މޯލްޑިވްސް ޕޫލް - ބިލިޔާޑް އެސޯސިއޭޝަން
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

ޢިއުލާން ނަންބަރު:MPBA/2022/053

ތާރީހް: 21 ޖުލައި 2022

 

އިޢުލާން

ވަޒީފާގެ ފުރުސަތު

 

މަޤާމް:

އެސިސްޓެންޓް އޮފިސަރ (ނެޝެނަލް ބިލިއަޑު ސެންޓަރ)

ބޭނުންވާ އަދަދު:

02 (ދޭއް)

މުސާރަ:

މަހަކު -/6,000 ރުފިޔާ

މަސައްކަތް ކުރަންޖެހޭތަން:

ނެޝެނަލް ބިލިއަޑު ސެންޓަރ، މޯލްޑިވްސް ޕޫލް ބިލިއަޑު އެސޯސިއޭޝަން، މާލެ

ތަޢުލީމީ ފެންވަރާއި މަޤާމުގެ ޝަރުތު:

- ޖީ.ސީ.އީ އޯލެވެލް އިމްތިހާނުން 3 މާއްދާއިން ދަށްވެގެން ސީ ނުވަތަ އެއަށްވުރެ މަތިން ލިބިފައިވުން. އަދި ސެކަންޑަރީ ސެޓްފިކެޓް އިމްތިހާންގައި "ދިވެހި" ، "އިސްލާމް" މި ދެމާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

ނެޝެނަލް ބިލިއަޑު ސެންޓަރގައި މެންބަރުންނަށް ދޭންޖެހޭ އެންމެހައި ހިދުމަތްތައް ހެދިފައިވާ ޤަވާއިދުތަކާއި އެއްގޮތަށްދިނުން އަދި ނެޝެނަލް ބިލިއަޑު ސެންޓަރގައި ދުވަހުން ދުވަހަށް ކުރަންޖެހޭ މަސައްކަތްތައްކުރުން

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށްބެލޭނެ ކަންތައްތައް

- ލިބިފައިވާ ތަޢުލީމާއި ތަމްރީން

- މައިކްރޮސޮފްޓް އޮފީސް ޕެކޭޖްތައް ރަގަނޅަށް ބޭނުން ކުރަން އެގުން

- ޑިއުޓީ އުސޫލުން ޝިފްޓް ޑިއުޓީތަކުގައި މަސައްކަތްކުރެވޭނެ ފަރާތަކަށްވުން

- ކަންކަމުގައި އަމިއްލައަށް އިސްނަގައިގެން މަސައްކަތް ކުރެވޭނެ ފަރާތަކަށްވުން

-  ވޭތުވެދިޔަ 05 އަހަރު ޖިނާއީ އެއްވެސް ކުށެއް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން ނުވަތަ އެފަދަ ކުށެއްގެ މައްސަލައެއް ހުށަހެޅި ބަލަމުންދާ މީހަކު ކަމުގައި ނުވުން.

ހުށަހަޅަންޖެހޭ ލިއުންތައް

- ވަނަވަރު (ސީވީ)

- އައި.ޑީ ކާޑުގެ ކޮޕީ

-  ތަޢުލީމީ ސެޓްފިކެޓްތައް (އިޢުލާނުގައި ބަޔާންކޮށްފައިވާ ތަޢުލީމީ ފެންވަރު އަންގައިދޭ ސެޓްފިކެޓްތައް)

-  އީމެއިލް ފޮނުވަންވާނީ ހުރިހާ ހުރިހާ ޑޮކިއުމަންޓްތައް އެއް ޑޮކިއުމަންޓް އެއްގޮތުގައި PDF ކޮށްފައެވެ.

ސުންގަޑި:

-  މިމަޤާމަށް ޝައުގުވެރިވާ ފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔުންތަކާއެކު، 28 ޖުލައި 2022 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

އިންޓަވިއު:

- އިންޓަވިއުއަށް ދެންނެވޭނީ ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭފަރާތްތަކަށެވެ.

21 ޖުލައި 2022
ހޯދާ