މާލެއަތޮޅު ހިންމަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފުލްޓައިމް ވަޒީފާއަށް މީހުން ހޯދުން

މިކައުންސިލްގެ ތިރީގައި މިދަންނަވާ ފުލްޓައިމް ވަޒީފާއަށް މީހުން ނެގުމަށް ބޭނުންވެއްޖެއެވެ.

މަޤާމު:            ކައުންސިލް މަސައްކަތު

ބޭނުންވާ ޢަދަދު:       3

މުސާރަ:           މަހަކު -/3100 ރުފިޔާ

ސަރވިސް އެލަވަންސް:   މަހަކު -/1500 ރުފިޔާ

ސަޕޯޓިންގ ކޯ އެލަވަންސް: މަހަކު -/1000 ރުފިޔާ

މިނިމަމް ވޭޖް އެލަވަންސް: މަހަކު -/1650 ރުފިޔާ  ( އަދި މީގެ އިތުރުން ޔުނީފޯމް އެލަވަންސް އާއި އިތުރު ގަޑީ މަސައްކަތް ކުރާނަމަ އިތުރުގަޑި ފައިސާ ލިބޭނޭ އެވެ. )

ފެންވަރު ނުވަތަ ޝަރުޠު: (ހ) އަސާސީ ފެންވަރަށް ލިޔަން ކިޔަން އެގުން، ނުވަތަ ގްރޭޑް 7 ނިންމާފައިވުން.

                 (ށ) ޢުމުރުން 18 އަހަރާއި 55 އަހަރާއި ދެމެދުގެ ދުވާލަކު މަދުވެގެން 7 ގަޑިއިރު މަސައްކަތްކުރެވޭ ފަދަ ފުރިހަމަ ޞިއްޙަތެއް ލިބިފައިވާ މީހެއްކަމުގައިވުން

                 (ނ) މަސައްކަތުގައި ހީވާގިކަމާއެކު ޙަރަކާތްތެރިވެ އުޅެވޭނެ މީހެއްކަމުގައިވުން

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

1-                މޫދުން ކުނި ނެގުމާއި، ކުނިކޮއްޓަށް ގެންދަންޖެހޭކުނި ގެންދިއުމާއި ގޭގޭގައި އުފެދޭ ކުނި ހަމަޖެހިފައިވާ އުޞޫލުން ކުނި އުކާލުމާއި، ކުނިވަކިކުރުމުގެ ގޮތުން ކުރަންޖެހޭކަންތައް ކުރުން

2-                ކައުންސިލްގެ ވެހިކަލް ތައް ސާފުކޮށް ބެލެހެއްޓުމުގައި ކައުންސިލުން އަންގާ ކަންތައްތައް ކުރުން.

3-                ހިނަވާގެ އާއި ޤަބުރުސްތާނު ސާފުކޮށް ބެލެހެއްޓުމުގެ ގޮތުން ކުރަންޖެހޭ ކަންކަންކުރުން.

4-                ރަށުގެ ބަނދަރު ތަކުގައި ޑިއުޓީކުރުމާއި ބަނދަރުގެ ސެކިއުރިޓީ ބެލެހެއްޓުން.

5-                ބަނދަރު ފައްތިޔާ ދޫކުރެވިފައިވާ ފަރާތްތަކުން ޤަވާޢިދާ އެއްގޮތަށް ފައްތިޔާ ބޭނުންކުރަމުންދޭތޯބަލާ، މޮނިޓަރކޮށް، ލޮގްފުރުން.

6-                ޓީ ޖެޓީ ސަރަޙައްދަށް ކައިރިކުރާ އުޅަނދުތަކުގެ ލޮގް ބެލެހެއްޓުމާއި މުދާ އަރުވާ ބާލާގޮތް މޮނިޓަރކޮށް ރިޕޯޓްކުރުން.

