ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު: އިލެކްޓްރިޝަން

 

މަޤާމް:

އިލެކްޓްރިޝަން

ބޭނުންވާ ޢަދަދު:

1 (އެކެއް)

މަޤާމުގެ ގިންތި:

ވަގުތީ (ކޮންޓްރެކްޓް)

ސެކްޝަން:

މުނިސިޕަލް ސާރވިސް ޔުނިޓް

ވަޒީފާ އަދާކުރަންޖެހޭ ތަން:

ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލްގެ އިދާރާ

މަޤާމުގެ ރޭންކް

ޖީ. އެސް 3

މަޤާމްމުގެ ކުލެސިފިކޭޝަން

އޮފިސަރ ގްރޭޑް 1

ވަޒީފާއަށް ނަގާ މުއްދަތު

12 މަސްދުވަހަށް

މުސާރަ:

-/4465ރ (ހަތަރުހާސް ހަތަރު ސަތޭކަ ފަސްދޮޅަސް ފަސްރުފިޔާ)

އެހެނިހެން އެލަވަންސް:

  1. ސަރވިސް އެލަވަންސް: -/1500ރ (ފަނަރަސަތޭކަ ރުފިޔާ )
  2. ސަޕޯޓިންގ ކޯ އެލަވަންސް: -/700ރ (ހަތްސަތޭކަ)
  3. ރަމަޟާން މަހުގެ އިނާޔަތު ފައިސާ
  4. ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ
  5. ސިވިލް ސަރވިސްގެ އެ ރޭންކަކަށް މިނިމަމް ވޭޖް ގޮތުގައި ދިނުމަށް ކަނޑައަޅާފައިވާ އަދަދަށް ވުރެ މަދުން ލިބޭނަމަ،އެ އަދަދު ހަމަކުރުމަށް މިނިމަމް ވޭޖް އެލަވަންސް ހަމަޖައްސައި ދެވޭނެ.

މަސައްކަތު ގަޑި

ދުވާލަކު 8 ގަޑިއިރު (ހުކުރު ދުވަސް ފިޔަވައި)

މަޤާމުގެ ޝަރުޠުތައް

  1. މަޤާމުގެ މަސައްކަތުގެ ދާއިރާއަކުން (އިލެކްޓްރިކް، އިންޖިނިއަރިންގ، އިލެކްޓްރިކަލް އިންސްޓޮލޭޝަން އެންޑް މެއިންޓެނެންސް، އިލެކްޓްރިޝަން) ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައިވުން.
  2. މީލާދީ ގޮތުން 18 އަހަރު ފުރިފައިވުން
  3. މަސައްކަތުގެ މާހައުލުގައި ކުރަންޖެހޭ ތަންތަނަށް އެރުން ފަދަ މަސައްކަތް ކުރުމަށް ފުރިހަމަ ސިއްޙަތެއް ލިބިފައި ހުރުން

 

ތަޢުލީމި ރޮނގުތައް

  • އިލެކްޓްރިކަލް އެންޑް އިލެކްޓްރޯނިކްސް
  • އިލެކްޓްރިކަލް އިންޖިނިއަރިންގ

ވަޒިފާއާ ގުޅޭ ދާއިރާތައް

  •  އިލެކްޓްރިކަލް އެންޑް އިލެކްޓްރޯނިކްސް ، އިންޖިނިއަރިންގ

މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތުތަކާއި ވާޖިބުތައް:

 

 

 

 

