ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބައިނަލްއަޤްވާމީ ޒުވާނުންގެ ދުވަހު ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ސަޤާފީ މަސައްކަތްތަކުގެ މައުރަޒާ ގުޅޭ

މި އަހަރުގެ ބައިނަލްއަޤުވާމީ ޒުވާނުންގެ ދުވަސް ކުޅުދުއްފުށީ ސިޓީ ކައުންސިލާއި ޔޫ.އެން. ރެސިޑެންޓް ކޯރޑިނޭޓަރގެ އޮފީހާއި ގުޅިގެން ކުޅުދުއްފުށި ސިޓީގައި ކުލަގަދަކޮށް ފާހަގަކުރުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ހދ އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ސަޤާފީ މަސައްކަތްތައް ދައްކާލުމުގެ މައުރަޒެއް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. މިމައުރަޒުގައި ކުޅުދުއްފުށި ސިޓީ ތަމްސީލް ކުރާނޭ ސްޓޯލެއް ބެހެއްޓުމަށް މިކައުންސިލުން ގަސްދުކުރަމެވެ.  

އެހެންކަމުން ކުޅުދުއްފުށި ސިޓީގައި މިފަދަ މަސައްކަތްތައް ކުރާ ފަރާތްތަކާއެކު ބާއްވާ މަޝްވަރާ ބައްދަލުވުމެއް 02 އޮގަސްޓް 2022 ވާ އަންގާރަ ދުވަހުގެ ރޭ 08:45 ގައި ކުޅުދުއްފުށި ސިޓީ ކައުންސިލްގެ ޖަލްސާކުރާ މާލަމުގައި އޮންނާނެއެވެ.

    ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

01 އޮގަސްޓް 2022
ހޯދާ