މާވަށު ސްކޫލް
ދިވެހިރާއްޖެ
މި ސްކޫލަށް އަލްޓްރާ ޝޯރޓް ތްރޯ ޕްރޮޖެކްޓަރަކާއި ހައި ސްޕީޑް އެޗް.ޑީ.އެމް.އައި ކޭބަލްއެއް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް

މި އިޢުލާނާއެކު ދީފައިވާ މަޢުލޫމާތު ކަރުދާހާ އެއްގޮތަށް މި ސްކޫލަށް އަލްޓްރާ ޝޯރޓް ތްރޯ ޕްރޮޖެކްޓަރަކާއި ހައި ސްޕީޑް އެޗް.ޑީ.އެމް.އައި ކޭބަލްއެއް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މިމަސައްކަތަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކަށް މިމަސައްކަތަށް ބީލަން ހުށައެޅުމަށް ހުޅުވާލަމެވެ.

މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ، ޤާނޫނު ނަންބަރ 8/20141 (ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު) ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި، ޤާނޫނު ނަންބަރު19/2014  (އަމިއްލަ ފަރުންދުންގެ ވިޔަފާރީގެ ޤާނޫނު) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.

މިބީލަމުގައި ބައިވެރިވާންއެދޭ ފަރާތްތަކުން 03 އޮގަސްޓް 2022 އިން  11 އޮގަސްޓް 2022 ވާ ބުރާސްފަތި ދުވަހުގެ 12:00 އާއި ހަމައަށް ބަންދުނޫން ކޮންމެ ދުވަހަކު 8:00 އިން 12:00 އަށް މިސްކޫލަށް ވަޑައިގެން ނަންނޯޓް ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ނަންނޯޓް ކުރާ ފަރާތްތަކަށެވެ. 

މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 11 އޮގަސްޓް 2022 ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މިސުކޫލުގެ ނަންބަރ (9994967/ 9999436) އަށް ގުޅައި ސާފުކުރަންވާނެއެވެ. ބިޑް ހުޅުވުން އޮންނާނީ 14 އޮގަސްޓް 2022 ވާ އާދީއްތަ ދުވަހުގެ 10:00 ގައި މާވަށު ސުކޫލުގައެވެ.

މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތާއި މަޢުލޫމާތު ޝީޓް މި އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.

02 އޮގަސްޓް 2022
ހޯދާ