ދިވެހިރާއްޖެ
މާލެ ސަރަހައްދުން ދޫކުރާ ގޯއްޗާއި ފްލެޓަށް އެދި ކުރިމަތިލުމަށް ހުޅުވާލެވިފައިވާ މުއްދަތުގައި ފޯމުލުމަށް ބޭނުންވާ ފަރާތްތަކަށް ފޯމު ފުރުމުގައި އެހީތެރިވެދިނުމަށް މި ކައުންސިލުން ވަނީ ނިންމާފައެވެ. ފޯމު ފުރުމުގައި އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން މޭޒުތައް ބެހެއްޓިފައި ހުންނާނީ މި ކައުންސިލްގެ އާއްމު ޚިދުމަތްތަކާއި ބެހޭ ބައިގައި (ތައިސޭކޮށިގައި) އަދި މި ކައުންސިލްގެ މާފަންނު އޮފީހުގައެވެ.
ވީމާ، 01 އޮގަސްޓް 2022 އިން ފެށިގެން 26 ސެޕްޓެމްބަރު 2022 އަށް ފޯމުތައް ބަލައިގަތުމަށް ކަނޑައެޅިފައިވާ ސުންގަޑި ހަމަވުމާއި ހަމައަށް މަތީގައި ދެންނެވިފައިވާ ދެ ތަނުގައި ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 8:30 ން ފެށިގެން މެންދުރު 14:00 އާ ދެމެދު އަދި ރޭގަނޑު 20:00 ފެށިގެން 22:00 އާ ހަމައަށް ފޯމް ފުރުމާއި ހުށަހެޅުމަށް އެހީތެރިކަން ފޯރުކޮށްދެމުންދާނެ ވާހަކަ އާންމުންގެ މައުލޫމާތަށްޓަކައި އިޢުލާނުކޮށް ދަންނަވަމެވެ.