ކޮޅުމަޑުލު ތިމަރަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލުއި ވިޔާފާރިއަށް ބިން ކުއްޔަށްދިނުން

އިޢުލާނު

ލުއި ވިޔަފާރިއަށް ބިން ކުއްޔަށް ދިނުން

ކޮޅުމަޑުލު ތިމަރަފުށީ ބަނދަރުގެ އުތުރުގައިވާ ހުސްބިމުން ލުއި ވިޔަފާރިއަށް ބިން ކުއްޔަށް ދޫކުރުމަށް ކޮޅުމަޑުލު ތިމަރަފުށީ ކައުންސިލުގެ ނަންބަރު 08/2022 އާންމު ޖަލްސާއިން ވަނީ ނިންމާފައެވެ. ވީމާ، މިދެންނެވި ސަރަޙައްދުގައިވާ ތިރީގައި މިދަންނަވާ ބިންތައް ހިފުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މިއިދާރާއަށް ޕްރޮޕޯސަލް ހުށަހެޅުއްވުމަށް ފުރުޞަތު ހުޅުވާލަމެވެ.

#

ބިމުގެ ނަންބަރު

ކުއްޔަށްދޭ ބޭނުން

ބިމުގެ ބޮޑުމިން (އަކަފޫޓުން)

ބިން ކުއްޔަށްދޭ މުއްދަތު

ކުލީގެ ގޮތުގައި ހުށަހެޅޭނޭ އެންމެ ކުޑައަގު (އަކަފޫޓަކަށް)

1

58.8

ހޮޓާ، ރެސްޓޯރެންޓް، ކެފޭ

1500

5 އަހަރު

0.50 ރުފިޔާގެ ރޭޓުން

2

59.2

ރީޓެއިލް ވިޔަފާރި

1500

5 އަހަރު

0.50 ރުފިޔާގެ ރޭޓުން

3

59.3

ހޯލްސޭލް ވިޔަފާރި

1500

5 އަހަރު

0.50 ރުފިޔާގެ ރޭޓުން

4

57.2

ތެޔޮ ވިއްކުން

1500

5 އަހަރު

0.50 ރުފިޔާގެ ރޭޓުން

5

52.4

ވޯކްޝޮޕް/ ވަޑާންގެ

1500

5 އަހަރު

0.50 ރުފިޔާގެ ރޭޓުން

ބީލަމުގައި ބައިވެރިވުމަށް ރެޖިސްޓަރވުން

މިބިންތަކަށް އެދި  ބީލަން ހުށަހެޅޭނީ ބީލަން ހުށަހެޅުމަށްޓަކައި މިއިދާރާގައި ރެޖިސްޓަރވާ ފަރާތްތަކަށެވެ. ރެޖިސްޓްރީ ވުމަށްޓަކައި "ބީލަމުގައި ރަޖިސްޓްރީވާ ފޯމް" ފުރިހަމަ ކުރުމަށްފަހު ބީލަމުގައި ރެޖިސްޓަރ ވުމަށް ފައިސާ ދެއްކުމުން ބީލަމުގައި ރަޖިސްޓްރީވިކަމުގައި ސްލިޕް ދޫކުރެވޭނެއެވެ. ރެޖިސްޓްރޭޝަން ފީގެ އަގަކީ -/300 ރުފިޔާއެވެ.

