ތިލަދުންމަތީ ދެކުނުބުރީ ހިރިމަރަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރައްޔިތުންނަށް ޢާއްމުކޮށް ހުޅުވާލައިގެން ކައުންސިލުން ބާއްވާ ބައްދަލުވުން

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 14 ވަނަ ބާބުގެ 107 ވަނަ މާއްދާގައި ބުނެފައިވާ ރައްޔިތުންނަށް މަޢުލޫމާތު ދިނުމުގެ ގޮތުން ކޮންމެ އަހަރެއްގެ ޖުލައި މަހުގެ ތެރޭގައި ބާއްވަންޖެހޭ ބައްދަލުވުން 2022 ޖުލައި 28 ވާ ބުރާސްފަތި ދުވަހުގެރޭ 20:30 ގައި ސްކޫލްގެ އޭ.ވީ ރޫމްގައި އޮންނާނެއެވެ.

              މިބައްދަލްވުމުގައި ކުރިއަށްއޮތް 2023 ވަނަ އަހަރުގެ މަސައްކަތު ތާވަލާއި ބަޖެޓް އަދި 2022 ވަނަ އަހަރުގެ ފުރަތަމަ 6 (ހައެއް) މަސްދުވަހު ކައުންސިލުން ހިންގި ހަރަކާތްތަކުގެ ރިޕޯޓް ހުށައެޅުން އޮންނާނެއެވެ.

              ވީމާ، މިބައްދަލުވުމަށް ރަށުގެ ރައްޔިތުން ބައިވެރިވެވަޑައިގެންދެއްވުން އެދެމެވެ. މިބައްދަލްވުމުގައި ރައްޔިތުންނާ ހިއްސާކުރުމަށް ހަމަޖެހިފައިވާ ރިޕޯޓްތައް މި އިއުލާނާއިއެކު ގެޒެޓްކުރެވިފައިވާ ވާހަކަ ދަންނަވަމެވެ

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

20 ޖުލައި 2022
ހޯދާ