މިލަދުންމަޑުލު އުތުރުބުރީ ކަނޑިތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފެނުގެ ޙިދުމަތް ޤާއިމްކުރުމުގެ މަޝްރޫޢުގެ ދަށުން ގޭގެއަށް ކަނެކްޝަން ގުޅައިދިނުމުގެ އެޕްލިކޭޝަން ފޯމް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން

އިޢުލާން

 

 ފެނުގެ ޙިދުމަތް ޤާއިމްކުރުމުގެ މަޝްރޫޢުގެ ދަށުން ގޭގެއަށް ކަނެކްޝަން ގުޅައިދިނުމުގެ އެޕްލިކޭޝަން ފޯމް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން

 

ށ.ކަނޑިތީމުގައި ފެނުގެ ޙިދުމަތް ޤާއިމްކުރުމުގެ މަޝްރޫޢުގެ ދަށުން އިތުރު 20 ކަނެކްޝަން އެޅުމުގެ ފުރުޞަތެއް ލިބިފައިވާތީ، ފުރަތަމަ ފޯމު ފުރިހަމަކޮށް ހުށައަޅާ ފަރާތްތަކަށް އިސްކަންދޭ އުޞޫލުން ތިރީގައިވާ ޤަވާއިދާއި އެއްގޮތައް ފެނުގެ ޙިދުމަތައް އެދޭ އެޕްލިކޭޝަން ފޯމު ހުށަހެޅުމުގެ ފުރުޞަތު 03 އޮގަސްޓް 2022 ން 08 އޮގަސްޓް 2022 ވާ ހޯމަ ދުވަހުގެ ނިޔަލަށް ހުޅުވާލަމެވެ. މި މުއްދަތުގައި ކައުންސިލަށް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 20 ފޯމު ނަމަވެސް ފެނުގެ ވިޔުގަ ނިމި ފެނަކައިން ހަވާލުވުމުން، ފެނަކައިން އަންގާ އުޞޫލަކާއި އެއްގޮތަށް މި ޙިދުމަތަށް އެދިލެއްވޭނެއެވެ.

ފެނުގެ ޙިދުމަތައް އެދޭ ފޯމު މި އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ފޯމް ދޫކުރުމާއި ބަލައިގަތުމަށް ހަމަޖެހިފައިވާ ގަޑިއަކީ ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ 9:00 ން 13:00 އަށެވެ.

މި މަޝްރޫޢުގެ ދަށުން ފެނުގެ ކަނެކްޝަން ގޭގެއަށާއި އެހެނިހެން ތަންތަނަށް ގުޅައިދިނުމަށް ހަމަޖެހިފައިވަނީ އެކަމަށްއެދި ހުށަހަޅާ އެޕްލިކޭޝަން ފޯމް މެދުވެރިކޮށެވެ. އަދި ޙިދުމަތަށް އެދޭ ފޯމް ދޫކުރުމާއި ބަލައިގަތުމުގައި ޢަމަލު ކުރުމަށް ހަމަޖެހިފައިވަނީ ޤަވާއިދު ނަންބަރު 2020/R-10" މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ މަޝްރޫތަކުގެ ތެރެއިން ފެނުގެ ހިދުމަތް ދިނުމުގެ މަޝްރޫތަކުގެ ދަށުން ނުވަތަ ނަރުދަމާގެ ޙިދުމަތް ދިނުމުގެ މަޝްރޫޢުތަކުގެ ދަށުން ފެނުގެ ޙިދުމަތް ނުވަތަ ނަރުދަމާގެ ޙިދުމަތްތައް ގުޅައިދިނުމުގައި އަމަލުކުރާނެ ގޮތުގެ ޤާވާއިދު" ގައިވާ ގޮތުގެ މަތިންނެވެ.

1- ޤަވާއިދު ނަންބަރު 2020/R-10 ގެ ދަށުން ރައްރަށުގައި ހިންގާ ފެނުގެ ޙިދުމަތް ދިނުމުގެ މަޝްރޫޢު ތަކުގެ ދަށުން ފީއަކާއި ނުލައި ފެން މީޓަރު ގުޅައިދެވޭނީ ތިރީގައިވާ ގިންތިތަކުގައި ހިމެނޭ ތަންތަނަށެވެ.

