މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
Al-Azhar University Scholarship 2022/2023

Al-Azhar University Scholarship 2022/2023

މިޞްރު

ޤައުމު:

ބެޗްލަރސް ޑިގްރީ

ކޯހުގެ ފެންވަރު:

ޖުމްލަ 22 ފުރުޞަތު.

5 ޝަރީއާ ދާއިރާ

17 އެހެނިހެން ދާއިރާ (ވެބްސައިޓްގައި އަޕްލޯޑްކޮށްފައިވާ ކޯސްތަކަށް)

ކޯހުގެ ދާއިރާ އަދި ޢަދަދު

ބެޗްލަރސް ޑިގްރީގެ ޝަރުތު:

1.ޝަހާދާ ޘާނަވިއްޔާއިން ފާސްވެފައިވުން. 

2.ދިރާސާތުލް އިސްލާމިއްޔާ ކޯހަށް ހުށަހަޅުއްވާ ބޭފުޅުން ޝަހާދާ ޘާނަވިއްޔާއިން %65 އަށް ވުރެ މަތިން  ފާސްވެފައިވުން.

3.މި ކޯސްތަކަށް ހުށަހަޅުއްވާ ބޭފުޅުންނަކީ މިޞްރު ސަރުކާރުގެ ސްކޮލަރޝިޕެއްގައި މީގެ ކުރިން ކިޔަވާވިދާޅުވެފައިވާ ބޭފުޅަކަށް ނުވުން.

4. 3 ޖުލައި 2022 އަށް އުމުރުން 25 އަހަރު ފުރިފައި ނުވުން.

5. ޝަހާދާ ޘަނަވިއްޔާ ނިންމެވިފަހުން، 30 ޖުލައި 2022 އަށް 3 އަހަރު ވެފައިނުވުން.

 

އެދިވަޑައިގަންނަވާ ކޯހަކާގުޅޭ ޝަރުތުތަކުގެ އިތުރުން ފުރިހަމަވާންޖެހޭ ޝަރުތުތައް:

1.ތަޢުލީމު ހާސިލުކުރެއްވުމަށް ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން އެހީ ލިބިވަޑައިގެންފައިވާނަމަ އެންމެފަހުގެ އެހީއަށްފަހު،  މި އިޢުލާނުގެ ސުންގަޑިއަށް، ތިރީގައިވާ މުއްދަތަށް ދިވެހިރާއްޖެއަށް ޚިދުމަތްކުރައްވާފައިވުން.

ހ. ފުލް ސްކޮލަރޝިޕެއްނަމަ މަދުވެގެން 2 އަހަރު.

ށ. ޕާޝަލް ސްކޮލަރޝިޕެއްނަމަ މަދުވެގެން 1.5 އަހަރު.

ނ. ލޯނު އެހީއެއްނަމަ މަދުވެގެން 1 އަހަރު.

2. މި މިނިސްޓްރީ ނުވަތަ ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން މެދުވެރިވެގެން ކިޔެވުމަށް ލޯނެއް ނަންގަވާފައިވާނަމަ ޑިޕޯލްޓެއް ނެތި އެލޯނެއް ގަވާއިދުން ދައްކަމުންދާ ފަރާތެއް ކަމުގައިވުން.

3. އެދިވަޑައިގަންނަވާ ކޯހަކީ މިހާރު ފުރިހަމަކުރައްވާފައިވާ ކޯހަކަށްވުރެ މަތީ ފެންވަރުގެ ކޯހަކަށްވުން. އަދި އެދިވަޑައިގަންނަވާ ކޯހާއި އެއް ފެންވަރެއްގެ ކޯހެއް ދައުލަތުގެ ޚަރަދުގައި މިހާރު ފުރިހަމަ ކުރައްވަމުންދާ ދަރިވަރެއް ކަމުގައިވެސް ނުވުން.

