ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލޭންޑް ޔޫސް ޕްލޭނަށް ރައްޔިތުންގެ ޚިޔާލު ހޯދުން

          އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު 2010/7 ގެ 1-107 ގެ ދަށުން ރަށުގެ ލޭންޑް ޔޫސް ޕްލޭންއަށް ގެންނަން ބޭނުންވާ ބަދަލުތަކާއި ގުޅޭގޮތުން ރައްޔިތުންނާއި ބައްދަލުކޮށް ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދުމަށް ބޭނުންވާތީ ބާއްވާ ބައްދަލުވުން 1 އޯގަސްޓް 2022 ވަނަ ދުވަހުގެ ރޭ 20:30 ގައި ބާރަށު ސްކޫލު ހޯލުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ބައްދަލުވުމުގައި ރަށުގެ ބިން ބޭނުންކުރާނެ ގޮތާއި، ތަފާތު ބޭނުންތަކަށް ބިން ދޫކުރުމަށް ކަނޑައެޅިފައިވާ ސަރަޙައްދުތައް ހިއްސާކުރުން އޮންނާނެއެވެ

         ވީމާ މި ބައްދަލުވުމުގައި ބާރަށުގެ ލޮބުވެތި ރައްޔިތުން ބައިވެރިވެ ވަޑައިގެން ދެއްވުން އެދި ދަޢުވަތު އަރުވަމެވެ.  

 ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކާއި އިޢުލާން ކުރީމެވެ.

 2 މުޙައްރަމް 1443

 31 ޖުލައި 2022 

31 ޖުލައި 2022
ހޯދާ