ދިވެހިރާއްޖެ
މިކުންފުނީގެ ނަންބަރު ADM/2014/281-ފ60 އިން ކުރެވުނު އިޢުލާނުގައި އެސްޓީއޯ ހުޅުމާލެ ފިހާރައަށް އެކަށީގެންވާ ކެންޑިޑޭޓުން ލިބިފައިނުވާތީ ތިރީގައި ދެންނެވިފައިވާ މަަޤާމަށް އެޕްލިކޭޝަން ފޯމު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
މަޤާމު: ބްރޭންޑް ޕްރޮމޯޓަރ
އަދަދު: 01
މުސާރަ: 4350.00ރ
މަސައްކަތް ކުރަންޖެހޭ ތަން: އެސްޓީއޯ ހުޅުމާލެ ފިހާރަ
އެހެނިހެން އިނާޔަތްތައް:
* އިތުރު އެލަވަންސް: 1350.00ރ އާއި 2400.00ރ އާ ދެމެދުގެ އަދަދެއް ލިބޭނެއެވެ.
* އިތުރުގަޑީގައި އަދި ރަސްމީ ބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ ވަޒީފާއާބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
* ހަމަޖެހިފައިވާ އުސޫލުން އެޓެންޑެންސް އެލަވަންސް ލިބޭނެއެވެ.
* ޕެންޝަން
* ޕްރޮބޭޝަން ހަމަވުމުން ސްޓާފް އިންޝުއަރެންސް ސްކީމްގައި ބައިވެރި ކުރެވޭނެއެވެ.
މަޤާމުގެ މަސްއޫލިއްޔަތު:
* އެޑްމިނިސްޓްރޭޓިވް މަސައްކަތާއި ކޭޝް ކައުންޓަރުގެ މަސައްކަތް ބެލެހެއްޓުން
* ސްޓޮކް ބެލެހެއްޓުން
* ބްރޭންޑް ޕްރޮމޯޓު ކުރުމަށް އެކިއެކި ހަރަކާތްތައް ހިންގުމުގައި އެހީތެރިވުން އަދި ކަސްޓަމަރުންނަށް މުދާތަކާބެހޭ މަޢުލޫމާތު ދިނުމާއި ޑޯ ޓު ޑޯ ކަސްޓަމަރ ވިސިޓްގައި ބައިވެރިވުން
ތަޢުލީމާއި ތަޖުރިބާ:
* ޖީ.ސީ.އީ. އޯލެވެލް ފެންވަރު ހުރުން
* ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ މީހެއް ކަމުގައިވުން
* މަޤާމާ ގުޅޭ ދާއިރާއަކުން މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ
މި މަޤާމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2014 އޮކްޓޫބަރު 16 ވާ ބުރާސްފަތި ދުވަހުގެ 12:30ގެ ކުރިން އެސްޓީއޯގެ ވަޒީފާއަށް އެދޭ ފޯމާއެކު ތިރީގައިވާ އެޑްރެހަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމު އެސްޓީއޯ ވިލިނގިލިއަވަށުގެ ފިހާރައިންނާއި އެސްޓީއޯގެ ހެޑްއޮފީހުގެ ކައުންޓަރުން އަދި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.
http://www.stomaldives.com/downloads/ :އެސްޓީއޯ ވެބްސައިޓް
ނޯޓް:
އިންޓަވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓު ކުރެވޭ ފަރާތްތަކަށެވެ.
މި މަޤާމަށް މުވައްްޒަފުން ހޮވާނީ ތަޢުލީމީ ސެޓުފިކެޓުތަކާއި މަސައްކަތުގެ ތަޖުރިބާ އަދި އިންޓަވިއުއަށް ބަލައިި އެންމެ މަތިން މާކްސް ލިބޭ ފަރާތެކެވެ.
ވަޒީފާ ހަމަޖެއްސުމުގައި ޕޮލިސް ރިޕޯޓު / ކުށުގެ ރިކޯޑަށް ބަލާނެއެވެ.
އެޑްރެސް:
ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ. ހެޑްއޮފީސް
ބޮޑުތަކުރުފާނު މަގު، މާފަންނު، މާލެ – 20345
ފޯން: 3344272 ފެކްސް: 3344041
އެސްޓީއޯ 162 ނަންބަރު ފިހާރަ
ބަގީޗާހިނގުން، ކ. ހުޅުމާލެ
ފޯން: 3012647
ވެބްސައިޓް: www.stomaldives.com