ކޯހުގެ ޝަރުތު:

ފުރިހަމަކުރައްވާފައިވާ އެޕްލިކޭޝަނާއެކު ހުށަހަޅުއްވަން ޖެހޭ ތަކެތި.

1.ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.(ޝަހާދާ ސާނަވިއްޔާ ސެޓްފިކެޓް).

2.ފުލް ޓްރާންސްކްރިޕްޓްގެ ކޮޕީ. (ޝަހާދާ ސާނަވިއްޔާ ސެޓްފިކެޓުގެ ޓްރާންސްކްރިޕްޓް).

3.އިނގިރޭސިބަހުގެ ތަރުޖަމާ ހިމެނޭ ސިޓީ/ރަށު ކައުންސިލް އިން ދޫކޮށްފައިވާ އުފަންދުވަހުގެ ސެޓްފިކެޓް ކޮޕީ.

4.ޕާސްޕޯޓް ޑޭޓަރ ޕޭޖް ކޮޕީ.

5.ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

6.އެޗް.އައި.ވީ/އެއިޑްސް އާއި ހެޕަޓައިޓްސްއާއި ޓީ.ބީ ޓެސްޓް ހިމެނޭ ގޮތަށް ހަދާ ފައިވާ މެޑިކަލް ރިޕޯޓް ކޮޕީ.

7.ގުޑް ކޮންޑަކްޓް ސެޓްފިކެޓް (އެންމެފަހުން އުޅުއްވި ސްކޫލަކުން).

8. 6(ހައެއް) ޕާސްޕޯޓް ސައިޒް ފޮޓޯ.(ފޮޓޯގެ ނުފުށުގައި ދަރިވަރުގެ ނަމާއި، ޤައުމުގެ ނަން ޖަހަންވާނެއެވެ.) (ނޮމިނޭޓް ވުމުން ހުށަހަޅާ ގޮތަށް).

9.ތަޢުލީމް ހާސިލުކުރައްވަން ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން އެހީ ލިބިވަޑައިގަތްނަމަ، އެންމެފަހުގެ އެހީއަށްފަހު، އެއެހީއަކާ ގުޅޭގޮތުން ޚިދުމަތް ކުރެއްވުމަށް މި އިޢުލާންގައި ބަޔާންކޮށްފައިވާ މުއްދަތަށް ޚިދުމަތް ކުރައްވާފައިވާކަން އަންގައިދޭ ރަސްމީ ލިޔުން.

10.މިހާރު ހާސިލް ކުރައްވާފައިވާ އެންމެ މަތީ ސެޓްފިކެޓް ހާސިލް ކުރެއްވިފަހުން ދިވެހިރާއްޖެއަށް ޚިދުމަތް ކޮށްފައިވާ މުއްދަތު އެނގޭނެ ރަސްމީ ލިޔުމެއް.

11.ޚިދުމަތްކުރުމަށް ބޮންޑެއް އޮތްނަމަ، ބޮންޑުކުރި ތަނަކުން އެބޭފުޅަކު މި ކޯހަށް ދޫކުރާނެކަމުގެ ލިޔުން.

12.ކުރިން ލޯނު ނަގާފައިވާ ކެންޑިޑޭޓުންގެ ތެރެއިން ގަވާއިދުން ޑިފޯލްޓެއް ނެތި ލޯނު ދައްކާ ފަރާތްތަކުން މިސްކޮލަރޝިޕަށް އެޕްލިކޭޝަން ހުށަހަޅާނަމަ، ކުރިން ނަގާފައިވާ ލޯނު ދައްކާނެ ކަމަށް ބަޔާންކޮށް އެފަރާތުގެ ލިޔުމެއް ނުވަތަ އެހެން ފަރާތެއް ޙަވާލުވާނަމަ، ޙަވާލުވާ ފަރާތުގެ ލިޔުން.

