މޯލްޑިވްސް ޕޯސްޓް ލިމިޓެޑް
ދިވެހިރާއްޖެ
ޗީފް އިންޓަރނަލް އޮޑިޓަރ

ވަޒީފާގެ ފުރުޞަތު

މަޤާމް :

ޗީފް އިންޓަރނަލް އޮޑިޓަރ 

ބޭނުންވާ އަދަދު:

1 ( އެކެއް )

މުސާރައާއި އެލަވަންސް:

  1. މުސާރަ: މަހަކު -/16000 ރުފިޔާ ( ސޯޅަހާސް ރުފިޔާ)
  2. ސަރވިސް އެލަވަންސް: މަހަކު -/4000 ރުފިޔާ (ހަތަރުހާސް ރުފިޔާ)
  3. ޑެއިލީ އެލަވަންސް: ޤަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/60 ރުފިޔާ ( ފަސްދޮޅަސް ރުފިޔާ ) 
  4. އިތުރުގަޑީގެ ފައިސާ: އިތުރުގަޑީގައި މަސައްކަތް ކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

އޮފީސް :

މޯލްޑިވްސް ޕޯސްޓް ލިމިޓެޑް

ޔުނިޓް :

އިންޓަރނަލް އޮޑިޓް ޔުނިޓް

ތަޢުލީމީ ފެންވަރާއި މަޤާމުގެ ޝަރުޠު:

  • އެސޮސިއޭޝަން އޮފަ ޗާރޓާރޑް ސަރޓިފައިޑް އެކައުންޓެންޓް  މެމްބަރ ޝިޕް އޮތުން (ACCA) ނުވަތަ:
  • ސަރޓިފައިޑް ޕްރެކްޓިސިންގ އެކައުންޓެންޓް (CPA) ނުވަތަ؛
  • ޗާރޓާރޑް ޕަބްލިކް އެކައުންޓެންޓްސް (CPA) ނުވަތަ؛
  • އިންސްޓިޓިއުޓް އޮފް މެނޭޖްމަންޓް އެކައުންޓްސް (CIMA) ނުވަތަ؛
  •  IFAC އިން ރިކޮގްނައިޒް ކޮށްފައިވާ ޕްރޮފެޝަނަލް އެކައުންޓިންގ ބޮޑީއެއްގެ މެމްބަރޝިޕް އޮތުން.
  • މަދުވެގެން 4 އަހަރު ދުވަހުގެ ޢަމަލީ މަސައްކަތުގެ ތަޖްރިބާ ލިބިފައިވުމާއި މީގެތެރެއިން 3 އަހަރު ދުވަހު، އޮޑިޓް ދާއިރާގެ މަސައްކަތު ތަޖްރިބާ ލިބިފައިވުމާއި އަދި؛
  • ސީނިއަރމެނޭޖްމެންޓްގައި ކޯޕަރޭޓް ދާއިރާއިން 3 އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވުން. އަދި؛
  • IFRS, ISA,  އަދި IPPF  އަށް އަހުލުވެރި ފަރާތަކަށް ވުން. އަދި؛

