ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރައްޔިތުންނާއި ބައްދަލުކުރުން؛

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 2010/7 ގެ 110 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ކޮންމެ އަހަރަކު ޖުލައިމަހު ބާއްވަން ހަމަޖެހިފައިވާ ރައްޔިތު ބައްދަލުވުން 2022 ޖުލައި 31 ވަނަ ދުވަހުގެ ރޭ 08:30 ގައި ހޯނޑެއްދޫ ސްކޫލް ހޯލުގައި ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. މި ބައްދަލުވުމުގައި 2022 ވަނަ އަހަރުގެ ފާއިތުވި ހަމަސްދުވަހުގެ ކައުންސިލް ހިންގިގޮތުގެ ރިޕޯޓް އަދި މާލީ ބަޔާން ހުށަހެޅުން އޮންނާނެއެވެ. މީގެ އިތުރުން ކުރިއަށް އޮތްއަހަރުގެ މަސައްކަތުގެ ތާވަލާއި ބަޖެޓް ރައްޔިތުންނަށް ހުށަހަޅައި ޚިޔާހު ހޯދުން އޮންނާނެއެވެ.

ވީމާ، މި ބައްދަލުވުމުގައި ވީހާވެސް ގިނަ ރައްޔިތުން ބައިވެރިވެ ދެއްވުމަކީ މިކައުންސިލް އިދާރާގެ ވަރަށްބޮޑު އެދުމެކެވެ.

21 ޖުލައި 2022
ހޯދާ