ހުށަހަޅަންޖެހޭ ތަކެތި

 

-ކެންޑިޑޭޓުން ނޮމިނޭޓް ކުރާނީ ޝަހާދަ ސާނަވިއްޔާ ސެޓްފިކެޓްއިން އެންމެ މަތިން ޕޮއިންޓް ލިބޭ ތަރުތީބުންނެވެ.

-މި ސްކޮލަރޝިޕަށް އަޒްހަރު ޔުނިވަރސިޓީން ދިނުމަށް ހަމަޖެހިފައިވަނީ ޓިއުޝަން ފީއެވެ. އެހެން ޚަރަދުތައް ހަމަޖައްސަންޖެހެނީ ދަރިވަރު އަމިއްލައަށެވެ.

-މި ކޯސްތަކަށް ހޮވޭ ދަރިވަރުން ކިޔެވުން ފެއްޓެވުމުގެ ކުރިން އަރަބި ބަހުގެ ޓެސްޓެއް ހަދަންޖެހޭނެއެވެ. އަރަބި ބަހުގެ ޓެސްޓުން ފާސްވެވަޑައިނުގެންފިނަމަ، ޖެހިވަޑައިގަންނަވާނީ އަރަބި ބަސް ކިޔަވައިވިދާޅުވާށެވެ. މިކަމަށް ގިނަވެގެން ލިބިވަޑައިގަންނަވާނީ 01 އަހަރުދުވަހެވެ.

-ކެންޑިޑޭޓުން އެދިވަޑައިގަންނަވާ ކޯސްނޫން އެހެން ކޯހެއް މަދުފަހަރެއްގައި ހަމަޖެހުމަކީވެސް އެކަށީގެންވާ ކަމެކެވެ.

-މި ސްކީމުގެ ކޯސްތަކަށް ހޮވޭ ބޭފުޅުންނަށް އަޒުހަރު ސްކޮލަރޝިޕްގެ ދަށުން ހަމަޖެހޭ އިނާޔަތްތަކުގެ މަޢުލޫމާތު "General condition for Al- Azhar Scholarships" ސުރުޚީގެ ނަމުގައި މި މިނިސްޓްރީގެ ވެބްސައިޓަށް އަޕްލޯޑްކުރެވިފައިވާނެއެވެ.

-މި އިޢުލާނާއި ގުޅިގެން ކޯހަށް ހުށަހަޅުއްވާ ކޮންމެ ކެނޑިޑޭޓަކުވެސް ހުށަހަޅުއްވަންވާނީ އެންމެ ކޯހަކަށެވެ.

-  ކޯހަށް އެދި ހުށަހަޅުއްވާ ދަރިވަރަކީ، އިޢުލާން ކުރެވިފައިވާ ކޯހާއި އެއްފެންވަރުގެ ނުވަތަ އެއަށްވުރެ މަތީ ފެންވަރުގެ ކޯހެއް

 - މި އިޢުލާނާއި ގުޅިގެން ކޯހަށް ހުށަހަޅުއްވާ ކޮންމެ ކެންޑިޑޭޓަކުވެސް ހުށަހަޅުއްވަންވާނީ އެންމެ ކޯހަކަށެވެ.

- އެޕްލިކޭޝަން ހުށަހަޅާ ކޯހާއި، ކޯސް ހިންގާ އިންސްޓިޓިއުޓަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމް.ކިއު.އޭ) އިން ޤަބޫލުކުރާ އިންސްޓިޓިއުޓެއްތޯއާއި، ކޯހެއްތޯ ކަށަވަރު ކުރައްވަންވާނެއެވެ.

- ކޯހަށް އެދި ހުށަހަޅުއްވާ ކެންޑިޑޭޓަކީ، އިޢުލާން ކުރެވިފައިވާ ކޯހާއި އެއްފެންވަރުގެ ނުވަތަ އެއަށްވުރެ މަތީ ފެންވަރުގެ ކޯހެއް މީގެކުރިން ފުރިހަމަކޮށްފައިވާ ދަރިވަރެއް ކަމުގައި ވެގެން ނުވާނެއެވެ. އަދި އެއާއި އެއްފެންވަރުގެ ކޯހެއް ފުރިހަމަކުރާ ކެންޑިޑޭޓަކަށްވެގެން ނުވާނެއެވެ.