ބީލަމުގައި ބައިވެރިވުމަށް  އެދޭ ފަރާތްތަކުން ބީލަމުގައި ރެޖިސްޓްރީ ފޯމް އަދި ފައިސާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ 02 އޯގަސްޓު 2022 (އަންގާރަ) ދުވަހުން ފެށިގެން 09 އޯގަސްޓު 2022 (އަންގާރަ) ދުވަހުގެ ނިޔަލަށް ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން 13:00 އަށް ކޮޅުމަޑުލު ތިމަރަފުށީ ކައުންސިލުގެ އިދާރާއިންނެވެ. މިމުއްދަތުގެ ތެރޭގައި އީމެއިލް މެދުވެރިކޮށް ފޯމު ހުށަހެޅުއްވުމަށްފަހު މިމުއްދަތުގެ ތެރޭގައި އީމެއިލް މެދުވެރިކޮށް ފޯމު ހުށަހެޅުއްވުމަށްފަހު މިއިދާރާގެ ބޭންކް އެކައުންޓު ނަމްބަރ: 7725700323001 (REVENUE 1)  އަށް ފައިސާ ޖަމާކުރައްވާ ފަރާތްތައްވެސް ބީލަމުގައި ރެޖިސްޓަރ ކޮށްދެވޭނެއެވެ. މިގޮތުން އީމެއިލް މެދުވެރިކޮށް ރެޖިސްޓަރވާން ބޭނުންވާ ފަރާތްތަކުން މިއިދާރާގެ އީމެއިލްއެޑްރެހަށް ([email protected]) މަތީގައި ބަޔާންކުރެވުނު ލިޔުންތައް އީމެއިލްކޮށް ދެއްވުން އެދެމެވެ. އީމެއިލް ކުރައްވާއިރު އީމެއިލްގެ ސުރުހީގައި "ލުއިވިޔަފާރިއަށް ބިން ދޫކުރުމާގުޅޭ" މިހެން ލިޔުއްވުމަށް ދަންނަވަމެވެ.

 

ބީލަމާ ގުޅޭގޮތުން މަޢުލޫމާތު ސާފުކުރުން

މިބީލަމާއި ގުޅިގެން ވަކި މަޢުލޫމާތު ބައްދަލުވުމެއް ބޭއްވުމަށް ހަމަޖެހިފައި ނުވެއެވެ. ބީލަމާއި ގުޅިގެން އެއްވެސް ސުވާލެއް އޮތްނަމަ އީމެއިލް ކުރައްވާނީ 01 އޯގަސްޓު 2022 ވާ ހޯމަ ދުވަހުގެ 14:00 ކުރިން މަތީގައި ދެންނެވިފައިވާ އީމެއިލް އެޑްރެހަށެވެ.  މިއީމެއިލްއަށް ފޮނުވޭ ސުވާލުތަކަށް 22 އޯގަސްޓު 2022 ވާ ހޯމަ ދުވަހުގެ 14:00 ކުރިން އީމެއިލްގެ ޒަރީޢާއިން ޖަވާބުދެވޭނެއެވެ. އީމެއިލް ކުރައްވާއިރު އީމެއިލްގެ ސުރުހީގައި "ލުއިވިޔަފާރިއަށް ބިން ދޫކުރުމާގުޅޭ" މިހެން ލިޔުއްވުމަށް ދަންނަވަމެވެ.

ބީލަން ބަލައިގަތުން އަދި ހުޅުވުން

ބީލަންތައް ހުށަހެޅުމުގެ ސުންގަޑިއަކީ 23 އޯގަސްޓު 2022 ވާ އަންގާރަ ދުވަހުގެ 10:55 އެވެ. ބީލަމާއެކު ހުށަހަޅާ އެންމެހައި ލިޔުންތައް ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް ސާފުކޮށް ލިޔެފައި އޮންނަން ވާނެއެވެ. ސުންގަޑި ހަމަވުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައި ނުގަނެވޭނެއެވެ. ބީލަންތައް ހުޅުވުން އޮންނާނީ 23 އޯގަސްޓު 2022 ވާ އަންގާރަ ދުވަހުގެ 11:00 ގައި ކޮޅުމަޑުލު ތިމަރަފުށީ ކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމުގައި ބީލަން ހުޅުވުމުގެ ބައްދަލުވުމަށް ހާޟިރުވާ ފަރާތްތަކުގެ ކުރިމަތީގައެވެ.

25 ޖުލައި 2022

25 ޖުލައި 2022
ހޯދާ