މާޅޮސްމަޑުލު ދެކުނުބުރީ ކަމަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

                                                           ނަންބަރ: (IUL)314-SS/INDIV/2022/84

 

އިޢުލާން

ވަޒީފާގެ ފުރުޞަތު

މަޤާމް : ޕްރީސްކޫލް ޓީޗަރ

އަތޮޅާއި ރަށް : މާޅޮސްމަޑުލު ދެކުނުބުރީ ކަމަދޫ

މަޤާމްގެ އަދަދު : 01

މަސައްކަތްކުރާ ތަން : ކަމަދޫ ރޫޓްސް ޕްރީސްކޫލް

މުއްދަތު: 01 ސެޕްޓެމްބަރ 2022ން 31 ޖުލައި 2024ށް

މުސާރަ : -/4000 ( ހަތަރުހާސް ) ރުފިޔާ

އެލަވަންސް: -/1000 ( އެއްހާސް ) ރުފިޔާ

ޓީޗަރ ކްލެސިފިކޭޝަން

 

ފެންވަރު ނުވަތަ ޝަރުތު

މަޤާމް

ރޭންކް

ކްލެސިފިކޭޝަން

ޝަރުތު

ޕްރީސްކޫލް ޓީޗަރ

 

 

މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން ސާބިތު ކޮށްދިނުމާއެކު

* ސާނަވީ އިމްތިޙާނުން 02 މާއްދާއިން ދަށްވެގެން

" ޑީ " ފާސް ލިބިފައިވުމާއިއެކު ސެކަންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި ދިވެހިން ދަށްވެގެން " ސީ " ގްރޭޑް ލިބިފައިވުން

  

މަޤާމުގެ މަސްއޫލިއްޔަތު

 

 

 

    * ކިޔަވައިދިނުމަށް ކަނޑައެޅިފައިވާ ކޮންމެ ދުވަހެއްގެ ކަނޑައެޅިފައިވާ ގަޑިކަމުގައިވާ 3 ގަޑިއިރު ބޭބީ ނާސަރީ،ނާސަރީ ކުދިންނަށް ކިޔަވައިދިނުން އަދި ކިޔަވައިދިނުމުގެ އާލާތްތައް ތައްޔާރުކުރުން

        

ޓީޗަރެއްގެ މަޤާމަށް މީހަކު ހޮވުމުގައި ލިބިފައިވާ ތަޖްރިބާއާއި، އިންޓަވިއުއަށް ބެލެވޭނެއެވެ. އަދި ޓީޗަރެއްގެ މަޤާމަށް މީހަކު ހޮވާނީ ޓީޗަރެއްގެ މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އިންޓަވިއުއިން ފާސްވާ ފަރާތްތަކުގެ ތެރެއިން އެންމެ ގިނަ ޕޮއިންޓް ލިބޭ ފަރާތަކަށެވެ.

 

ހުށަހަޅަންޖެހޭ ތަކެތި

1- ވަޒީފާއަށް އެދި ހުށަހަޅާ ފޯމް ( މިފޯމް މިކައުންސިލްގެ އިދާރާއިން ލިބިވަޑައިގަންނަވާނެ )

2- އައިޑީކާޑު (ކިޔަން އެނގޭ ސާފު) ކޮޕީ

3- ލިބިލައްވާފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ

4- ސްކޫލެއްގައި އުޅެފައިވާނަމަ ލީވިން ސެޓްފިކެޓްގެ ކޮޕީ

5 -ވަޒީފާއެއްގައި އުޅެފައިވާނަމަ އެވަޒީފާއެއްގައި އުޅުނު ކަމުގެ ލިޔުން

6- ވަނަވަރު 

 

ތަކެތި ހުޅަހަޅަންޖެހޭ ތަން

މާޅޮސްމަޑުލު ދެކުނުބުރީ ކަމަދޫ ކައުންސިލްގެ އިދާރާ

 

ތަކެތި ހުށަހަޅަންޖެހޭ ސުންގަޑި

09 އޯގަސްޓް 2022 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން ކައުންސިލް އިދާރާއަށެވެ. އަދި މި ކައުންސިލްގެ ރަސްމީ އީމެއިލް [email protected] މެދުވެރިކޮށް އެޕްލިކޭޝަން ފޯމް ހުށަހެޅޭނެއެވެ.

          

            މިމަޤާމަށް މީހަކު ހޮވުމުގައި ބާއްވާ އިންޓަވިއު އޮންނާނީ މިއިދާރާގައެވެ. އިންޓަވިއު އޮންނަ ދުވަހާއި ގަޑި މިއިދާރާއިން އެފަރާތަކަށް އަންގާނެއެވެ. މިވަޒީފާއަށް ހުށަހަޅާ ފަރާތްތަކުން އިތުރު މައުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާނަމަ މިއިދާރާގެ 6600051 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ. އަދި މިމަޤާމަށް އިންޓަވިއު ކުރެވޭނީ މިމަޤާމަށް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ތަޢުލީމީ ފެންވަރު އެންމެ ރަނގަޅު ފަރާތްތަކާއެވެ.

                               މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

03 އޮގަސްޓް 2022
ހޯދާ