- ސްޓޫޑެންޓް ލޯނު ސްކީމަކަށް ހޮވިފައިވާ ކެންޑިޑޭޓުން ލޯނު އެގްރީމެންޓްގައި ސޮއިނުކުރާނަމަ މި ސްކޮލަރޝިޕް ފުރުޞަތަށް އެޕްލިކޭޝަން ހުށަހެޅޭނެއެވެ. އަދި ސްކޮލަރޝިޕްއަށް ނޮމިނޭޓްވުމުން ލޯނުގެ ފުރުސަތު ދޫކޮށްލަންޖެހޭނެއެވެ.

- އެހެން ސްކޮލަރޝިޕަކަށް ނޮމިނޭޓްވެފައިވާ ކެންޑިޑޭޓެއް މި ސްކޮލަރޝިޕް ފުރުޞަތަށް ނޮމިނޭޓް ނުކުރެވޭނެއެވެ.

- މި މިނިސްޓްރީ ނުވަތަ ކުރިން ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން މެދުވެރިވެގެން ކިޔެވުމަށް ލޯނެއް ނަންގަވާފައިވާނަމަ ޑިޕޯލްޓެއް ނެތި އެލޯނެއް ގަވާއިދުން އަނބުރާ ދައްކަމުންދާ ފަރާތަކަށް ފުރުޞަތު ދެވޭނީ، ޑިފޯލްޓެއްނެތި ގަވާއިދުން ލޯން ދައްކާ ފަރާތްތަކުގެ ތެރެއިން، ކުރިން ކިޔެވި ލެވަލްއަށްވުރެ މަތީ ލެވަލްއެއްގެ ކޯހެއް ކިޔެވުމަށާއި، އަދި ކޯހުގައި ކިޔަވާ މުއްދަތުގައިވެސް، ގަވާއިދުން ލޯނު ދެއްކޭނެ އިންތިޒާމް ހަމަޖައްސައިދޭނެކަން ލިޔުމުން ހުށަހަޅާ ފަރާތްތަކަށެވެ.

- މި މިނިސްޓްރީން ކެންޑިޑޭޓުން ނޮމިނޭޓް ކުރި ނަމަވެސް ސްކޮލަރޝިޕް ދެއްވާ ފަރާތުން ސްކޮލަރޝިޕް ކެންސަލްކޮށްފިނަމަ އޭގެ ބަދަލުގައި އެހެން ފުރުޞަތެއް އެ ކެންޑިޑޭޓަކަށް ހޯދައެއް ނުދެވޭނެއެވެ.

- މި މިނިސްޓްރީން ކެންޑިޑޭޓުން ނޮމިނޭޓް ކުރާނީ އެކަޑަމިކް މެރިޓަށް ޕޮއިންޓްދީގެން އެންމެ މަތިން ޕޮއިންޓް ލިބޭ ތަރުތީބުންނެވެ. މިގޮތަށް ޕޮއިންޓްދޭގޮތުގެ ތަފްޞީލު މި މިނިސްޓްރީގެ ވެބްސައިޓްގައި ވާނެއެވެ.

- ބެޗްލަރސް ޑިގްރީ ކޯސްތަކަށް ހުށަހަޅާ ދަރިވަރުންގެ ތެރެއިން، އެއް ކެންޑިޑޭޓަކަށްވުރެ ގިނަ ކެންޑިޑޭޓުން ޕޮއިންޓްގެ ގޮތުން އެއްވަރުވާނަމަ، ކެންޑިޑޭޓަކު ހޮވުމުގައި ބައިވެރިވެފައިވާ ހުރިހާ މާއްދާތަކަށް (އެޗް.އެސް.ސީ އިމްތިހާނުގެ އިސްލާމް އަދި ދިވެހި ހިމެނޭގޮތަށް) ބެލެވޭނެއެވެ.

