މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ.
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މުވައްޒަފުން ބޭނުންވެއްޖެ:

މިކުންފުނީގެ ތިރީގައި މިދަންނަވާ މަޤާމުތަކަށް ހީވާގި، މަސައްކަތަށް ޝައުޤުވެރިކަން ހުންނަ ދިވެހި މުވައްޒަފުން ބޭނުންވެއެވެ.

މަޤާމު:                    އެސިސްޓެންޓް މެޓީރިއަލް މެނޭޖްމަންޓް އޮފިސަރ

ބޭނުންވާ އަދަދު:                01

ވަޒީފާގެ ބާވަތް:              ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓްގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރުގެ ނަތީޖާއަށް ބެލުމަށްފަހު)

ސެކްޝަން:                ޕްރޮކިއުމަންޓް ޑިޕާޓްމަންޓް

އަސާސީ މުސާރަ  :          4400.00ރ. – 5050.00ރ.

ސަރވިސް އެލަވަންސް:         1000.00ރ.

އެހެނިހެން އެލަވަންސް/އިނާޔަތް :    އިތުރުގަޑީގެ ފައިސާ / ރިޓަޔަރމަންޓް ޕެންޝަން ސްކީމް/ މެޑިކަލް އިންޝުއަރެންސް

މަސައްކަތް ކުރަންޖެހޭ ތަން:       ޕްރޮކިއުމަންޓް ޑިޕާޓްމަންޓް/ހ.ސޯމިލް

ޝަރުޠު:                  ޖީ.ސީ.އީ އޭ ލެވެލް ނުވަތަ އޯ ލެވެލް

                      މި މަސައްކަތްކުރުމުގެ ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަންދެވޭނެ.

                      އިނގިރޭސި އަދި ދިވެހިބަހުން ފުރިހަމައަށް މުޢާމަލާތުކުރުމުގެ ހުނަރު ލިބިފައިވުން.

                      މައިކްރޮސޮފްޓް އެކްސެލް އަދި އޮފިސް ޕެކޭޖްތަކަށް ފަރިތަވުން.

                      އޮފީސް މަސައްކަތް ކުރުމުގެ ހުނަރު އަދި ގިނަ ކަންތައްތައް އެއްފަހަރާ ކުރިއަށް ގެންދިޔުމުގެ ޤާބިލުކަން އަދި ޓީމެއްގައި މަސައްކަތް ކުރުމުގެ ހުނަރު ލިބިފައިވުން.

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް : ކުންފުނީގައި ކަނޑައެޅިފައިވާ އުސޫލާ އެއްގޮތަށް ސަޕްލައިއަށް ބޭނުންވާ ތަކެތި ހޯދުމުގައި ކުރަންޖެހޭ އެންމެހައި ކަންތައް ކުރުމާއި، މިކަމާބެހޭ އިދާރީ ލިޔެކިޔުންތައް ފުރިހަމައަށް ބެލެހެއްޓުން

 

މަޤާމު:                   އޮޕަރޭޓަރ

ބޭނުންވާ އަދަދު:              03    

ވަޒީފާގެ ބާވަތް:              ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓުގެ މުއްދަތު އިތުރުކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރުގެ ނަތީޖާއަށް ބެލުމަށްފަހު)    

ޑިޕާޓްމަންޓް:               ޓްރާންސްޕޯޓް ފޯރ މޯލްޑިވްސް

އަސާސީ މުސާރަ ރޭންޖް:         4400.00ރ. 

ސަރވިސް އެލަވަންސް:          1000.00ރ.

އެހެނިހެން އެލަވަންސް:          އިތުރުގަޑީގެ ފައިސާ، ޓްރިޕް އެލަވަންސް، ރިޓަޔަރމަންޓް ޕެންޝަންސްކީމް، މެޑިކަލް އިންޝުއަރެންސް

މަސައްކަތް ކުރަންޖެހޭތަން:        ކުންފުނިން ކަނޑައަޅާ އުޅަނދެއްގައި

ޝަރުޠު:                  ފެރީ/ދޯނި ފަހަރު ދުއްވުމުގެ ލައިސަންސް ލިބިފައިވުން. (ލައިސަންސް C, E, F ކެޓަގަރީ)

                      ކަނޑުމަތީ މަސައްކަތުގައި ގިނަވަގުތު އުޅެވޭ ފަތަން ދަންނަ މީހަކު ކަމުގައިވުން.

