3

ކޯ ނުވަރަ ޕްރިފަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދަށް ދެވޭ ޕޮއިންޓް

5

4

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5

5

އެސެސްމަންޓް (އިމްތިޙާން ނުވަތަ ޕްރކެޓިކަލް)  

20

6

އިންޓަރވިއު

35

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 11 އޯގަސްޓް 2022 ގެ 12:00 ގެ ކުރިން، ފާދިއްޕޮޅު ނައިފަރު ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އިމްތިޙާން އޮންނާނީ، 15 އޮގަސްޓް 2022 އާއި 25 އޮގަސްޓް 2022 އާ ދެމެދު، ފާދިއްޕޮޅު ނައިފަރު ކައުންސިލް އިދާރާގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6620126 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

03 އޮގަސްޓް 2022
ހޯދާ