ކޮޅުމަޑުލު ގުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޢުލާން

އެއްގަމު އުޅަނދު ލައިސަންސް ދުއްވުމުގެ ޓެސްޓް ހެދުމަށް އެގްޒަމިނަރއެއް ހަމަޖެއްސުން

               އެއްގަމުއުޅަނދު ދުއްވުމުގެ ލައިސަންސް މިއިދާރާއިން ދޫކުރުމަށްޓަކައި ކުރަންޖެހޭ ޢަމަލީ ޓެސްޓް ކުރާނެ އެގްޒަމިނަރުން ބޭނުންވެއެވެ. މިމަސައްކަތް ކުރުމަށް 02 ޖޫން 2022 ވަނަ ދުވަހު ކުރެވުނު އިޢުލާނުގައި މިކައުންސިލްއިން ބޭނުންވާ ލައިސަންސް ކެޓަގަރީގެ ތެރެއިން އިސްކަން ދެވޭނެ ކެޓަގަރީ ފާހަގަކުރެވިފައި ނެތުމުގެ ސަބަބުން އިޢުލާނު ނަންބަރު:  (IUL)386/386/2022/39 02 ޖޫން 2022 ގައި ކުރެވިފައިވާ އިޢުލާނު ބާޠިލު ކޮށް މިކަމަށް ކުރިމަތި ލުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.

            އިމްތިހާނު އޮންނާނީ މިއިދާރާއިން ކަނޑައަޅާ ވަގުތުތަކުގައި މިއިދާރާއިން ކަނޑައަޅާ ތަނެއްގައެވެ. މިމަސައްކަތަކީ އެހެން ވަޒީފާއެއްގައި އުޅެމުން ޕާޓްޓައިމްކޮށް ކުރެވިދާނެ މަސައްކަތެކެވެ. މިފުރުޞަތު ދެޖިންސުގެ މީހުންނަށްވެސް ވަނީ ހުޅުވާލެވިފައެވެ.

ބޭނުންވާ އަދަދު: 02 (ދޭއް)

އުޖޫރަ:

  • 2 ފުރޮޅުލީ އުޅަނދަކަށް 30.00 ރުފިޔާ
  • އެހެނިހެން އުޅަނދުތަކަށް 50.00 ރުފިޔާ

މި އަގުތައް ފާސްކޮށްފައިވަނީ ތ. ގުރައިދޫ ކައުންސިލްގެ 2022 ވަނައަހަރުގެ 4 ވަނަ ދައުރުގެ 10 ވަނަ (11 މާރިޗު 2022) ޖަލްސާއިންނެވެ.

ޝަރުޠު

  • ފާއިތުވި 5 އަހަރުގެ ދުވަހުގެ ތެރޭގައި ޓްރެފިކް ވައެލޭޝަން ކުށެއްކޮށްފައިވާކަން ސާބިތުވެފައި ނުވުން އަދި ޖިނާއީ ކުށެއްކޮށްފައިވާ މީހަކު ކަމުގައި ނުވުން.
  • ލައިސަންސް ދޫކުރި ތާރީޚުން ފެށިގެން މަދުވެގެން 5 އަހަރު ދުވަސް ވެފައިވާ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮތުން.
  • ޢުމުރުން 55 އަހަރު ނުވާ މީހެއްކަމުގައިވުމާ ރަނގަޅު ސިއްހަތެއްގައި ހުރުން.
  • ޑްރައިވިންގ ސްކޫލެއްގައި އެއްވެސް ހައިޞިއްޔަތަކުން މަސައްކަތް ކުރާ މީހެއް ކަމުގައި ނުވުން

 

 

ވީމާ، މިކަމަށް ކުރިމަތިލައްވާ ފަރާތްތަކުން އެފަރާތަކަށް ލިބިފައިވާ އެއްގަމު ލައިސަންސްގެ ކެޓަގަރީތައް އެގިވަޑައިގަންނަވާނެ ލިޔުންތަކާއި އެފަރާތުގެ އައި. ޑީ ކާޑުގެ ފޮޓޯ ކޮޕީ އާއި 01 މަސްނުވާ ޕޮލިސް ރިޕޯޓް އަދި ވަނަވަރާއިއެކު ސިޓީއަކުން 03 އޮގަސްޓް 2022 ގެ ކުރިން މިއިދާރާއަށް ފޮނުއްވުން އެދެމެވެ. އެގްޒަރމިނާރ ޢައްޔަންކުރުމުގައި C3، C4ގެ ކެޓަގަރީތަކުގެ ލައިސަންސް ލިބިފައިވާ ފަރާތްތަކާއި، އެންމެ ގިނަ ކެޓަގަރީތަކުގެ ލައިސަންސް ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

21 ޖުލައި 2022

21 ޖުލައި 2022
ހޯދާ