ތިލަދުންމަތީ ދެކުނުބުރީ ނެއްލައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ

މި ކައުންސިލުން ދޭ މައުލޫމާތާއި އެއްގޮތަވާގޮތުގެ މަތިން ޤަބުރުސްތާނު ވިނަ ނޮޅާ ސާފޮކޮށްދޭނޭ ފަރާތެއް ބޭނުންވެއެވެ.

ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތައް 10 އޮގަސްޓް 2022 ވާ ބުދަ ދުވަހުގެ 14:00 ގެ ނިޔަލަށް، ބިޑް ރަޖިސްޓްރޭޝަން ލިންކް މެދުވެރިކޮށް ރަޖިސްޓަރ ކުރެއްވުން އެދެމެވެ. މިއިއުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް ރަޖިސްޓަރވުމަށްފަހު ލިބިވަޑައިގަންނަވާނެއެވެ. އަދި 18 އޮގަސްޓް 2022 ވާ ބުރާސްފަތި ދުވަހު ހެނދުނު 10:00 ގައި ޕްރީބިޑް ސެޝަންއެއް މި ކައުންސިލް އިދާރާގައި އޮންނާނެއެވެ. ޕްރީބިޑް ސެޝަންގައި ބައިވެރިނުވިކަމުގައިވީނަމަވެސް އަންދާސީ ހިސާބު ހުށަހެޅޭނެއެވެ.

ބިޑް ރަޖިސްޓްރޭޝަން ލިންކް: https://forms.gle/fpw3WRrJzNTrBCJi7

އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ، 22 އޮގަސްޓް 2022 ވާ ހޯމަ ދުވަހު ހެނދުނު 10:00 ގައި ނެއްލައިދޫ ކައުންސިލްގެ އިދާރާގައެވެ.

މި އިއުލާނާއި ގުޅިގެން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 21 އޮގަސްޓް 2022 ވާ އާދިއްތަ ދުވަހު ހެނދުނު 10:00 ގެ ކުރިން  [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރަޖިސްޓަރނުކުރާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި ޢިއުލާން ކުރީމެވެ.

01 އޮގަސްޓް 2022
ހޯދާ