                      އޮޕަރޭޓަރ މަސައްކަތުގައި ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ.

                      ކަސްޓަމަރުންނަށް އިޙުތިރާމާއެކު މުޢާމަލާތު ކުރުމުގެ ހުނަރު ލިބިފައިވުން.

                      މަސައްކަތަށް ޝައުޤުވެރިކަން ހުރުމާއެކު ހީވާގި ކަމާއެކު މަސައްކަތްކުރާ ޞިއްޙަތު ރަނގަޅު މީހަކު ކަމުގައިވުން.    

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް :  ކުންފުނީގެ ކަނޑައަޅާ އުޅަނދެއްގެ އިސް މީހެއްގެ ގޮތުގެ ޒިންމާ ނަގައި، ކުންފުނިން އަންގާ ޝެޑިއުލާ އެއްގޮތަށް ފަޅުވެރިންނާއި، ޕެސެންޖަރުންނާއި މުދަލާއި އުޅަނދުގެ ސަލާމަތްތެރިކަމާއެކު ދަތުރުކުރުން.

 

މަޤާމު:                  ސެކިއުރިޓީ އޮފިސަރ

ބޭނުންވާ އަދަދު:             06

ވަޒީފާގެ ބާވަތް:             ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓުގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރުގެ ނަތީޖާއަށް ބެލުމަށްފަހު)  

ޑިޕާޓްމަންޓް:              ޓްރާންސްޕޯޓް ފޯރ މޯލްޑިވްސް

މުސާރަ:                 3850.00ރ.

ސަރވިސް އެލަވަންސް:         1000.00ރ.

އެހެނިހެން އެލަވަންސް/އިނާޔަތް:    އިތުރުގަޑީގެ ފައިސާ، ރިޓަޔަރމަންޓް ޕެންޝަން ސްކީމް، މެޑިކަލް އިންޝުއަރެންސް

މަސައްކަތް ކުރަންޖެހޭ ތަން:      ހުޅުމާލެ/މާލެ ނުވަތަ ވިލިނގިލި/މާލެ ފެރީ ޓަރމިނަލް- ޓްރާންސްޕޯޓް ފޯރ މޯލްޑިވްސް

ޝަރުޠު:                 ގްރޭޑް 10 ގެ ފެންވަރު

                      މި މަޤާމުގެ މަސްއޫލިއްޔަތު އުފުލުމަށް ބޭނުންވާ ފަދަ ދާއިރާއަކުން ތަޖުރިބާ އަދި ޤާބިލުކަންހުރި ފަރާތްތަކަށް އިސްކަންދެވޭނެ.      

                      ކަސްޓަމަރުންނަށް އިޙުތިރާމާއެކު މުޢާމަލާތު ކުރުމުގެ ހުނަރު ލިބިފައިވުން.

                     މަސައްކަތަށް ޝައުޤުވެރިކަން ހުރުމާއެކު ހީވާގިކަމާއެކު މަސައްކަތްކުރާ ޞިއްޙަތު ރަނގަޅު މީހަކު ކަމުގައިވުން.

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް : ކުންފުނީގެ ފެރީ ޓާރމިނަލްތަކުގެ ސެކިއުރިޓީ ބެލެހެއްޓުމާއި އަދި މިފަދަ ތަންތަނުގެ ޚިދުމަތް ހޯދާ ފަރާތްތަކަށް އެންމެ އެދެވޭ ގޮތަކަށް އެހީތެރިވުން.  

 

މަޤާމު:                   ކްރޫ

ވަޒީފާގެ ބާވަތް:              ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓުގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރުގެ ނަތީޖާއަށް ބެލުމަށްފަހު)  

ބޭނުންވާ އަދަދު:             03

ޑިޕާޓްމަންޓް:               ޓްރާންސްޕޯޓް ފޯރ މޯލްޑިވްސް

އަސާސީ މުސާރަ:            3850.00ރ.

ސަރވިސް އެލަވަންސް:         1000.00ރ.

