މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
މިނިސްޓްރީއަށް ބޭނުންވާ ކޮމްޕިއުޓަރ ސިސްޓަމް،ޕްރިންޓަރ، އަދި ޑޮކިއުމަންޓްއެއް ސްކޭނާރ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް

މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއަށް  ބޭނުންވާ ކޮމްޕިއުޓަރ ސިސްޓަމް،ޕްރިންޓަރ، އަދި ސްކޭނާރ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރ (IUL)471-CDS3/1/2022/75  އިއުލާނާއި  ގުޅިގެން ހުށަހެޅިފައިވާ މައުލޫމާތު ކަރުދާހުގައި ހިމެނިފައިވާ ބައެއް އައިޓަމް ތަކުގެ ސްޕެސިފިކޭޝަންއަށް ބަދަލު ގެންނަންޖެހުމުގެ ސަބަބުން، ބީލަން ވެރިންނަށް ތައްޔާރުވުމުށް ވަގުތު ދިނުމުގެ ގޮތުން ބިޑް ހުޅުވުމަށް ހަމަޖެހިފައިވާ ތާރީހް ބަދަލުވެފައިވާ ވާހަކަ މައުލޫމާތައްޓަކައި ދެންނެވީމެވެ.

 

ބިޑްހުޅުވުމަށް ހަމަޖެހިފައިވަނީ 02 އޮގަސްޓް 2022ވާ އަންގާރަ ދުވަހުގެ މެންދުރު 11:00ގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގައި އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ.

 

އިޢުލާނާއިގުޅޭ އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެ ވަޑައިގަންނަވާނަމަ 01 އޮގަސްޓް 2022 ވާ ހޯމަ ދުވަހުގެ މެންދުރު 10:00 ގެކުރިން [email protected]އަށް އީމެއިލްކޮށްދެއްވުން އެދެމެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބީލަމުގެ މުއްދަތުގެ ގޮތުގައި ބީލަން ހުށަހަޅާ ތާރީޚުން ފެށިގެން 90 ދުވަސް އޮންނަންވާނެއެވެ.

24 ޖުލައި 2022
ހޯދާ