  1. ދިއްދޫގެ މަގުތަކާއި ބަނދަރާއި އިޖްތިމާޢީ ސަރަޙައްދު އަދި ކުޅިވަރު ކުޅޭ ތަންތަނުގައި ޖަހާފައިވާ ހޮޅިބުރިތަކުގެ ތެރެއިން ނުދިއްލި ހުރި ހޮޅިބުރިތައް ދުވަހުންދުވަހަށް ބަލާ ޗެކުކުރުން.
  2. ދިއްދޫގެ މަގުތަކާއި ބަނދަރާއި އިޖްތިމާޢީ ސަރަޙައްދު އަދި ކުޅިވަރު ކުޅޭ ތަންތަނުގައި ޖަހާފައިވާ ހޮޅިބުރިތަކުގެ ތެރެއިން ނުދިއްލި ހުރި ހޮޅިބުރިތައް ދިއްލުމަށް ކުރަންޖެހޭ މަސައްކަތްތައް ކޮށް އެ ހޮޅިބުރިތައް ދިއްލުން
  3. ހަލާކުވާ ކޭބަލްތައް ބެލުމަށް ފެނަކަ ކޯޕަރޭޝަންގެ އިރުޝާދާ އެއްގޮތަށް ބައްތި ލައިންތައް މެގަރުކުރުން
  4. ހަލާކުވެފައިވާ ކޭބަލްތައް ހެދުމުގެ މަސައްކަތް ކުރަމުންދާއިރު އެ މަސައްކަތް ބަލާ މޮނިޓަރ ކުރުން
  5. ބޮކި އަނދައިގެން ނުދިއްލޭ ބައްތިތައް ކައުންސިލުން އަންގާ ގޮތެއްގެ މަތިން ބޮކި ބަދަލުކޮށް އެ ބައްތިތައް ދިއްލުން
  6. ކައުންސިލުން ބަލަހައްޓަމުން ގެންދާ އިޖްތިމާޢީ މަރުކަޒާއި، ކުޅިވަރު ކުޅޭ ތަންތަނާއި، ކައުންސިލް އިދާރާގެ އިމާރާތްތަކުގެ ކަރަންޓަށް ދިމާވާ މައްސަލަތައް ބަލާ ޗެކުކޮށް މައްސަލަތައް ހައްލުކުރުން
  7. ކައުންސިލުން ކަރަންޓް ވަޔަރިން އަޅަންޖެހޭ ތަންތަނުގައި ކަރަންޓު ވަޔަރިން އެޅުމާއި އެކަމާ ގުޅުގެން ކުރަން ޖެހޭ އެންމެހާ މަސައްކަތްތައް ކުރުން
  8. މަސައްކަތަށް ބޭނުންވާ ތަކެތި ދައުލަތުގެ ޕްރޮކިއުމަންޓް އުޞޫލާ އެއްގޮތަށް ދުރާލާ ރިކުއެސްޓްކޮށްގެން ހޯދުން
  9. މަސައްކަތުގެ ދާއިރާގައި ގެންގުޅޭ ޓޫލްސް އާއި އެނޫން އެހެނިހެން ތަކެތި ރައްކާތެރިކަމާއެކު ބެލެހެއްޓުން
  1. ޤައުމީ މުނާސަބަތުތަކާއި ދުވަސްތައް ފާހަގަކުރުމަށް ކައުންސިލުން ކުރާ މަސައްކަތުގައި ބައިވެރިވުން
  2. މަސައްކަތު ދާއިރާގެ ތެރެއިން ކައުންސިލުން އަންގާ އެހެނިހެން މަސައްކަތްތައް ކުރުން

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން ނުވަތަ ކައުންސިލްގެ ކައުންޓަރުން ލިބެން ހުންނާނެ)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  3. ތަޢުލީމީ ސެޓްފިކެޓުތަކުގެ ކޮޕީ

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  • ލިބިފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން (ތަޢުލީމީ ފެންވަރަށް 35%)
  • ލިބިފައިވާ ހުނަރަށް ބަލައިގެން(އިންޓަވިޢު އަށް %65)

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 9 އޯގަސްޓް 2022 ވާ އަންގާރަ ދުވަހުގެ 13:00ގެ ކުރިން، ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected]  މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ލިބިފައިވާ ހުނަރަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހުން ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 2022 ވަނަ އަހަރުގެ އޯގަސްޓް 10 އިން 25 އާއި ދެމެދު، ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލްގެ އިދާރާގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން މި މުއްދަތުގައި އިންޓަރވިއުއަށް ހާޟިރުވުމަށް ތައްޔާރުވެގެން ތިއްބެވުންއެދެމެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6500019 ނަންބަރު ފޯނު އަށެވެ. އީ-މެއިލްކުރާނީ [email protected] އަށެވެ.

ވީމާ، މިކަން ޢާންމުކޮން އަންގާ އިޢުލާން ކުރީމެވެ.

01 އޮގަސްޓް 2022
ހޯދާ