ށ. މިލަންދޫ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
މަގުމަތިން ހޮވައިގެން ގެނެވިފައިވާ ފައިސާއަކާއި ބެހޭ

30 ޖުލައި 2022 ވީ ހޮނިހިރު ދުވަހު ހޮވައި 01 އޮގަސްޓް 2022 ވީ ހޯމަ ދުވަހު މިކޯޓަށް ގެނެސްފައިވާ ވެރިފަރާތް ނޭނގޭ ފައިސާއެއް މިކޯޓުގައި ރައްކާކުރެވިފައި ވެއެވެ.

މިފައިސާ ހޮވާފައިވަނީ ށ.މިލަންދޫ އަވާނީގެ ކައިރިންނެވެ. ޢާއްމު ފަރާތަކުން ހޮވައިގެން ގެނެސްފައިވާ މިފައިސާގެ ވެރިފަރާތެއްވާނަމަ ގެއްލިފައިވާ ފައިސާތަކުގެ ސިފަތައް (ނޫޓުގެ ޢަދަދާއި، ފައިސާގެ ޖުމްލަ،) އެނގޭގޮތަށް މިކޯޓަށް ލިޔުމަކުން ހުށަހަޅައި ފައިސާގެ ވެރިފަރާތް ސާބިތުކުރުމަށްފަހު ފައިސާ ލިބިގަތުމަށް ދަންނަވަމެވެ.

      އަދި، މިފައިސާ ހޯދުމަށް އެއްވެސް ފަރާތަކުން ހުށަނާޅައިފިނަމަ މިފައިސާއާމެދު ޤަވާއިދުގައިވާ ގޮތުގެ މަތީން ޢަމަލްކުރެވޭނެ ވާހަކަވެސް މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

01 އޮގަސްޓް 2022
ހޯދާ