ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވޭސްޓް މެނޭޖްމަންޓް ސެންޓަރަށް އިތުރުކުރުމަށް ހަމަޖެހިފައިވާ ބިމުގައި ހުރި ރުއްގަހާއިގުޅޭ

ގދ.ހޯނޑެއްދޫ ވޭސްޓް މެނޭޖްމަންޓް ސެންޓަރަށް އިތުރުކުރުމަށް ހަމަޖެހައިވާ (ސެންޓަރުގެ ދެކުނުފަރާތް) ބިމުގައިހުރި މިކައުންސިލުން 1 އިން 25 އަށް ނަންބަރ (މެރޫން ކުލައިން) ޖަހާފައިވާ ރުއްތަކާއި، 1 އިން 8 އަށް ނަންބަރ ޖަހާފައިވާ ކަށިކެޔޮ ގަސްތަކާއި، 1 ނަންބަރ ޖަހާފައިވާ ހިރުނދު ގަހާއި، އަދި 1 ނަންބަރ ޖަހާފައިވާ ފުނަގަހުގެ ވެރިފަރާތްތައް ހޯދުމަށް ކުރެވުނު މިއިދާރާގެ ނަންބަރ (IUL)417-ESMS/417/2022/58 (20 ޖޫން 2022) އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން އެރުއްގަހުގެ މިލްކުވެރިކަން ބަޔާންކޮށް މިއިދާރާއަށް އަންގާފައި ނުވާތީ، އެފުރުޞަތު އަލުން ހުޅުވާލަމެވެ.

ވީމާ، އެސަރަޙައްދުގައި ހުރި ރުއްތަކުގެ ވެރިފަރާތްތަކުން އެމީހެއްގެ ރުކުގެ ޢަދަދު (ގިނައެއްޗެހި ގަންނަ ވަކަރުލާ މޮޅު ރުއް، ފޯދުނު ރަނގަޅު ރުއް، ފޯދުނު އާދައިގެ ރުއް، ފޯދުނު ދެރަ ރުއް، ނުފޯދޭ ބޮޑުރުއް، ނުފޯދޭ އާދައިގެ ރުއް އަދި ނުފޯދޭ ކުޑަރުއް) އާއި، ކަށިކެޔޮ ގަސްތަކާއި، ހިރުނދު ގަހުގެ ވަށަމިނާއި އަދި ފުނަގަހުގެ ވަށަމިން ބަޔާންކޮށް 2022 އޮގަސްޓް 09 ވަނަ ދުވަހު އޮފީސް ބަންދުވުމުގެ ކުރިން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. އެސަރަޙައްދުގެ ޗާޓެއް މި އިޢުލާނާއިއެކު އާންމުކުރީމެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

02 އޮގަސްޓް 2022
ހޯދާ