މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް
ދިވެހިރާއްޖެ
23 މޮނީޓަރ (ކޮމްޕިއުޓަރ) ނީލަންކިއުމާއި ބެހޭ

އިޢުލާން

23 މޮނީޓަރ (ކޮމްޕިއުޓަރ) ނީލަންކިއުމާއި ބެހޭ

 90 ސެޕްޓެންބަރ 2020ގައި ގެޒެޓް ކުރައްވާފައިވާ ދައުލަތުގެ މުދަލެއް އެއް އޮފީހުން އަނެއް އޮފީހަށް ބަދަލު ކުރުމާއި، ބައުވެ ހަލާކުވެގެން ނުވަތަ ބޭނުން ކުރެވެން ނެތް ދައުލަތުގެ މުދާ، ނީލަން ކިއުމާއި ނައްތާލުމުގައި އަމަލު ކުރާނެ އުޞޫލުގެ ދަށުން މާލިއްޔަތާއި ބެހޭ ސާރކިއުލަރ 2018 ގެ ނަންބަރު 13-D1/CIR/2018/15 ގައިވާ ގޮތުގެ މަތިން ދައުލަތުގެ މުދަލެއް ނީލަން ކިއުމުގެ ކުރިން ދައުލަތުގެ އެހެން އޮފީހަކަށް އެ މުދާ ބޭނުން ކުރެވޭތޯ ބެލުމަށް (ނީލަން ޕޯޓަލް) މެދުވެރިކޮށް ޝާއިޢު ކުރުމުން އެއްވެސް އޮފީހަކުން އިޖާބަ ދެއްވާފައިނުވާތީ އާއި، މިތަކެތި ނީލަންކިޔުމަށް (IUL) 141-P/141/2022/214 (06 ޖުލައި 2022) ގައި ކުރި އިއުލާން އާއި ގުޅިގެން އެއްވެސް ފަރާތަކުން ޙާޟިރު ވެފައި ނުވާތީވެ ، ދެވަނަ ފަހަރަށް އިޢުލާން ކުރަމެވެ.

 

ނީލަން ނަންބަރ

ބާވަތް

މުދަލުގެ ފެންވަރު

ތަކެތި ހުރިތަން

ފެށޭއަގު

MYSCE/2022/03

23.މޮނީޓަރ (ކޮމްޕިއުޓަރ)

ބާވެ، ހަލާކުވެފައި

ގަލޮޅު ދަނޑު އެކަމޮޑޭޝަން ބްލޮކް 

9200.00

ވީމާ މި ނީލަމުގައި ބައިވެރިވެ ވަޑައިގެންނެވޭނީ މިމިނިސްޓްރީގައި އޮންނަ މަޢުލޫމާތު ސެޝަނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެވުމަށްފަހު ނަން ނޯޓު ކޮށްފައިވާ ފަރާތްތަކަށެވެ.  އެ ނޫން ފަރާތްތަކަށް ނީލަމުގައި ބައިވެރިވެ ވަޑައެއް ނުގެންނެވޭނެއެވެ. މި ނީލަމުގައި ފަހަރަކު އިތުރު ކުރެވޭނީ -/500 ރުފިޔާ (ފައްސަތޭކަ ރުފިޔާ) އެވެ.

#

މަޢުލޫމާތު ސާފުކުރުން

10  އޮގަސްޓް 2022

10:00

އެކަމޮޑޭޝަން ބްލޮކް  ގްރައުންޑް

#

ނީލަން ކިޔުން

10  އޮގަސްޓް 2022

11.00

އެކަމޮޑޭޝަން ބްލޮކް  ގްރައުންޑް

ނީލަން ކާމިޔާބު ކުރާ ފަރާތުން ނީލަން  ކާމިޔާބު ކުރުމަށް ފަހު 3 ދުވަސް ތެރޭގައި ނީލަން ކިޔުނު ތަކެތީގެ ފައިސާ މިނިސްޓްރީ އޮފް ފައިނޭންސްގެ ބަނޑޭރި ޕޯރޓަލްއަށް ދައްކަވަން ވާނެއެވެ. ބަޑޭރި ޕޯޓަލްގެ ލިންކް https://bandeyripay.finance.gov.mv އެވެ.

02 އޮގަސްޓް 2022
ހޯދާ