7-                މުދާ އަރުވާ ބާލާ ފަރާތްތަކުން ޤަވާޢިދާ އެއްގޮތަށް މުދާ އަރުވާ ބާލާތޯބަލާ، ކައުންސިލަށް ރިޕޯޓްކުރުން.

8-                ވިލު ބަނދަރު ފައްތިޔާތަކުގެ ބޭނުން ކުރާ ފަރާތްތަކަކީ ކޮބައިތޯ ކަށަވަރުކުރުމާއި އެފައްތިޔާތައް ބެލެހެއްޓުން.

9-                ޤަވާޢިދުން ކުލިނެގޭ ބަނދަރުތަކުގެ ބޭނުންކުރާ ފަރާތްތަކަށް ދޭންޖެހޭ ސްލިޕްތައް ދިނުން.

10-           މިނޫނަސް ބަނދަރާއި ގުޅިގެން ކުރަންޖެހޭ އެންމެހައި ކަންތައްތައް ކުރުމާއި ކައުންސިލުން އަންގާ އެންގުންތަކާއި އެއްގޮތަށް ބަނދަރުގެ އިންތިޒާމްތައް ބެލެހެއްޓުން.

11-            ކައުންސިލުއިދާރާއާއި އަދި ކައުންސިލުން ކަނޑައަޅާ ތަންތަނުގެ ސެކިއުރިޓީ ބެލެހެއްޓުމުގެ ގޮތުން ޑިއުޓީކުރުން

12-           ޑިއުޓީގައި ހުންނަ ފަރާތުން ބަލަހައްޓަންޖެހޭ ސަރަޙައްދުތައް ކައުންސިލުން އަންގަވާގޮތެއްގެ މަތީން ޑިއުޓީގައި ތިބޭއިރު އަބަދުވެސް ތަނުގެ ސަމާލުކަމުގައި ތިބުން.

13-           މިނޫނަސް ސެކިއުރިޓީ ބެލެހެއްޓުމުގެ ގޮތުން ކުރަންޖެހޭ އެންމެހައި ކަންތައްތައް ކުރުމާއި ކައުންސިލުން އަންގާ އެންގުންތަކާއި އެއްގޮތަށް ބެލެހެއްޓުން.

14-           ކުޑަކުދިންގެ ޕާކް ތަކާއި އެހެނިހެން މައިޒާން ތަކާއި  ކައުންސިލް ބެލުމުގެ ދަށުގައިހުރި ތަންތަން ބެލެހެއްޓުން

15-           މިނޫނަސް ކައުންސިލުން އަންގާ މަސައްކަތްތައް ކުރުމާއި، އިޖުތިމާޢީ އަދި އެހެނިހެން ޙަރަކާތްތަކާއި ކަންކަމުގައި ބައިވެރިވުމާއި އެހީތެރިވުން.

 

ހުށަހަޅަންޖެހޭ ލިޔުންތައް :

  1. ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމް (އެޕްލިކޭޝަން ފޯމް ލިބެން ހުންނާނީ ހިންމަފުށީ ކައުންސިލް އިދާރާއިން )
  2. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް.
  3.  މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  4. ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.
  5. ވަޒީފާއަށް ކުރިމަތިލާފަރާތުގެ ވަނަވަރު (ގުޅޭނެ ނަންބަރާ އެކު).
  6. ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން އެންމެފަހުން ވަޒީފާ އަދާކުރި އިދާރާއަކުންދޭ ޙާޟިރީ ރެކޯޑް.

 

 

           ވީމާ، ހުށަހަޅަންޖެހޭ ލިއުންތައް ފުރިހަމަ ކުރެއްވުމަށްފަހު 03 އޮގަސްޓް 2022 ވާ ބުދަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ހިންމަފުށީ ކައުންސިލް އިދާރާއަށް ހުށަހަޅަންވާނެއެވެ.

 

ނޯޓް: މިވަޒީފާއަކީ ސިވިލް ސާރވިސްގެ ވަޒީފާއެއް ނޫނެވެ.  

  

           މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

18 ޖުލައި 2022
ހޯދާ