މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތުޅާދޫ ކައުންސިލުން ބާއްވާ ޤުރްއާން މުބާރާތަށް އިނާމު ހުށަހެޅުމުގެ ފުރުޞަތު ހުޅުވައިލުން

                      (IUL)321/321/2022/147 :ނަންބަރު

އިޢުލާން

ތުޅާދޫ ކައުންސިލުން ބާއްވާ ޤުރްއާން މުބާރާތަށް އިނާމު ހުށަހެޅުމުގެ ފުރުޞަތު ހުޅުވައިލުން

ތުޅާދޫ ދަރިވަރުންނާއި ރައްޔިތުންގެ ހިތްތަކުގައި ކީރިތި ޤުރްއާނަށް ލޯބި ޖެއްސުމާއި، ޤުރްއާން ކިޔެވުމުގެ ފަންނު އާލާކޮށް ދިރުވުމަށާއި، ކީރިތި ޤުރްއާން ހިތުދަސްކުރުމަށާއި، ތަޖްވީދުމަގަށް ޤުރްއާން ކިޔެވުމަށް ހިތްވަރު ދިނުމަށާއި ޤުރްއާން ކިޔެވުމުގެ އަތޮޅު ފެންވަރުގަޔާއި ޤައުމީ ފެންވަރުގައި ވާދަކުރެވޭނެ ޤާބިލް ދަރީންތަކެއް ބިނާކުރުމުގެ މަޤުޞަދުގައި ރަށުފެންވަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ކައުންސިލްގެ ޤުރުއާން މުބާރާތް އަންނަ އޮގަސްޓް މަހުގެ 18 ން 20 ށް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

 

މި މުބާރާތުގެ ވަނަތަކަށް އިނާމް ހުށަހެޅުމުގެ ފުރުޞަތު އާއްމުކޮށް ހުޅުވައިލަމެވެ. އިނާމް ހުށަހެޅުއްވުމަށް ޝައުގުވެރިވާ ފަރާތްތަކުން 2022 އޮގަސްޓު 16 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން މި ކައުންސިލަށް ސިޓީއަކާއެކު ހުށަހެޅުއްވުން އެދެމެވެ. އަދި ފައިސާގެ އެހީ ހުށަހަޅުއްވަން ބޭނުންވާ ފަރާތްތައް ތީރީގައިވާ ބޭންކް އެކައުންޓަށް ފައިސާ ޖަމާކޮށްދެއްވުން އެދެމެވެ.

އެކައުންޓް ނަންބަރު: 7719700355004

                                    1363 KHARADHU 2 :އެކައުންޓް ނަން  

ސްލިޕް ވައިބަރ ކުރައްވަންޖެހޭ ނަންބަރ: 7981165

 

އިތުރު މަޢުލޫމާތު ސާފުކުރެވުމަށް ގުޅުއްވާނީ މި ކައުންސިލްގެ އެސޯސިއޭޓް ކައުންސިލް އޮފިސަރ މުޙައްމަދު އަނީސް 9691330 އަށެވެ.

ވީމާ، މިކަން ޢާއްމުކޮށް އަންގައި އިޢުލާންކުރީމެވެ.

22 ޛުލްޙިއްޖާ 1443

21 ޖުލައި 2022
ހޯދާ