ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
ބީލަން ހުށަހެޅުއްވުމުގެ ދަޢުވަތު

ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ދޭ ޑިޒައިނާ އެއްގޮތަށް ދިދަ ތައްޔާރުކޮށްދެއްވާނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

 ވީމާ، މި ކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކަށް، ބީލަން ހުށަހެޅުއްވުމުގެ ފުރުޞަތު ހުޅުވާލަމެވެ.   

  • ރެޖިސްޓްރޭޝަން: 4 އޮގަސްޓް 2022 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 09:00 ގެ ކުރިން [email protected]  އަށް މެއިލްކުރައްވާ، ރެޖިސްޓަރ ކުރެއްވުން އެދެމެވެ.

މެއިލްގައި ތިރީގައި މި ދަންނަވާ މަޢުލޫމާތު ހިމަނުއްވަންވާނެއެވެ.

  • ބިޑަށް ކުރިމަތިލައްވާ ފަރާތުގެ ނަން
  • ގުޅޭނެ ނަންބަރު އަދި އީމެއިލް
  • ބީލަން ހުށަހަޅުއްވާނެ ފަރާތް ތަމްސީލު ކުރާނެ ފަރާތް އަދި މަޤާމް
  • ބީލަމުގެ އިޢުލާނު ނަންބަރ

ބިޑަށް ރަޖިސްޓަރ ނުކުރައްވާ ފަރާތްތަކަށް ބީލަމުގައި ބައިވެރިވެވަޑައިނުގެންނެވޭނެއެވެ.

  • ޕްރީ ބިޑް: ޕްރީ ބިޑް މީޓިންގް އޮންނާނީ 4 އޮގަސްޓް 2022 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 ގައި ތިރީގައިވާ އެޑުރެހުގައެވެ.
  • ބީލަން ހުށަހެޅުން:  ބީލަން ހުށަހެޅުމާއި ހުޅުވުން އޮންނާނީ 9 އޮގަސްޓް 2022 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00  ގައި ތިރީގައިވާ އެޑުރެހުގައެވެ،

6 ވަނަ ފަންގިފިލާ

އެފް އެސް އެމް ބިލްޑިންގ، ބޮޑުތަކުރުފާނު މަގު، މާލެ

މި ބީލަމާ ގުޅޭ އިތުރު މަޢުލޫމާތު، މި އިޢުލާނާއެކު އެޓޭޗްކުރެވިފައި ވާނެއެވެ.  

31 ޖުލައި 2022
ހޯދާ