މިނިސްޓްރީ އޮފް ފިނޭންސް
ދިވެހިރާއްޖެ
މ. ފ. އަދި ދ. އަތޮޅުގެ މީހުން ދިރިއުޅޭ 16ރަށެއްގައި ގްރިޑް-ޓައިޑް ސޯލަރ ޕީވީ-ޑީސަލް ހައިބްރިޑް ޕަވަރ ޖެނެރޭޝަން ޕްލާންޓްތަކެއް ޑިޒައިންކޮށް ސަޕްލައިކުރުމާއި އިންސްޓޯލްކުރުމުގެ މަސައްކަތް

ބީލަން ހުށަހެޅުމުގެ ދަޢުވަތު 

(ޕްރޮޖެކްޓް ނަންބަރު: TES/2022/G-011)

 

(9 ޖޫން 2022ގައި ކުރެވުނު އިއުލާނު ނަންބަރު: (IUL)13-K/13/2022/212، ބީލަން ހުށަހެޅުމުގެ ދަޢުވަތުގެ މުއްދަތު އިތުރުކުރުން)

 

މ. ފ. އަދި ދ. އަތޮޅުގެ މީހުން ދިރިއުޅޭ 16ރަށެއްގައި ގްރިޑް-ޓައިޑް ސޯލަރ ޕީވީ-ޑީސަލް ހައިބްރިޑް ޕަވަރ ޖެނެރޭޝަން ޕްލާންޓްތަކެއް ޑިޒައިންކޮށް ސަޕްލައިކުރުމާއި އިންސްޓޯލްކުރުން

 

1. ދިވެހި ސަރުކާރުން ޔޫރަޕިއަން އިންވެސްޓްމަންޓް ބޭންކު (އީ.އައި.ބީ) ގެ އެހީގައި ހިންގުމަށް ހަމަޖެހިފައިވާ ޕްރިޕެއަރިންގ އައުޓަރ އައިލެންޑްސް ފޮރ ސަސްޓެއިނަބަލް އެނަރޖީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓުގެ ގެ ދަށުން މ. ފ. އަދި ދ. އަތޮޅުގެ މީހުން ދިރިއުޅޭ 16ރަށެއްގައި ގްރިޑް-ޓައިޑް ސޯލަރ ޕީވީ-ޑީސަލް ހައިބްރިޑް ޕަވަރ ޖެނެރޭޝަން ޕްލާންޓްތަކެއް ޑިޒައިންކޮށް ސަޕްލައިކުރުމާއި އިންސްޓޯލްކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ވަނީ ހަމަޖެހިފައެވެ.

2. ވީމާ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީގެ ބޭނުމަށް މ. ފ. އަދި ދ. އަތޮޅުގެ މީހުން ދިރިއުޅޭ 16ރަށެއްގައި ގްރިޑް-ޓައިޑް ސޯލަރ ޕީވީ-ޑީސަލް ހައިބްރިޑް ޕަވަރ ޖެނެރޭޝަން ޕްލާންޓްތަކެއް ޑިޒައިންކޮށް ސަޕްލައިކުރުމާއި އިންސްޓޯލްކުރުމުގެ މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް އަލުން ހުޅުވާލަމެވެ.

3. މި ޕްރޮޖެކްޓަކީ އިންޓަރނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އައި.ސީ.ބީ) އުސޫލުގެ މަތިން، ސިންގަލް ސްޓޭޖް ޓޫ އެންވެލޮޕް އުސޫލުން ބީލަންކުރުމަށް ހަމަޖެހިފައިވާ ޕްރޮޖެކްޓެކެވެ.

4. މި ބީލަމުގައި ބައިވެރިވުމަށް ތިރީގައިވާ ޝަރުތުތައް ފުރިހަމަވާންވާނެއެވެ.

މާލީ ތަނަވަސްކަން

  • ފާއިތުވި 3 އަހަރު ކުންފުނީގެ މާލީ ތަނަވަސްކަމުގެ ގޮތުގައި އެވްރޭޖްކޮށް 15 މިލިއަން އެމެރިކާ ޑޮލަރު ލިބިފައިވުން.

ތަޖުރިބާ

  • ފާއިތުވި 5 އަހަރު ތެރޭގައި މިބާވަތުގެ 2 މަސައްކަތްކޮށްފައިވުން އަދި ކޮންމެ މަސައްކަތެއްގެ އަގު މަދުވެގެން 8 މިލިއަން އެމެރިކާ ޑޮލަރު ކަމުގައިވުން.

