މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން
ދިވެހިރާއްޖެ
ތަމްރީނު ޕްރޮގްރާމް ހިންގައިދޭނެ ފަރާތެއް ހޯދުން

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މުވައްޒަފުންނަށް ތިރީގައި ބަޔާންކޮށްފައިވާ ތަމްރީނު ޕްރޮގްރާމުގެ ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ތަމްރީނު ކުރުމަށް ބޭނުންވާ ދާއިރާ އަދި މި ޕްރޮގްރާމާ ބެހޭ އިތުރު މަޢުލޫމާތު ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 15 އޮކްޓޫބަރު 2014 ވާ (ބުދަ) ދުވަހުގެ 14:00 އަށް ޕްރޮޕޯޒަލް ހުށަހެޅުއްވުން އެދެމެވެ. މި ތަމްރީނު ޕްރޮގްރާމްތައް ހިންގުމަށް ހަމަޖެހިފައިވަނީ މިކޮމިޝަންގެ ޖަލްސާކުރާ މާލަމުގައެވެ.

ތަމްރީނު ކުރުމަށް ބޭނުންވާ ދާއިރާ:

  1. Personal Awareness and Development / Self-Management/ Time Management : 04 hours
  2. Leadership and Presentation Skills : 02 hours
  3. Problem Solving Creatively : 04 hours
  • ބައިވެރިންގެ އަދަދު : 22
  • ޕްރޮޕޯސަލްގައި ހިމަނަންޖެހޭ ބައިތައް:
  1. ކޮމްޕެނީ ޕްރޮފައިލް؛
  2. ތަމްރީނު ހިންގުމަށް ހަމަޖެހިފައިވާ ޓްރޭނަރުންގެ ވަނަވަރު؛
  3. ކޮންމެ ތަމްރީނު ޕްރޮގްރާމެއްގައި ކިޔަވައިދޭނެ ބައިތަކުގެ ތަފުސީލު؛
  4. ކޮންމެ ތަމްރީނު ޕްރޮގްރާމަކަށް ހިނގާނޭ ވަގުތު؛
  5. ކޮންމެ ތަމްރީނު ސެޝަނެއް ހިންގުމަށް ހުށަހަޅާ އަގު ވަކިން އެނގޭނޭހެން؛
  6. ތަމްރީނު ނިމުމުން ތަމްރީނުކުރާ ފަރާތުން ބައިވެރިންނަށް ސެޓުފިކެޓު ދެވޭނެނަމަ އޭގެ ފޯމެޓް؛
  • ޕޮއިންޓްސް ދެވޭނެ ގޮތް:
  1. މިފަދަ ތަމްރީނު ދިނުމުގެ ތަޖުރީބާ                                      40 ޕޮއިންޓްސް
  2. މި 3 ތަމްރީނު ޕްރޮގްރާމް ހިންގުމުގެ ޖުމްލަ އަގު؛                             50 ޕޮއިންޓްސް
  3. ކޮންމެ ތަމްރީނު ޕްރޮގްރާމެއްގައި ކިޔަވައި ދޭނެ ބައިތައް؛                          10 ޕޮއިންޓްސް
  • ނޯޓް:
  1. ޕޮއިންޓް ދިނުމުގައި ތަމްރީނު ހިންގައިދޭ ޓްރޭނަރުންގެ ވަނަވަރު ބެލެވޭނެއެވެ.
  2. ޕޮއިންޓް ދިނުމުގައި ކޮންމެ ސެޝަނެއްގެ ވަކި ވަކި އަގު ބެލެވޭނެއެވެ.

08 ޛުލްޙިއްޖާ 1435 

02 އޮކްޓޫބަރު 2014
ހޯދާ