- ޕޯސްޓްގްރެޖުއޭޓް ފެންވަރުގެ ކޯހަށް ހުށަހަޅާ ކެންޑިޑޭޓުންގެ ތެރެއިން އެއް ކެންޑިޑޭޓަކަށްވުރެ ގިނަ ކެންޑިޑޭޓުން ޕޮއިންޓްގެ ގޮތުން އެއްވަރުވާނަމަ، ކެންޑިޑޭޓު ހޮވުމުގައި އިސްކަންދޭނީ ބެޗްލަރސް/މާސްޓަރސް ޑިގްރީ ނިންމުމަށްފަހު ދިވެހިރާއްޖެއަށް ޚިދުމަތް ކޮށްފައިވާ މުއްދަތުގެ ދިގުމިނަށެވެ.

- ހުށަހަޅުއްވާ ޓްރާންސްކްރިޕްޓްގެ ގްރޭޑިންގ ކުރައިޓީރިއާ މިމިނިސްޓްރީން ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާ އުސޫލާ ތަފާތުނަމަ، އެތަނެއްގެ ގްރޭޑިންގ ކްރައިޓީރިއާ ހުށަހަޅުއްވަންވާނެއެވެ. ނޫންނަމަ، ޕޮއިންޓް ދޭނީ މި މިނިސްޓްރީން ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާ އާންމު އުސޫލުންނެވެ.

- އެދިވަޑައިގަންނަވާ ކޯހުގެ ޝަރުތު ފުރިހަމަވުމަށް ބޭނުންވަނީ އެހެން ކޯހަކުން ކުރެޑިޓް ލިބިގެން ހޯއްދަވާފައިވާ ސަނަދެއްނަމަ، އެ ހުރިހާ ކޯހެއްގެ ޓްރާންސްކްރިޕްޓް ހުށަހަޅުއްވަންވާނެއެވެ.

- ކިޔެވި ޔުނިވަރސިޓީން ސެޓްފިކެޓް ދޭ ދުވަސް ޖެހުމުގެ ކުރިން ބޭނުން ކުރެއްވުމަށް ދޫކޮށްފައިވާ ޕްރޮވިޝަނަލް ސެޓްފިކެޓެއް/ ލިޔުމެއް ސެޓްފިކެޓްގެ ބަދަލުގައި ހުށަހަޅާނަމަ، އެއާއެކު މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ އެސެސްމަންޓް ރިޕޯޓެއް ހުށަހަޅުއްވަންވާނެއެވެ.

- ހުށަހަޅުއްވާ މަތީ ތަޢުލީމުގެ އެއްވެސް ސެޓުފިކެޓަކީ (ޕްރޮވިޝަނަލް ކަމުގައި ވިޔަސް) ރާއްޖޭން ބޭރުގެ ސެޓްފިކެޓެއް ނަމަ، އޮންނަންވާނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ވެލިޑޭޓްކުރައްވާފައެވެ.

- އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ އެއްވެސް ލިޔުމެއްގެ އަސްލުގައި ދެފުށް ޗާޕްކޮށްފައިވާނަމަ، އަސްލާއެއްގޮތަށް ދެފުށުގެ ކޮޕީވެސް ހުށަހަޅުއްވަންވާނެއެވެ.

- ކޯހަށް ހޮވޭ ފަރާތްތަކާއި މި މިނިސްޓްރީއާއިމެދު ވެވޭ އިޤްރާރާއި އެއްގޮތަށް ދިވެހިރާއްޖެއަށް ޚިދުމަތް ކުރަންވާނެއެވެ.

