މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރ.މަޑުއްވަރީ ކައުންސިލުން ހިންގުމަށް ހަމަޖެހިފައިވާ "ދުޅަހެޔޮ ހަށިހެޔޮ" ކަސްރަތު ޕްރޮގްރާމާއި ގުޅޭ!

ދުޅަހެޔޮ ސިއްޙަތެއްގައި ތިބުމަށްޓަކައި ކަސްރަތަށް އަހުލުވެރިކުރުވުމުގެ ގޮތުން މުޖުތަމަޢުގައި ހިމެނޭ ހުރިހާ އުމުރުފުރާއަކަށް ބައިވެރިވެވޭ ގޮތަށް، ސްޕޯޓްސް ކައުންސެލަރ މެދުވެރިކޮށް ހިންގާ "ދުޅަހެޔޮ ހަށިހެޔޮ" ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު މިހާރުވަނީ ހުޅުވާލާފައެވެ.

ވީމާ، މި ޕްރޮގްރާމުގައި ބައިވެރިވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 04 އޮގަސްޓް 2022 ވާ ބުރާސްފަތި ދުވަހުގެ 13:00ގެ ކުރިން މި ޕްރޮގްރާމުގައި ބައިވެރިވުމަށް އެދޭ ފޯމު ފުރުއްވުމަށްފަހު މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ޕްރޮގްރާމުގައި ބައިވެރިވުމަށް އެދޭ ފޯމު ރ.މަޑުއްވަރީ ކައުންސިލްގެ އިދާރާގެ ކައުންޓަރުން ލިބެންހުންނާނެ ވާހަކަ ދަންނަވަމެވެ.

ކަސްރަތު ޕްރޮގްރާމުގައިވީހާވެސް ގިނަ ފަރާތްތަކުން ބައިވެރިވެ ވަޑައިގެން ދެއްވުމަކީ މި ކައުންސިލުގެ ވަރަށް ބޮޑު އެދުމެކެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

31 ޖުލައި 2022
ހޯދާ