ކްރިމިނަލް ކޯޓު
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމު

އެޑްމިނިސްޓްރޭޓިވް އޮފިސަރ

ރޭންކް: ޖީ.އެސް 3

އަދަދު

01 (އެކެއް)

 

މަސައްކަތް ކުރަންޖެހޭ ތަން

ކްރިމިނަލް ކޯޓު

އަސާސީ މުސާރަ

-/4465 ރުފިޔާ (ހަތަރުހާސް ހަތަރުސަތޭކަ ފަސްދޮޅަސް ފަސްރުފިޔާ)

މި މަޤާމަށް ލިބޭ އެލަވަންސް

ސަރވިސް އެލަވަންސް -/1500 (ފަނަރަ ސަތޭކަރުފިޔާ) އަދި ޖުޑީޝަލް އެލަވަންސްގެ ގޮތުގައި މުސާރައިގެ %40 އަދި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

އަސާސީ ޝަރުޠު

1. މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން އިންޓަވިއުގައި ސާބިތު ކޮށްދިނުމާއެކު ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން [ޑީ] ލިބިފައިވުމާއެކު ސެކަންޑަރީ ސްކޫލު ސެޓުފިކެޓު އިމްތިޙާނުގައި [ދިވެހި] މި މާއްދާއިން ދަށްވެގެން [ސީ] ލިބިފައިވުން ނުވަތަ

2. މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކުހެއް ލިބެމުންދިޔުމާއެކު، ޖީ.އެސް 2 ރޭންކުގައި މަދުވެގެން 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު

  1. އިދާރީގޮތުން ބާއްވާ ބައްދަލުވުންތަކުގެ ޔައުމިއްޔާތައް ބައްދަލުވުން ބޭއްވޭ ދުވަހުން ފެށިގެން 03 ދުވަސް ތެރޭގައި ނިންމާ ސޮއި ކުރުވުމަށްފަހު، ފައިލް ކުރުން.
  2. ހިއުމަން ރިސޯސަސް ކޮމިޓީގެ ބައްދަލުވުންތައް އިންތިޒާމުކޮށް، ބައްދަލުވުން ބޭއްވޭތާ 03 ދުވަސް ތެރޭ ޔައުމިއްޔާ ލިޔެ ނިންމާ ސޮއި ކުރުވުމަށްފަހު، ފައިލް ކުރުން.
  3. ބައްދަލުވުންތަކާއި، ޖަލްސާތަކަށް ދަޢުވަތު އެރުވިގެން ވަޑައިގަންނަވާ މެހްމާނުން އިސްތިޤުބާލު ކުރުން.
  4. ލައިބްރަރީގެ އެންމެހާ ކަންތައްތައް ބެލެހެއްޓުން.
  5. އިސްޤާޟީގެ ސެކްރެޓަރީ ނެތް ޙާލަތެއްގައި އިސްޤާޟީގެ ސެކްރެޓަރީ ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.
  6. އިދާރީގޮތުން ބާއްވާ ބައްދަލުވުންތަކާ ގުޅިގެން އެކި އޮފީސްތަކަށް ފޮނުވަންޖެހޭ ސިޓީތައް ފޮނުވުމާއި، ސިޓީތައް ފައިލްކޮށް ބެލެހެއްޓުން.
  7. މުވައްޒަފުންގެ މުސާރައާއި ގުޅުންހުރި އެންމެހާ މަސައްކަތްތައް ކުރުން.
  8. އިދާރީ އެހެނިހެން މަސައްކަތްތައް.

އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި

1. ފުރިހަމަ ކޮށްފައިވާ، ޝަރުޢީދާއިރާގެ ވަޒީފާއަށް ވަނުމަށް އެދޭ ފޯމު

2. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެސް އަދި ވަޒީފާ އަދާކޮށްފައިވާ ތަންތަނާއި އަދާކުރި ވަޒީފާތަކާއި އެ ވަޒީފާތައް އަދާކުރި މުއްދަތު ހިމެނޭ ގޮތަށް)

3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

4. މޯލްޑިވްސް އެކްރެޑިޓޭޝަން ބޯޑުން ފެންވަރު ބަލާފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ

5. ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ (މިބަޔަށް މާކްސް ދިނުމުގައި ގުނޭނީ ސަރުކާރުގެ މުއައްސަސާތަކުގައި ވަޒީފާ އަދާކޮށްފައިވާނަމައެވެ. މި ލިޔުމުގައި އަދާކުރި ނުވަތަ އަދާކުރަމުންދާ ވަޒީފާގައި ވީ ދުވަހާއި މަޤާމުގެ ނަމާއި ރޭންކާއި އަދާކުރާ މަސްއޫލިއްޔަތު ބަޔާންކޮށްފައި އޮންނަންވާނެއެވެ.)

ސުންގަޑި

21 އޮކްޓޫބަރު 2014 ވަނަ ދުވަހުގެ 14:00

އިތުރު މަޢުލޫމާތު

  • މި މަޤާމުގެ އިންޓަވިއުއަށް ދައުވަތުދެވޭނީ ހަމައެކަނި ޝޯޓްލިސްޓު ކުރެވޭ ފަރާތްތަކަށެވެ.
  • ޝޯޓްލިސްޓު ކުރެވޭނީ ތަޢުލީމީ ސެޓުފިކެޓުތަކަށާއި ތަޖުރިބާއަށް ބަލައި އެންމެ މަތިން މާކްސް ލިބޭ 20 ފަރާތެވެ.
  • ވަޒީފާއަށް އެދޭ ފޯމު މިކޯޓުގެ ކައުންޓަރުންނާއި، މިކޯޓުގެ ވެބްސައިޓް: www.criminalcourt.gov.mv އިން ލިބެން ހުންނާނެއެވެ.

މި ކޯޓުގެ ނަންބަރު: (04.09.2014) 145-A/2014/51 އިޢުލާނާ ގުޅިގެން އެކަށީގެންވާ މީހުން ވަޒީފާއަށް ކުރިމަތިލާފައި ނުވާތީ އެ އިޢުލާން ބާޠިލުކޮށްފީމެވެ.

08 އޮކްޓޫބަރު 2014
ހޯދާ