މިލަދުންމަޑުލު އުތުރުބުރީ ނަރުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސްޖިދުލްއަންވާރުގައި އެޅުމަށް ނެވިލޯނު ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން

                                                                                 ނަންބަރު: (IUL)278/278/2022/6

 

އިޢުލާން

 

ބީލަން ހުށައެޅުމުގެ ދަޢުވަތު

                                މި އިދާރާގެ ނަންބަރ: (IUL)278/278/2022/5 އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން މި ބީލަމަށް ކުރިމަތިލާފައި ނުވާތީ މި މަސައްކަތް ކޮށްދޭނޭ ފަރާތެއް ހޯދުމަށް އަލުން އިޢުލާންކުރަމެވެ.

                                ވީމާ،  މިއިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް މިރަށު މަސްޖިދުލް އަންވާރުގައި އެޅުމަށް ނެވިލޯން ސަޕްލައި ކޮށްދޭނޭ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، މިކަމަށް ޝަރުތު ހަމަވާ، ރާއްޖޭގެ ހުރިހާފަރާތްތަކަށް މިމަސައްކަތަށް ބީލަން ހުށައެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަމާގުޅޭ މަޢުލޫމާތު ކަރުދާހުގައި ބަޔާންކުރެވިފައިވާނެއެވެ.

  މި ބީލަމުގައި ބައިވެރިވެލެއްވުމަށް އެދޭ ފަރާތްތަކުން ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭފޯމު މި އިދާރާއިން ހޯއްދެވުމަށްފަހު މި އިދާރާއަށް ހުށައެޅުއްވުން އެދެމެވެ. ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފަރާތްތަކަށް އީ.މެއިލް މެދުވެރިކޮށް، އަދި މި އިދާރާއަށް ވަޑައިގަތުމުން  ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭފޯމު ލިބޭނޭ އިންތިޒާމު ހަމަޖެހިފައި ވާނެއެވެ. ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭފޯމު ފުރިހަމަކުރެއްވުމަށްފަހު 2022 އޯގަސްޓް 08 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރީން މި އިދާރާއަށް ހުށައެޅުއްވުން އެދެމެވެ. އީ.މެއިލް ކުރައްވާނީ [email protected]  މި އީ.މެއިލް އަށެވެ. ބީލަމުގައި ރަޖިސްޓްރީވީކަމަށް ޔަޤީންކުރަންވާނީ ބީލަމުގައި ރަޖިސްޓްރީވީކަމުގެ ސްލިޕް ލިބިލެއްވުމުންނެވެ. ބީލަމުގައި ރަޖިސްޓްރީ ނުކުރާ ފަރާތްތަކަށް އަންދާސީހިސާބު ހުށައެޅުމުގެ ފުރުޞަތެއް ނޯންނާނެއެވެ.    

                                ވީމާ، މިކަސައްކަތް ކޮށްދިނުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ކުރައްވާ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ބީލަން ހުށަހެޅުވުމަށް ދަންނަވަމެވެ. ރަސްމީގަޑީގައި މިއިދާރާއަށް ވަޑައިގެން ނުވަތަ ތިރީގައިވާ މިއިދާރާގެ އީމެއިލް އެޑްރެހަށް އީމެއިލްކުރައްވައިގެން ބީލަން ރަޖިސްޓްރީ ކުރެއްވޭނެއެވެ. އީމެއިލް ޒަރިއްޔާއިން ރަޖިސްޓްރީ ކުރައްވާނަމަ ރަޖިސްޓްރީ ކުރެވުނުކަން ކަށަވަރުކުރުމަކީ ބީލަން ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ. ބީލަމާއި ގުޅޭގޮތުން އެއްވެސް މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންވާނަމަ ތިރީގައިވާ ތާރީޚްގެކުރިން  މިއިދާރާއަށް ލިޔުމުން ހުށަހެޅުމަށް ދަންނަވަމެވެ. ބިލަމާއިގުޅޭ ތާރީޚްތައް ތިރީގައި މިވަނީއެވެ. ބީލަން ރަޖިސްޓްރީކުރުމާއި މަޢުލޫމާތުދިނުން އޮންނާނީ ރަސްމީ ދުވަސްތަކުގައެވެ.

ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ކުރުމާއި ބީލަމާގުޅޭ ސުވާލުތައް ހުށަހެޅުން

08 އޯގަސްޓް 2022 ވަނަ ދުވަހުގެ 12:00 ގެ ނިޔަލަށް

ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން

15 އޯގަސްޓް 2022 ވަނަ ދުވަހުގެ 12:00 ގެ ނިޔަލަށް

       

                                 ބީލަން ހުޅުވުން އޮންނާނީ ބީލަން ހުށަހަޅާ ފަރާތްތަކުގެ ޙާޟިރުގައެވެ. ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ބީލަމުގައި ރަޖިސްޓްރީވެފައި ނުވާ ފަރާތްތަކުން ހުށަހަޅާ ބީލަންތަކާއި އަދި ކަނޑައެޅިފައިވާ ވަގުތުގެ ފަހުން ހުށަހަޅާ ބީލަންތައް ބަލައި ނުގަނެވޭނެވެ.

ފޯން: 6540049

އީމެއިލް: [email protected]

                    26 ޛުލްޙިއްޖާ 1443

                  25 ޖުލައި 2022

25 ޖުލައި 2022
ހޯދާ