ފާދިއްޕޮޅު ނައިފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނައިފަރު ކައުންސިލް އިދާރާގެ އައު ޢިމާރާތުގެ އެކްސްޓީރިއަރ ލޭންޑްސްކޭޕިން ހަދައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

ނައިފަރު ކައުންސިލް އިން ފޯރުކޮށްދޭ މަޢުލޫމާތު ކަރުދާހާއި އެއްގޮތަށް، ނައިފަރު ކައުންސިލް އިދާރާގެ އައު ޢިމާރާތުގެ އެކްސްޓީރިއަރ ލޭންޑްސްކޭޕިން ހެދުމުގެ މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، ނައިފަރު ކައުންސިލް އިދާރާގެ އައު ޢިމާރާތުގެ އެކްސްޓީރިއަރ ލޭންޑްސްކޭޕިން މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، ބީލަމުގައި ބައިވެރިވެ، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

ބީލަމުގައި ރަޖިސްޓްރީ ވުން

ބީލަމުގައި ރަޖިސްޓްރީ ވުމުގެ މުއްދަތު:

31 ޖުލައި 2022 އިން 09 އޯގަސްޓް 2022 ގެ ނިޔަލަށް | 12:00 ގެ ނިޔަލަށް

މަޢުލޫމާތު ސާފުކުރުން:

31 ޖުލައި 2022 އިން 09 އޯގަސްޓް 2022 ގެ ނިޔަލަށް | 12:00 ގެ ނިޔަލަށް

ގުޅޭނެ ނަންބަރ:

6620126

އީމެއިލް އެޑްރެސް:

[email protected]

ރަޖިސްޓްރޭޝަން ފީ:

-/100 (އެއްސަތޭކަ) ރުފިޔާ

ނޯޓް: ފައިސާ ދެއްކުމަށް ފަހު، ވިޔަފާރީގެ ނަން، އީމެއިލް އެޑްރެސް އަދި ވެރިފަރާތުގެ މަޢުލޫމާތު 7988627 އަށް ވައިބަރ އަށް ނުވަތަ [email protected] އީމެއިލް އަށް ފޮނުވަން ވާނެއެވެ.

ފައިސާ ދެއްކުން:

އިންޓަރނެޓް ބޭންކިން މެދުވެރިކޮށް

އެކައުންޓް ނަން: 1370 Revenue 1

އެކައުންޓް ނަންބަރ: 7705700335001

ޕްރީބިޑް މީޓިންގ

ޕްރީބިޑް މިޓިންގ އޮންނާނެ ތަން:

ނައިފަރު ކައުންސިލް އިދާރާގެ އައު ޢިމާރާތް

Naifaru Council New Building

(ޅ. އަތޮޅު ކައުންސިލްގެ އިދާރާގެ ދެކުނަށް ހުރި އައު ޢިމާރާތް)

ޕްރީބިޑް މިޓިންގ އޮންނާނެ ތާރީޚް:

04 އޯގަސްޓް 2022 ، ބުރާސްފަތި (11:00) އަށް

އިތުރު މަޢުލޫމާތު:

ޕްރީބިޑް މީޓިންގައި ބައިވެރި ނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެއެވެ.

ބީލަން ހުށަހެޅުން

ބީލަން ހުށަހެޅުމުގެ ސުން ގަޑި:

09 އޯގަސްޓް 2022 ، އަންގާރަ (13:00) އަށް

ބީލަން ހުށަހެޅުމުގެ މީޓިން އޮންނާނެ ތަން:

ފާދިއްޕޮޅު ނައިފަރު ކައުންސިލް އިދާރާ

މަލްޓިޕާޕަސް ބިލްޑިންގ (އެމް.ޕީ.ބީ)

ބީލަން ހުށަހަޅާއިރު:

  • ހުށަހަޅާ ބީލަން އޮންނަންވާނީ ބަންދުކޮށްފައިވާ ސިޓީ އުރައެއްގައެވެ.
  • ސިޓީ އުރާގެ ބޭރުގައި "ނައިފަރު ކައުންސިލްގެ އައު ޢިމާރާތުގެ އެކްސްޓީރިއަރ ލޭންޑްސްކޭޕިން މަސައްކަތުގެ ބީލަން" ލިޔެފައި އޮންނަންވާނެއެވެ.
  • ބީލަންތައް ކެނޑުމަށް ހަމަޖެހިފައިވަނީ، ބީލަން ހުށަހަޅާ ފަރާތްތަކުގެ ޙާޟިރުގައެވެ.
  • ބީލަން ހުށަހެޅޭނީ، ކަނޑައެޅިފައިވާ ވަގުތުގައި، ނައިފަރު ކައުންސިލްގެ އިދާރާއަށް ދުރުވެ، ބީލަން ހުށަހެޅުމުގެ މީޓިން ގައި ބައިވެރިވެގެންނެވެ.

ބީލަމުގައި ބައިވެރިވެވޭ ފަރާތްތައް:

މި ބީލަމުގައި ރަޖިސްޓްރީވުމަށް ފައިސާ ދައްކާފައިވާ އަދި ޕްރީބިޑް މީޓިންގައި ބައިވެރިވެފައިވާ ފަރާތަކަށް ނޫނީ އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތެއް ނޯންނެއެވެ.

31 ޖުލައި 2022
ހޯދާ