ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނީލަން ކިއުމާއި ގުޅޭ

ސްޓޯމް ވޯޓަރ ޕަމްޕު ބެހެއްޓުމަށް މަސްތަކާގޯޅީގެ އިރުން ފާހަގަކޮށްފައިވާ ބިމުގައި ހުރި ނަންބަރ 01، 02، 03، 04، 05 06 ޖަހާފައިވާ ރުއްތަކާއި 100 ކިރިއަލަގަސް  ނީލަންކިޔުން 2022 ޖުލައި 26 ވާ އަންގާރަ ދުވަހުގެ ހެދުނު 9:00 ގައި އެބިމުގައި އޮންނާނެއެވެ.

ވީމާ މިނީލަމުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން 2022 ޖުލައި 26 ވާ އަންގާރަ ދުވަހު 9:00 އަށް މަސްތަކާ ގޯޅީގެ ނޫވިލާގެ ސަރަޙައްދަށް ވަޑައިގެން ނީލަމުގައި ބައިވެރިވެ ދެއްވުން އެދެމެވެ. ނީލަމުން ރުއްގަސް ނަންގަވާ ފަރާތްތަކުން 2022 ޖުލައި 31 ގެ 12:00 ގެކުރިން ފުވައްމުލަކު ސިޓީކައުންސިލަށް ފައިސާ ދައްކަވައި 02 އޮގަސްޓް 2022 ވަނަ ދުވަހުގެ އިރުއޮއްސުމުގެ ކުރިން އެތަކެތި އެތަނުން ނެންގެވުން އެދެމެވެ. މުއްދަތު ހަމަވާއިރު ނުނަންގަވާ ހުންނަ ތަކެތި އެއީ ބޭނުންނެތް ތަކެތި ކަމުގައި ބަލާ އުކާލެވޭނެއެވެ.

   މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

20 ޖުލައި 2022
ހޯދާ