- ކޯހަކަށް އެދި ހުށަހެޅުއްވުމަށްފަހު، މަދުވެގެން 6 (ހައެއް) މަސްދުވަސް ވަންދެން މި މިނިސްޓްރީން ގުޅަން ބޭނުންވެއްޖެ ހިނދެއްގައި ގުޅޭނެގޮތް ހަމަޖައްސަވާފައި އޮންނަންވާނެއެވެ.

- ކޯހަށް ނޮމިނޭޓްވެއްޖެކަން މިމިނިސްޓްރީން އަންގާފަހުން ކޯސް ދޫކޮށްލައިފިނަމަ، "މަތީ ތަޢުލީމާއި ތަމްރީނު ހާސިލުކުރުމަށް ލިބޭ ފުރުޞަތުގެ ބޭނުން ނުހިފައި ދޫކޮށްލާ ފަރާތްތަކާ މެދުގައްޔާއި ޚިދުމަތް ނުކުރާ ފަރާތްތަކާމެދު ޢަމަލުކުރާނެ ގޮތުގެ އުޞޫލު" ގައިވާ ގޮތުގެ މަތިން ފިޔަވަޅު އެޅޭނެއެވެ.

- "މައިއެޑިޔު" ޕޯޓަލް މެދުވެރިކޮށް އޮންލައިން އެޕްލިކޭޝަން ހުށަހަޅުއްވާ ކެންޑިޑޭޓުންގެ ތެރެއިން ނޮމިނޭޓްވާ ކެންޑިޑޭޓުން އޮންލައިން އެޕްލިކޭޝަންއާއިއެކު ހުށަހެޅުއްވި ލިޔުންތަކުގެ އަސްލު ނުވަތަ އެޓެސްޓެޑް އަސްލު ހުށަހަޅުއްވަން މި މިނިސްޓްރީން ފަހުން ދެންނެވުމުން އަވަހަށް ފޮނުއްވެވޭގޮތަށް ތައްޔާރު ކުރައްވާފައި ބެހެއްޓެވުން އެދެމެވެ.

- އެޕްލިކޭޝަންތަކުގެ ނަތީޖާ ލިސްޓު، މި މިނިސްޓްރީގެ ވެބްސައިޓަށް އަޕްލޯޑް ކުރެވޭނެއެވެ.

- ސްކޮލަރޝިޕްތަކަށް އެދިވަޑައިގަންނަވާ ކެންޑިޑޭޓުންނަށް މުހިއްމު މަޢުލޫމާތު ކަމުގައިވާ ކޯސްތަކަށް ކެންޑިޑޭޓުން ހޮވުމަށް ޕޮއިންޓްދޭ ގްރޭޑިން ކްރައިޓީރިއާއި، ނޭޝަނަލް ޓްރެއިނިންގް ނީޑްސް ލިސްޓާއި، ސްޓައިޕެންޑް ޝީޓާއި، އަދިވެސް އެފަދަ ލިޔުންތައް މި މިނިސްޓްރީގެ ވެބްސައިޓުގެ ރިސޯސަސް ޓެބުން ލިބެން ހުންނާނެއެވެ.

 

އިތުރު      މަޢުލޫމާތު:

ސުންގަޑި: 14 އޮގަސްޓް 2022 ވާ އާދިއްތަ ދުވަހުގެ 13:30 ގެ ކުރިން

އެޕްލިކޭޝަން ހުށަހަޅުއްވާނީ https://myedu.egov.mv ޕޯޓަލް މެދުވެރިކޮށެވެ.

އިތުރު މަޢުލޫމާތު މި މިނިސްޓްރީގެ ވެބްސައިޓް www.mohe.gov.mv އިންނާއި 3026950 / 3026966 ނަންބަރު ފޯނުން ލިބިވަޑައިގަންނަވާނެއެވެ.  އަދި އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް އީމެއިލް ކުރައްވާނީ [email protected] އަށެވެ.

02 އޮގަސްޓް 2022
ހޯދާ