އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޢުލާން - ފޭދޫ އަވަށުގެ ގޭގޭގެ މަގު ފާރާއި ގުޅޭ

އިޢުލާން

 ފޭދޫ އަވަށުގެ ގޭގޭގެ މަގު ފާރާއި ގުޅޭ:

           ވެދުން ސަލާމަށްފަހު ދަންނަވަމެވެ. 

           އެނގިވަޑައިގަންނަވާނޭ ފަދައިން، ސަރުކާރުން މިއަވަށުގެ މަގުތައް ރަނގަޅު ފެނަވަރަކަށް ހެދުމުގެ މަސައްކަތް ވަރަށް ހަލުވިކަމާއިއެކު ކުރިޔަށް އެބަގެންދަވައެވެ. އެގޮތުން، މަގުތައް ހަދަމުން ދާއިރު، މިދެންނެވި މަގުތަކަށް ވާގޮތަށް ހުރި ގޯތިތަކުގެ އިންފާރު ރޭނިފައި ހުރުމަކީ، މަގުތައް ހަލާކުނުވެ ދިގުމުއްދަތަކަށް ހުރުމަށް އެހީތެރިވެދޭނެ ސަބަބަކަށްވާތީ، ހުރިހާ ގޯތިތަކެއްގެ އިންފާރު ވީހާ އަވަހަކަށް ރޭނުމަށް އަންގަމެވެ.  

           އަވަށުގެ ތަރައްޤީގެ ކަންކަމުގައި ރައްޔިތުން އަބަދުވެސް ދެއްވަވާ އެއްބާރުލުމަށް ޝުކުރުދަންނަވަމެވެ. 

22 ޛުލްޙިއްޖާ 1443

21 ޖުލައި 2022

21 ޖުލައި 2022
ހޯދާ