ބީލަމުގައި ބައިވެރިވާ ފަރާތްތަކުގައި ހުންނަން ޖެހޭ ހުރިހާ ޝަރުޠުތައް ބިޑިންގް ޑޮކިއުމަންޓްގައި ބަޔާންކޮށްފައިވާނެއެވެ.

5. މި ބީލަމާއި ގުޅިގެން އިތުރު މަޢުލޫމާތު ބޭނުންވާނަމަ ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ފާޠިމަތު ރިޝްފާ އަޙްމަދު،

ޗީފް ޕްރޮކިއުމަންޓް އެގްޒެކެޓިވް،

ނެޝަނަލް ޓެންޑަރ،

މިނިސްޓްރީ އޮފް ފިނޭންސް،

އަމީނީމަގު، މާލެ، 203792، ދިވެހިރާއްޖެ،

ފޯން  : (+960) 3349113، (+960) 3349106، (+960) 3349147     

އީމެއިލް : [email protected]

ކޮޕީ  : [email protected]

6. ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުމަށްޓަކައި -/1,500 (އެއްހާސް ފަސްސަތޭކަ) ރުފިޔާ ނުވަތަ 100 (ސަތޭކަ) ޔޫއެސް ޑޮލަރުގެ ނަން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހޭނެއެވެ.  ފައިސާ ބަލައިގަންނާނީ 2022 ޖޫން 9 އިން 2022 އޮގަސްޓު 16އަށް، ބަންދު ނޫން ކޮންމެ ދުވަހެއްގެ 8:00 އިން 14:00 އަށް،މިމިނިސްޓްރީގެ އޮންލައިން ޕޭމަންޓް ޕޯޓަލް - ބަނޑޭރި ޕޭ (https://bandeyripay.finance.gov.mv) މެދުވެރި ކޮށެވެ. އިލެކްޓްރޯނިކް ޒަރީއާއިން ރެޖިސްޓްރޭޝަން ފީ ދައްކަވަން ބޭނުންފުޅުވާނަމަ ޖަމާ ކުރައްވަންޖެހޭ ބޭންކް އެކައުންޓުގެ މަޢުލޫމާތު މަތީގައިވާ އީމެއިލް އެޑްރެހަށް ރިކުއެސްޓް ކުރުމުން ޙިއްސާ ކުރެވޭނެއެވެ. އަދިފައިސާ ދެއްކެވުމަށްފަހު އަންނަނިވި މަޢުލޫމާތު މި އިޢުލާނުގެ 5ވަނަ ނަންބަރުގައިވާ އެޑްރެހަށް ހުށަހެޅުމުން ނުވަތަ އީމެއިލް ކުރެއްވުމުން ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ކޮށްދެވޭނެއެވެ.

  • ބީލަން ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް
  • ބީލަމާއި ގުޅޭގޮތުން މުޢާމަލާތު ކުރާނެ ފަރާތުގެ ނަމާއި، އީމެއިލް އެޑްރެސް، އަދި ފޯނު ނަންބަރު
  • ފައިސާ ދެއްކި ކަމުގެ ރަސީދު ނުވަތަ ޓްރާންސެކްޝަން ސްލިޕްގެ ކޮޕީ

7. މި ޕްރޮޖެކްޓުގެ ބިޑިންގް ޑޮކިއުމަންޓް ސޮފްޓްކޮޕީ ފޯރމެޓްގައި މިމިނިސްޓްރީގެ ވެބްސައިޓް  www.finance.gov.mvއިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. މި ޕްރޮޖެކްޓާއި ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު ވެބްސައިޓުން ލިބެން ހުރިކަން ޔަޤީންކުރުމާއި، އެ މަޢުލޫމާތު ހޯދުމަކީ ބީލަން ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.

8. ބީލަން ހުޅުވުން އޮންނާނީ 2022 އޮގަސްޓު 18 ވާ ބުރާސްފަތި ދުވަހުގެ 11:00ގައި މި މިނިސްޓްރީގެ ނެޝަނަލް ޓެންޑަރގެ ޖަލްސާކުރާ މާލަމުގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ.

9. މި އިޢުލާނު ތިރީގައިވާ ވެބްސައިޓްތަކުގައި ޝާއިޢުކޮށްފައިވާނެއެވެ.

www.finance.gov.mv

www.gazette.gov.mv

03 އޮގަސްޓް 2022
ހޯދާ