މާޅޮސްމަޑުލު ދެކުނުބުރީ ކަމަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބ. ކަމަދޫ ކައުންސިލްގެ 5 ވަނަ ޤުރުއާން މުބާރާތް 1444

"ބ. ކަމަދޫ ކައުންސިލްގެ 5 ވަނަ ޤުރުއާން މުބާރާތް 1444" މިނަމުގައި ޤުރުއާން މުބާރާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިމުބާރާތުގައި ކުދިން ބައިވެރިކުރަން އެދޭ ފަރާތްތަކުން "ޤުރުއާން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް" ފުރިހަމަކޮށް އައި.ޑީ ކާޑް ނުވަތަ އުފަންދުވަހުގެ ސެޓްފިކެޓުގެ ކޮޕީއާއި އެކު ހުށައެޅުއްވުމުން ބައިވެރިވެވޭނެ އިންތިޒާމް ހަމަޖެހިގެން ދާނެއެވެ. މުބާރާތުގައި ބައިވެރިވުމަށް އެދި ފޯމް ހުށައެޅުމުގެ ސުންގަޑިއަކީ، 15 އޮގަސްޓް 2022 ވާ ހޯމަ ދުވަހުގެ މެންދުރު ފަހު 14:00 އެވެ.

   މިކައުންސިލްގެ 5 ވަނަ ޤުރުއާން މުބާރާތާއި ގުޅޭ ފުރިހަމަ މައުލޫމާތު މި އިޢުލާނާ އެކު އާންމު ކުރީމެވެ. ވީމާ،           މިމުބާރާތުގައި ކުދިން ބައިވެރިކުރަން އެދޭ ފަރާތްތަކަށް މިއަދުން ފެށިގެން އެ ފުރުޞަތު ހުޅުވާލެވިފައިވާ ކަމުގައި ދަންނަވަމެވެ.

                   މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިއުލާން ކުރީމެވެ.

01 އޮގަސްޓް 2022
ހޯދާ