އެހެނިހެން އެލަވަންސް/އިނާޔަތް :    އިތުރުގަޑީގެ ފައިސާ، ޓްރިޕް އެލަވަންސް، ރިޓަޔަމަންޓް ޕެންޝަން ސްކީމް، މެޑިކަލް އިންޝުއަރެންސް

މަސައްކަތް ކުރަންޖެހޭ ތަން:       ޓްރާންސްޕޯޓް ފޯރ މޯލްޑިވްސް (ފެރީ/ލޯންޗްތަކުގައި)

ޝަރުޠު:                  އަސާސީ ތަޢުލީމުގެ ފެންވަރު

                      ފަތަން ދަންނަ ކަނޑުމަތީގައި ގިނަވަގުތު މަސައްކަތުގައި އުޅެވޭ މީހަކު ކަމުގައިވުން.

                      ކަސްޓަމަރުންނަށް އިޙުތިރާމާއެކު މުޢާމަލާތު ކުރުމުގެ ހުނަރު ލިބިފައިވުން.

                      މަސައްކަތަށް ޝައުޤުވެރިކަން ހުރުމާއެކު، ހީވާގިކަމާއެކު މަސައްކަތްކުރާ ޞިއްޙަތު ރަނގަޅު މީހަކު ކަމުގައިވުން.   

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް:   ކަނޑުގައި ދުއްވާ އުޅަނދުފަހަރަށް ހެދިފައިވާ ގަވާއިދާއި އުސޫލުތަކުގެ މަތިން ކުންފުނީގެ އުޅަނދުފަހަރު ދުއްވުމުގައި އެއުޅަނދެއްގެ އޮޕަރޭޓަރާއި ޕެސެންޖަރުންނަށް އެހީތެރިވުމާއި އެއްބާރުލުން ދިނުން އަދި އުޅަނދު ސާފުތާހިރުކޮށް ބެލެހެއްޓުން.

ވީމާ، މިމަޤާމުތަކަށް އެދިވަޑައިގަންނަވާ ފަރާތްތަކުން 14 އޮކްޓޫބަރު 2014 ވަނަ ދުވަހުގެ 15:00 ގެ ކުރިން އެމް.ޓީ.ސީ.ސީ ހެޑް އޮފީހަށް "ޖޮބް އެޕްލިކޭޝަން ފޯމު" ފުރިހަމަކުރެއްވުމަށްފަހު، ފޯމާއެކު ލިބިވަޑައިގެންފައިވާ ސެޓުފިކެޓުތަކުގެ އަސްލާ އެއްގޮތް ކޮޕީ، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ އަދި ޕާސްޕޯޓް ސައިޒުގެ ފޮޓޯއެއް ހުށަހެޅުއްވުން އެދެމެވެ. މިތަކެތި ފެކްސް އަދި އީމެއިލުންވެސް ޤަބޫލު ކުރެވޭނެއެވެ. މި ފޯމު ކުންފުނީގެ ހިއުމަން ރިސޯސަސް ޑިޕާޓްމަންޓުން ލިބެން ހުންނާނެއެވެ. އަދި ކުންފުނީގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވޭނެއެވެ.

ފެކްސް ނަންބަރު: 3221 332

އީމެއިލް:    [email protected]

ނޯޓް:

  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިނުވާ ސެޓުފިކެޓު ހުށަހަޅާފައިވާނަމަ، އިންޓަވިއުއަށް ހާޒިރުވާންވާނީ ސެޓުފިކެޓުތަކުގެ އަސްލާ އެކުގައެވެ.)
  • މި މަޤާމަށް މުވައްޒަފުން ހޮވާނީ ތަޢުލީމީ ސެޓުފިކެޓުތަކާއި މަސައްކަތުގެ ތަޖުރިބާ އަދި އިންޓަވިއުއަށް ބަލައި އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކަށެވެ.
  • އިންޓަވިއު އަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓު ކުރެވޭ ފަރާތްތަކަށެވެ.
  • ވަޒީފާ ހަމަޖެއްސުމުގައި ކުށުގެ ރިކޯޑަށް ބަލާނެއެވެ.

08 ޛުލްޙިއްޖާ 1435

02 އޮކްޓޫބަރު 2014
ހޯދާ