މަޤާމުގެ މަސްޢޫލިއްޔަތު

  • ކުންފުނީގެ އިންޓަރނަލް އޮޑިޓްގެ މަސައްކަތްތައް އޮޑިޓް އިންޓަރނަލް އޮޑިޓް ކޮމިޓީގެ ލަފަޔާއި އިރުޝާދުގެ މަތިން ކުރުން
  • ކުންފުނީގެ އިންޓަރނަލް އޮޑިޓާ ގުޅޭގޮތުން މެނޭޖްމަންޓަށާއި ކުންފުނީގެ ބޯޑަށްދޭންޖެހޭ ފަންނީ އަދި އިދާރީ ލަފާދިނުން.
  • ކުންފުނީގެ ރިސްކް އެސެސްމަންޓް ތައްޔާރު ކުރުން
  • ކުންފުނީގެ އަހަރީ އޮޑިޓް އަހަރީ ޕްލޭން އެކުލަވާލައި އަހަރީ އޮޑިޓް ޕްލޭނާ އެއްގޮތަށް މަސައްކަތްތައް ކުރިއަށް ގެންދިއުން.
  • ކުންފުނީގެ އިންޓަރނަލް އޮޑިޓް ރިޕޯރޓް އެކުލަވާލައި މެނޭޖްމަންޓަށާއި އޮޑިޓް ކޮމިޓީއަށް ހުށަހަޅައިގެން ކުރިއަށްގެންދިއުން.
  • ކުންފުނީގެ އޮޑިޓް މެނުއަލް އަދި އެސްއޯޕީ ތައްޔާރު ކުރުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  • ކުރެވޭ އިންޓަރވިއުއިން ފާސްވުން
  • އެކައުންޓިން ދާއިރާއިން ލިބިފައިވާ ތަޢުލީމާއި ތަމްރީން
  • ދާއިރާގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
  • ޙަވާލު ކުރެވޭ މަސައްކަތްތައް މުސްތަގިއްލުކަމާއެކު ކުރުމުގެ ޤާބިލްކަން ހުރުން
  • ތަރުތީބުން މަސައްކަތް ކުރުމުގެ ހުނަރު ހުރުމާއެކު، ލިޔެކިއުންތައް މެނޭޖް ކުރުމުގެ ޤާބިލްކަން ހުރުން.
  • މައިކްރޮސޮފްޓް އޮފީސް ޕެކޭޖްތައް ރަނގަޅަށް ބޭނުން ކުރަން އެނގުން
  • ގިނަވަގުތު މަސައްކަތުގައި ހޭދަކުރެވޭނެ ފަރާތަކަށްވުން
  • ވިސްނުންތެރިކަމާއެކު ޕްރެޝަރުގައި މަސައްކަތް ކުރުމުގެ ޤާބިލްކަން ހުރުން
  • ތެދުވެރިކަމާ އިޚްލާސްތެރިކަމުގެ ސިފަ ހުރުން
  • ކަންކަމުގައި އަމިއްލައަށް އިސްނަގައިގެން މަސައްކަތްކުރެވޭނެ ފަރާތަކަށްވުން
  • ވޭތުވެދިޔަ 05 އަހަރު ޖިނާއީ އެއްވެސް ކުށެއް ސާބިތު ވެފައިވާމީހަކު ކަމުގައި ނުވުން ނުވަތަ އެފަދަ ކުށެއްގެ މައްސަލައެއް ހުށަހެޅި ބަލަމުންދާ މީހަކު ކަމުގައި ނުވުން

ރަސްމީ މަސައްކަތު ގަޑި:

  • ހެނދުނު 08:00 އިން 15:00 އަށް  

ހުށަހަޅަންޖެހޭ ލިޔުންތައް އަދި ތަރުތީބް

  • ވަޒީފާއަށްއެދޭ ފޯމް
  • ވަނަވަރު (ސީވީ)
  • އައިޑީ ކާޑުގެ ކޮޕީ
  • ތަޢުލީމީ ސެޓުފިކެޓުތައް(އިއުލާން ގައި ބަޔާންކޮށްފައިވާ ތަޢުލީމީ ފެންވަރު އަންގައިދޭ ސެޓްފިކެޓުތައް)  
  • ލިބިފައިވާ ތަމްރީން / ތަޖްރިބާ އަންގާދޭ ލިޔުން (މަޤާމްގެ މަސައްކަތާ ގުޅޭ)  

** އީމޭލްއިން ފޮނުވާނަމަ ފޮނުވަންވާނީ މަތީގައިވާ ތަރުތީބުން ހުރިހާ ޑޮކިއުމަންޓް ތަކެއް އެއް ޑޮކިއުމަންޓެއްގޮތުގައި “PDF” ކޮށްފައެވެ.

  • ** ވަކިވަކި ފޮޓޯގޮތަށް ނުވަތަ ވަކިވަކިން ޑޮކިއުމެންޓްތައް އެއް ޑޮކިއުމަންޓަކަށްނުހަދާ އެޓޭޗްކޮށްފައިވާނަމަ އެޕްލިކޭޝަން ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

ސުންގަޑި:

މިމަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން، ހުށަހަޅަންޖެހޭ ލިޔުންތަކާއެކު، 01 އޮގަސްޓް 2022 ވާ ހޯމަ ދުވަހުގެ  16:00 ގެ ކުރިން، [email protected]  އަށް މެއިލް ކުރެއްވުން އެދެމެވެ.

 

ހާރޑް ކޮޕީ ހުށަހަޅުއްވާ ފަރާތްތަކުގެ އެޕްލިކޭޝަންތައް 01 އޮގަސްޓް 2022 ވާ ހޯމަ ދުވަހުގެ  14:00 އާ ހަމައަށް  މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ 4 ވަނަ ފަންގިފިލާއިން ބަލައިގަންނާނެއެވެ. 

 

**ސުންގަޑި ހަމަވުމަށްފަހު ލިބޭ އެޕްލިކޭޝަން ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

 

އިންޓަވިއު:

އިންޓަވިއުއަށް ދެންނެވޭނީ، ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝޯރޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

ވަޒީފާއަށް އެދޭނެ ގޮތް:

އިތުރު މަޢުލޫމާތު:

  • މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކާއި ލިޔެކިއުންތައް ހަމަނުވާ ފަރާތްތަކުގެ އެޕްލިކޭޝަންތައް ބާޠިލްކުރެވޭނެއެވެ.
  • މި ޢިއުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންނަމަ 3315555 އެކްސްޓެންޝަން 3009273 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.
21 ޖުލައި 2022
ހޯދާ