މިލަދުންމަޑުލު ދެކުނުބުރީ ހޮޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

އިޢުލާން

ވަޒީފާގެ ފުރުޞަތު:

 

ނ.ހޮޅުދޫ ކައުންސިލް އިދާރާގެ މުނިސިޕަލް މަސައްކަތްތައް ކުރުމަށް ވޭޖް އެމްޕްލޯއިމަންޓްގެ ދަށުން މުއައްޒަފުން ބޭނުންވެއްޖެއެވެ.

މަޤާމް:

ކައުންސިލް އެސިސްޓެންޓް (ވަގުތީ)

ބޭނުންވާ އަދަދު:       

02 (ދޭއް)

މުއްދަތު:

03 (ތިނެއް) މަސްދުވަސް

މުސާރައާއި ޢިނާޔަތް:

މަސައްކަތަށް ނިކުންނަ ކޮންމެ ދުވަހަކަށް 270/- (ދުއިސައްތަ ހަތްދިހަ ރުފިޔާ)

މަސައްކަތްކުރަންޖެހޭ ވަގުތު:

ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހަކު 08 ގަޑިއިރު (މިވަގުތުގެ ތެރޭގައި 01 ގަޑިއިރުގެ ބްރޭކެއް ލިބޭނެއެވެ.)

މީގެއިތުރުން ކުރާ މަސައްކަތްތަކަށް ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ވަޒީފާ އަދާކުރަންޖެހޭ އޮފީހާއި، ސެކްޝަން:  

ނ. ހޮޅުދޫ ކައުންސިލްގެ އިދާރާ، އިކޮނޮމިކް، ސޯޝަލް އެންޑް މުނިސިޕަލް ސަރވިސަސް

 

މަޤާމުގެ ފެންވަރު ނުވަތަ ޝަރުޠު

ލިޔަންކިޔަން އެނގުމާއެކު، ގިނަވަގުތު މަސައްކަތުގައި އުޅެވޭފަދަ ޤާބިލް މީހެއް ކަމުގައިވުން

މަޤާމުގެ  މަސްއޫލިއްޔަތާއި ވާޖިބުތައް:

  1. ގޭބީސީތަކުން ކުނި ނެގުން
  2. ކުނިކޮށީގެ މަސައްކަތްތައް ކުރުން
  3. މީގެ އިތުރުންވެސް މަޤާމާއި ގުޅުންހުރި މަސައްކަތްތައް ކުރުން

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: 

  1. ލިބިފައިވާ ތަޢުލީމާއި ތަމްރީން.
  2. ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ.
  3. މަސައްކަތުގެ ހުނަރާއި، ޤާބިލުކަމާއި، ފެންވަރާއި، ބޭނުންވާ ސިފަތައް ދެނެގަތުމަށް ކުރެވޭ އިންޓަވިއު.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

 

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 25 ޖުލައި 2022 ވަނަ ދުވަހުގެ 11:00 ގެކުރިން، މިލަދުންމަޑުލު ދެކުނުބުރީ ހޮޅުދޫ ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށްއެދޭ ލިޔުންތައް

އީ-މެއިލް [email protected] މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ.

އިޢުލާނުގެ ސުންގަޑި ހަމަވުމުގެކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށްއެދޭ ފޯމް ބަލައިގަނެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި މުއްދަތު:

މިމަޤާމަށް ކުރިމަތިލާ ފަރާތްތަކަށް ބާއްވާ އިންޓަވިއު ބޭއްވުމަށް ހަމަޖެހިފައިވަނީ އިޢުލާނުގެ މުއްދަތު ހަމަވާތާ ރަސްމީ 02 ދުވަހުގެ ތެރޭގައި މިއިދާރާގައެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  • ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށްއެދޭ ފޯމް (މިފޯމް ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓުންނާއި އަދި މިއިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ.)
  • އައިޑީކާޑުގެ ކޮޕީ
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
  • ވަޒީފާއަށްއެދޭ ފަރާތުގެ ވަނަވަރު (ސީވީ)

އިތުރު މަޢުލޫމާތު:

  • މިއިޢުލާނާ  ގުޅިގެން  މަޢުލޫމާތު  ސާފުކުރުމަށް  ގުޅާނީ،  6560009    ނަންބަރު ފޯނަށެވެ.
  •  އީ-މެއިލް އެޑްރެހަކީ، [email protected] އެވެ.
20 ޖުލައި 2022
ހޯދާ