މިލަދުންމަޑުލު ދެކުނުބުރީ މަގޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނ. މަގޫދޫ ކައުންސިލް އިދާރާގެ ސެކުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް 03 ޖުލައި 2022 ގައި ކުރެވު ނަމްބަރު: 293/293/2022/25(IUL) އިޢުލާން ބާތިލުކޮށް އަލުން އެ ފުރުޞަތު ހުޅުވާލުން

ނ. މަގޫދޫ ކައުންސިލްގެ އިދާރާގެ ސެކުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

                މި އިދާރާގެ ސެކުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް 03 ޖުލައި 2022 ގައި ކުރެވުނު ނަމްބަރު 293/293/2022/25(IUL)  އިޢުލާނާ ގުޅިގެން ހުށަހަޅާފައިފާ އަގު މި އިދާރާއިން އެ ކަމަށް  ކަނޑައަޅާފައިވާ ބަޖެޓަށްވުރެ ބޮޑުވާތީ އެ އިއުލާނު ބާތިލްކޮށް އަލުން އެފުރުސަތު ހުޅުވާލަމެވެ. 

ވީމާ މި މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓަރީކުރައްވައި ކަނޑައެޅިފައިވާ ގަޑީގައި ބީލަން ހުށަހެޅުއްވުން އެދެމެވެ.

ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓަރީކުރައްވާ ފަރާތްތަކަށް މި އިދާރާއަށް ދުރުވުމުން ނުވަތަ  މި އިދާރާގެ އީމެއިލް [email protected] ގެ ޒަރީއާއިން މަސައްކަތުގެ މައުލޫމާތު ފޯރުކޮށްދެވޭނެއެވެ.

މި މަސައްކަތަށް ބީލަން ހުށަހެޅޭނީ ކަނޑައެޅިފައިވާ ގަޑީގެ ކުރިން ބީލަން ހުށަހެޅުމަށް ރަޖިސްޓަރީ ކޮށްފައިވާ އަދި ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު: 18/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (ޤާނޫނު ނަމްބަރު: 19/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

 

 

ތާރީޚް

ވަގުތު

ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުން

2022 ޖުލައި 24 ން 31 އަށް

(ބަންދު ނޫން ކޮންމެ ދުވަހަކު)

8:00 އިން 14:00

އަންދާސީ ހިސާބު ހުށަހެޅުން

09 އޮގަސްޓް 2022

10:30

24 ޖުލައި 2022
ހޯދާ