  • ރަޖިސްޓަރީ ކޮށްފައިވާ މީހުން ދިރިއުޅޭ ކޮންމެ ގެއަކަށް ނުވަތަ ވަކިން ރަޖިސްޓަރީ ކޮށްފައިވާ ކޮންމެ އެޕާޓްމަންޓަކަށް 1 (އެކެއް) ކަނެކްސަން.
  • ރަޖިސްޓަރީ ކޮއްފައިވާ،އާންމު ހިދުމަތްދޭ ހޮޓާ،ކެފޭ،ރެސްޓޯރެންޓް ފަދަ ކޮންމެ ތަނަކަށް 1 (އެކެއް) ކަނެކްޝަން.
  • ރަޖިސްޓަރީ ކޮއްފައިވާ ވިޔަފާރިތަކަށާއި ސިނާޢީ މަސައްކަތްކުރާ ކޮންމެ ތަނަކަށް 1 (އެކެއް) ކަނެކްޝަން.
  • ސަރުކާރުގެ އޮފީސްތަކާއި ސްކޫލްތަކާއި، މިސްކިތްތަކާއި ޞިއްޙީ ޙިދުމަތްދޭ ތަންތަނާއި،އިޖްތިމާއީ ބޭނުންތަކަށް ބޭނުންކުރާ ކޮންމެ ތަނަކަށް 1 (އެކެއް) ކަނެކްޝަން.
  • ރަށުގެ ބަނދަރު ސަރަޙައްދަށް 1 (އެކެއް) ކަނެކްޝަން.
  • ޢާންމު ފާޙާނާތައް ސާރވޭ ކުރުމަށްފަހު މިނިސްޓްރީން ޢައްޔަންކުރާ އިންޖީނިޔަރު ކަނޑައަޅާ އަދަދަށް.
  • މީހުން ދިރިއުޅުނަސް ނުވަތަ ނޫޅުނަސް ގޯތީގައި ޢިމާރާތްކޮށް، ހިޔާކޮށްފައިވާ ކޮންމެ ޢިމާރާތަކަށް 1 (އެކެއް) ކަނެކްޝަން.
  • ސަރުކާރުން ނުވަތަ އަމިއްލަ ފަރާތްތަކުން ކުރިޔަށްގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ހިންގާ ތަންތަން ސާރވޭ ކުރުމަށްފަހު މިނިސްޓްރީން ޢައްޔަނުކުރާ އިންޖިނިޔަރު ކަނޑައަޅާ އަދަދަށް.

ހިދުމަތައް އެދި ފޯމު ހުށަހަޅާއިރު ފޯމާއިއެކު ތިރިގައިވާ ލިޔުންތަށް ހުށަހަޅަންވާނެއެވެ.އެއްވެސް ލިޔުމެއް ހުށަނާޅާނަމަ     ފޯމު ބަލައިނުގަނެވޭނެއެވެ.

  • އިމާރާތުގެ ވެރިފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  • އިމާރާތުގެ ފެރިފަރާތް ނިޔާވެފައިވާނަމަ، ޝަރުޢީގޮތުން ކަނޑައަޅާފައިވާ ވާރުތަވެރިޔާ ނުވަތަ ވާރުތަވެރިންގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  • އިމާރާތުގެ ރަޖިސްޓަރީ ކޮޕީ.
  • އެއްވެސް ސަބަބަކާއި ހުރެ، ގެ ނުވަތަ ގޯތި ބެހުމުގެ މައްސަލަ ޝަރުޢީ ކޯޓަކަށް ހުށަހަޅާފައިވާނަމަ، އެކަން ސާބިތުކޮއްދޭ ޝަރުޢި ކޯޓެއްގެ ލިޔުން.
  • ވިޔަފާރިއެއް ނުވަތަ ސިނާޢީ މަސެއްކަތެއްކުރާތަނެއްގެ ދަށުން ހުށަހަޅާނަމަ، ވިޔަފާރި ރަޖިސްޓަރީގެ ކޮޕީ.
  • ރަޖިސްޓަރީ ކޮށްފައިވާ، މީހުން ދިރިއުޅޭ ކޮންމެ ގެއަކުން ނުވަތަ ވަކިން ރަޖިސްޓަރީ ކޮށްފައިވާ ކޮންމެ އެފާޓްމަންޓަކުން ހުށަހަޅާނަމަ އެޕާޓްމަންޓް ނުވަތަ އެބައިގެ ރަޖިސްޓަރީގެ ކޮޕީ.

 

ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

04 މުހައްރަމް 1444

02 އޮގަސްޓް 2022

02 އޮގަސްޓް 2022
ހޯދާ