އެޓަރނީ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
ޑެޕިއުޓީ ކައުންސެލް ޖެނެރަލް

މަޤާމު:

ޑެޕިއުޓީ ކައުންސެލް ޖެނެރަލް

މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން:

ޑެޕިއުޓީ ކައުންސެލް ޖެނެރަލް (ސީ.އެސް 17)

ބޭނުންވާ އަދަދު:

01

މުސާރަ:

-/21,380 (އެކާވީސް ހާސް ތިންސަތޭކަ އަށްޑިހަ) ރުފިޔާ

ސަރވިސް އެލަވަންސް:

-/6,750 (ހަހާސް ހަތްސަތޭކަ ފަންސާސް) ރުފިޔާ

ސްޕެޝަލް ޑިއުޓީ އެލަވަންސް

 އަސާސީ މުސާރައިގެ %35

ވަޒީފާ އަދާކުރަންޖެހޭ ތަނާއި ރަށް:

އެޓަރނީ ޖެނެރަލްގެ އޮފީސް / ލީގަލް ޑިވިޝަން، މާލެ.

މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް:

 

 

 

 

  • ޝަރުޢީ ކޯޓުތަކާއި ޓްރައިބިއުނަލްތަކަށް ހުށަހެޅޭ މައްސަލަތަކާ ގުޅިގެން ދައުލަތް ތަމްސީލު ކުރުމާއި ސިވިލް ލިޓިގޭޝަން މައްސަލަތަކުގައި އޮފީހުގެ ޤާނޫނީ މުވައްޒަފުންނަށް ބޭނުންވާ ލަފަޔާއި އިރުޝާދު ދިނުމާއި، މުވައްޒަފުންނާ މަސައްކަތްތައް ޙަވާލުކޮށް ބެލެހެއްޓުން.
  • ދައުލަތާ ގުޅުންހުރި ޤާނޫނީ އެންމެހައި ކަންކަމުގައި ސަރުކާރަށް ދޭންޖެހޭ ލަފާދިނުމުގައި އެޓަރނީ ޖެނެރަލްއަށް ބޭނުންވާ ފަންނީ އެހީތެރިކަން ދިނުމާއި، ލީގަލް އޮޕީނިއަންގެ މަސައްކަތްތަކާ ގުޅިގެން އޮފީހުގެ ޤާނޫނީ މުވައްޒަފުންނަށް ބޭނުންވާ ލަފަޔާއި އިރުޝާދު ދިނުމާއި، މުވައްޒަފުންނާ މަސައްކަތްތައް ޙަވާލުކޮށް ބެލެހެއްޓުން.
  • ސަރުކާރުގެ އިދާރާތަކުން އެކުލަވާލަން ބޭނުންވާ ޤާނޫނުތަކުގެ ދެލިކޮޕީތައް އެކުލަވާލުވުމާއި އެ ޤާނޫނުތަކުގެ ދަށުން ހަދައި ގަވާއިދުތައް އެކުލަވާލުމުގައި އެޓަރނީ ޖެނެރަލްއަށް ބޭނުންވާ ފަންނީ އެހީތެރިކަން ދިނުން.
  • ރާއްޖެއަށް ބޭނުންނުވާ ޤާނޫނުތަކާއި އުވާލުމަށާއި އިސްލާހު ގެންނަންޖެހޭ ޤާނޫނުތައް އިސްލާހު ކުރުމަށް އެޓަރނީ ޖެނެރަލްއަށް ބޭނުންވާ ފަންނީ އެހީތެރިކަން ދިނުމާއި ލެޖިސްލޭޓިވް މަސައްކަތްތަކާ ގުޅިގެން އޮފީހުގެ ޤާނޫނީ މުވައްޒަފުންނަށް ބޭނުންވާ ލަފަޔާއި އިރުޝާދު ދިނުމާއި، މުވައްޒަފުންނާ މަސައްކަތްތައް ޙަވާލުކޮށް ބެލެހެއްޓުން.
  • ދައުލަތާ ގުޅުންހުރި ޤާނޫނީ އެންމެހައި ކަންކަމުގައި ސަރުކާރުގެ އިދާރާތަކުން ޢަމަލުކުރާނެ އުޞޫލުތަކާއި މިންގަނޑުތައް ކަނޑައެޅުމުގައި އެޓަރނީ ޖެނެރަލްއަށް ބޭނުންވާ ފަންނީ އެހީތެރިކަން ދިނުން.
  • އެޓަރނީ ޖެނެރަލްގެ އޮފީހުން އަދާކުރުމަށް ހަމަޖެހިފައިވާ ޤާނޫނީ އެންމެހައި ވާޖިބުތަކާއި ޤާނޫނު އަސާސީންނާއި ޤާނޫނުން އެޓަރނީ ޖެނެރަލް އަދާކުރުމަށް ކަނޑައަޅާފައިވާ އެންމެހައި މަސްއޫލިއްޔަތުތައް އެޓަރނީ ޖެނެރަލް އަދާކުރުމުގައި ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން.
  • އަދި މީގެ އިތުރުން ލީގަލް ޑިވިޝަން، ހިންގުމުގެ މަސްޢޫލިއްޔަތާއި ވާޖިބު އަދާކުރުން.

