ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނީލަން ކިޔުމާއި ގުޅޭ

                     ދިވެހި ސަރުކާރުގެ ބޭނުމަށް ބިން ހުސްކުރުމަށްޓަކައި، ދަނޑުވެރިކަން ކުރުމަށް ބިޒްވިލް މޯލްޑިވްސް ކޯޕަރޭޓިވް ސޮސައިޓީއަށް ކުރިން ދޫކޮށްފައިވާ ބިމުގައި ހުރި ގްރީން ހައުސް ހަޓް ދުވަހު ނީލަމުގައި ވިއްކާލުމަށް ހޯރަފުށީ ރަށުކައުންސިލްގެ 2022/53 (15 ޖޫން 2022( ދެންނެވުމުން ވަނީ ނިންމާފައެވެ.

                    ވީމާ، މިނީލަމުގައި ބައިވެރިވެލެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކަށް ދެވޭ މަޢުލޫމާތު ތިރީގައި އެވަނީއެވެ.

  1. ނީލަން ކިޔުމަށް ހަމަޖެހިފައިވާ ތަން: ބިޒްވިލް މޯލްޑްވްސް އަށް ދަނޑުވެރިކަން ކުރުމަށް ކުރިން ދޫކޮށްފައިވާ ބިމުގައި (ސްޕޯޓްސް އެރީނާ އުތުރު)
  2. ނީލަން ކިޔުމަށް ހަމަޖެހިފައިވާ ދުވަހާއި ގަޑި: 10 އޮގަސްޓް 2022 (ބުދަ) ދުވަހުގެ ހަވީރު 04:00 ގައި
  3. ނީލަން ކިއުމަށް ހަމަޖެހިފައިވާ އުސޫލު: ދުވަހު ނީލަމުގައި
  4. ނީލަމުގައި ހިމެނޭ ހަޓްތަކުގެ ތަފްސީލް:

ނީލަން ނަންބަރު: 01 (ހަޓް 01)

#

ތަފްސީލް

އަދަދު

ނީލަން ފެށޭ އަގު

އިތުރު ކުރެވޭ ރޭޓް

1

ޢިމާރާތުގައި ކޮޅަށްޖަހާފައިހުރި "½1 ދަގަނޑު ހޮޅި

36

1500/-

500/-

2

އިމާރާތުގައި ހުރަހަށްހުރި "½1 ދަގަނޑު ހޮޅި

52

3

އިމާރާތުގައި ހުރަހަށްހުރި "1 ދަގަނޑު ހޮޅި

74

                   

                  މިނީލަމުގައި ބައިވެރިވެ ލެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން ނީލަމުގައި ބައިވެރިވުމަށް ވަޑައިގަންނަވައިރު  ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާރޑްގެ ކޮޕީއެއް ގެންނަންވާނެވެ. ނީލަން ފެށުމަށް ހަމަޖެހިފައިވާ ގަޑީގެ ކުރިން ނީލަމުގައި ބައިވެރިވެ ލެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން ނީލަން އޮންނަ ސަރަޙައްދަށް ގަޑިއަށް ވަޑައިގެން ދެއްވުމަކީ ހޯރަފުށީ ކައުންސިލްގެ ވަރަށްބޮޑު އެދުމެކެވެ.

                  ނީލަމުން ހަޓް ނަންގަވާ ފަރާތްތަކުން ނީލަން އޮންނަ ދުވަހުގެ 19:00ގެ ކުރިން ހޯރަފުށީ ކައުންސިލްގެ އިދާރާއަށް ދުރުވެ ފައިސާ ދެއްކެވުމަށްފަހު 15 ދުވަހުގެ ތެރޭގައި ހަޓްރޫޅާ ތަކެތި ގެންގޮސް ބިންސާފުކުރަންވާނެވެ. ނީލަމުގައި ހިނެމޭ ހަޓްތަކުގެ ގާފޮޅުތަކާއި ކޮންކްރީޓްކޮށްފައިވާ ބުޑުތައް ނަގައި އުކައިލުމަކީ ވެސް ނީލަން ނަންގަވާ ފަރާތުގެ ޒިންމާއެކެވެ.

                  ނީލަމުން ހަޓްތައް ނަންގަވާ ފަރާތްތަކުން ހަޓްތައް ރޫޅަން ފެށުމުގެ ކުރިން 5000/- (ފަސްހާސް) ރުފިޔާ ސެކިއުރިޓީ ޑިޕޮސިޓް ގޮތުގައި ހޯރަފުށީ ކައުންސިލްގެ އިދާރާގައި ބަހައްޓަން ވާނެވެ. މިފައިސާ އަބުރާ ނީލަން ނެންގެވި ފަރާތަށް ދޫކުރާނީ، ނީލަމުން ނެންގެވި ހަޓްރޫޅާ ތަކެތި ގެންގޮސް ބިން ސާފުކުރަން ދީފައިވާ 15 ދުވަހުގެ މުއްދަތުގައި، ހަޓްރޫޅާ ތަކެތި ގެންގޮސް ބިން ސާފުކޮށް ހޯރަފުށީ ކައުންސިލަށް އެންގުމުންނެވެ. ހަޓްރޫޅާ ތަކެތި ގެންގޮސް ބިންސާފުކުރަން ދީފައިވާ 15 ދުވަހު މުއްދަތުގައި ހަޓްރޫޅާ ތަކެތި ގެންގޮސް ބިންސާފުނުކޮށްފިނަމަ، ސެކިއުރިޓީ ޑިޕޮސިޓް ގޮތުގައި ބެހެއްޓި ފައިސާ ދޫކުރާނީ ހޯރަފުށީ ކައުންސިލްގެ ފަރާތުން ބިންސާފު ކުރުމަށްފަހު އެކަމަށް ހިނގާ ޙަރަދު ސެކިއުރިޓީ ޑިޕޮސިޓް ގޮތުގައި ބެހެއްޓި ފައިސާއިން އުނިކުރުމަށް ފަހުއެވެ.

                   މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

01 އޮގަސްޓް 2022
ހޯދާ