މަޤާމުގެ ޝަރުޠުތައް:

 

 

1. ޤާނޫނީ ރޮނގުން ނުވަތަ ޝަރީޢާގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ ލެވެލް 8 އަދި ލެވެލް 9 ނުވަތަ ލެވެލް 10 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ޤާނޫނީ ދާއިރާގައި މަދުވެގެން 8 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،

2. ލީގަލް ދާއިރާގެ އޮނިގަނޑުގެ ސީއެސް 13 ނުވަތަ އެއަށްވުރެ މަތީ މަޤާމެއްގައި މަދުވެގެން 3 އަހަރު ދުވަހުގެ މަސައްކަތްކޮށް މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން 3 އަހަރު ދުވަހު %95 އިން މަތިން މާކްސް ހޯދާފައިވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންކަން

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމުގެ ޤާބިލުކަން ހުރި މިންވަރު

އިންޓަވިއު ކުރުމާއި ޕްރެޒެންޓޭޝަން ހުށަހެޅުން އަދި، އިންޓަވިއު ކުރުމަށް ކަނޑައަޅާފައިވާ މުއްދަތު އަދި ތަން:

މި މަޤާމަށް ކުރިމަތިލައްވާ، ފަރާތްތަކުގެ ތެރެއިން މަޤާމަށް އެންމެ އެކަށީގެންވާ ފަރާތެއް ހޮވުމަށް ބާއްވާ އިންޓަވިއު އާއި، ޕްރެޒެންޓޭޝަން ހުށަހެޅުން އޮކްޓޫބަރު މަހުގެ ތެރޭގައި އެޓަރނީ ޖެނެރަލްގެ އޮފީހުގައި އޮންނާނެ އެވެ. ވުމާއެކު، މި މަޤާމަށް ކުރިމަތިލައްވާ ފަރާތްތަކުން އެ ތާރީޚުތަކުގައި ޕްރެޒެންޓޭޝަން ހުށަހެޅުއްވުމަށާއި، އިންޓަވިއުއަށް ހާޒިރުވެ ވަޑައިގަތުމަށް ތައްޔާރުވެ ވަޑައިގެން ތިއްބެވުމަށް ވެސް ދަންނަވަމެވެ.

ޕްރެޒެންޓޭޝަންގައި ބެލެވޭނެ މައިގަނޑު ކަންކަން މި އޮފީހުގެ ވެބްސައިޓް www.agoffice.gov.mv އިން ލިބޭނެއެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 13 އޮކްޓޫބަރު 2014 ވާ (ހޯމަ) ދުވަހުގެ 14:30 ގެ ކުރިން މި އޮފީހަށް އަންނަނިވި ލިޔެކިޔުންތަކާއެކު ދިވެހި ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު ހުށަހެޅުއްވުން އެދެމެވެ. ވަޒީފާއަށް އެދޭ ފޯމު މިއޮފީހުގެ ވެބްސައިޓް www.agoffice.gov.mv އިންނާއި، މި އޮފީހުގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެވެ.

  1. ވަޒީފާއަށް އެދޭ ފަރާތުގެ ސީވީ ނުވަތަ ރެޒުމޭ؛
  2. އެކްރެޑިޓް ކޮށްފައިވާ ސެޓުފިކެޓުގެ ފޮޓޯ ކޮޕީ؛
  3. ޓްރާންސްކްރިޕްޓް ނުވަތަ ނަތީޖާ ކަރުދާހުގެ ފޮޓޯ ކޮޕީ؛
  4. ކޯހުން ފާސްވެފައިވާ ކަމުގެ ލިޔުން ލިބިލައްވާފައިވާ ފަރާތްތަކުން، ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ؛ (ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓު)
  5. ފުރިހަމަ ކުރައްވާފައިވާ ކުރު މުއްދަތުގެ ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ
  6. މަސައްކަތުގެ ތަޖުރިބާ (އަދާކޮށްފައިވާ މަޤާމުގެ ރޭންކް އެނގޭ ގޮތަށް) ހާމަކޮށްދޭ ލިޔުންތަކުގެ ކޮޕީ
  7. ސްކޫލް ލީވިންގ ސެޓުފިކެޓުގެ ފޮޓޯ ކޮޕީ؛
  8. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފޮޓޯ ކޮޕީ؛
  9. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަން އެނގޭނެ އެ މުވައްޒަފު ވަޒީފާއަދާކުރާ އޮފީހުގެ ލިޔުމެއް؛
  10. ވަޒީއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް އަދި، މި މަޤާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް ކޮންމެހެން ބޭނުންވާ ތަޢުލީމާއި ހުނަރަށް ބަލައި އިސްކަންދޭ ގޮތަށް އެފަރާތްތައް ޝޯޓްލިސްޓު ކުރެވޭނެއެވެ.

ނޯޓް:

މި މަޤާމަށް ޝަރުޠު ފުރިހަމަވާ މީހުން ނުލިބިއްޖެނަމަ ކޮންޓްރެކްޓް އުސޫލުން ވެސް ބޭނުން.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް މި އޮފީހުގެ ނަންބަރު 3010100 ފޯނާ ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

06 ޛުލްޙިއްޖާ 1435 

30 ސެޕްޓެންބަރު 2014
ހޯދާ